ކުރީގެ އަނބިމީހާއަށް 1.87 ބިލިއަން ޑޮލަރު ދޭން އަންގައިފި

Sep 10, 2026, 7:30 AM
ފޮޓޯ: ބީބީސީ

ފޮޓޯ: ބީބީސީ

ދެކުނު ކޮރެއާގެ ގޭމިން މަހުޖަނު ކުއޮން ހިއުކް-ބިން، އޭނާގެ ކުރީގެ އަނބިމީހާއަށް މުދަލުގެ ގޮތުގައި 2.55 ޓްރިލިއަން ވޮން (1.87 ބިލިއަން ޑޮލަރު) ދިނުމަށް އެ ގައުމުގެ ކޯޓަކުން އަމުރުކޮށްފި އެވެ. މިއީ އެ ގައުމުގެ ތާރީޚުގައި ވެސް ކޯޓުން ވަރީގެ މައްސަލައެއް ދިން އެންމެ ބޮޑު ބަދަލެވެ.

ދެކުނު ކޮރެއާގެ ތިންވަނައަށް އެންމެ ބޮޑު ވީޑިއޯ ގޭމް ކުންފުނި ކަމަށްވާ "ސްމައިލްގޭޓް" އުފެއްދި ކުއޮންއަކީ އެ ގައުމުގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. ބްލޫމްބާގުން އަންދާޒާކުރާ ގޮތުގައި އޭނާގެ މިލްކިއްޔާތުގައި 3 ބިލިއަން ޑޮލަރު އެބަ ހުއްޓެވެ.

ސްމައިލްގޭޓް ކުންފުންޏަކީ މިދިޔަ ބުދަ ދުވަހާ ހަމައަށް ކުއޮންގެ ފުރިހަމަ މިލްކިއްޔާތުގައި އޮތް ކުންފުންޏެކެވެ. ނަމަވެސް، ކޯޓުން މިހާރު ވަނީ އެ ކުންފުނީގެ 35 އިންސައްތަ ހިއްސާ، އޭނާގެ ކުރީގެ އަނބިމީހާ ލީ ހުވާ-ޖިންއަށް ބަދަލުކުރުމަށް އަމުރުކޮށްފަ އެވެ. އެ ހިއްސާގެ އަގު ގާތްގަނޑަކަށް 2.5 ޓްރިލިއަން ވޮންއަށް އަރާއިރު، މީގެ އިތުރުން ނަގުދު ފައިސާގެ ގޮތުގައި 65 ބިލިއަން ވޮން ދިނުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

Advertisement

މި ބަދަލަކީ މީގެ ކުރިން ދެކުނު ކޮރެއާގައި ރެކޯޑް ކުރެވުނު އެންމެ ބޮޑު އަދަދު ކަމަށްވާ 944 ބިލިއަން ވޮންއަށް ވުރެ ދެގުނަ ބޮޑު އަދަދެކެވެ. އެ ފަހަރު އެ އަދަދު ދިނުމަށް އަމުރުކޮށްފައިވަނީ ޓެކްނޮލޮޖީ ދާއިރާގެ މަހުޖަނު ޗޭ ތޭ-ވޮންގެ މައްޗަށެވެ.

ވަރިވުމުގެ މައްސަލަ ކޯޓަށް ހުށަހަޅަމުން ލީ އެދިފައިވަނީ ސްމައިލްގޭޓް ކުންފުނީގެ 50 އިންސައްތަ ހިއްސާ ހޯދުމަށެވެ. ބްލޫމްބާގުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ލީގެ ވަކީލުން ކޯޓުގައި ބުނެފައިވަނީ ކުންފުނި އުފެއްދުމުގައި މާލީ ގޮތުން އޭނާގެ އެހީތެރިކަން ލިބިފައިވާ ކަމަށެވެ.

ކުއޮން އާއި ލީ ކައިވެނީގެ ގޮތުން ގުޅުނީ 2001 ވަނަ އަހަރު އެވެ. އެއީ ސްމައިލްގޭޓް ކުންފުނި އުފެއްދުމުގެ އެއް އަހަރު ކުރި އެވެ. އެ ކުންފުނިން އުފައްދާފައިވާ މަޝްހޫރު ގޭމްތަކުގެ ތެރޭގައި "ކްރޮސްފަޔާ" އާއި "ލޮސްޓް އާކް" ހިމެނެ އެވެ.

ލީ ކޯޓުގައި އިތުރަށް ބުނެފައިވަނީ، ވޭތުވެދިޔަ 20 އަހަރަށް ވުރެ ގިނަ ދުވަސް އޭނާ ހޭދަކުރީ ދަރިން ބެލުމާއި ގޭތެރޭގެ ކަންކަން ބެލެހެއްޓުމުގައި ކަމަށެވެ.

ނަމަވެސް ކުއޮން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި ލީއަކީ ކުންފުނީގައި އެއްވެސް އިންވެސްޓްމަންޓެއް ކުރި ނުވަތަ މަސައްކަތެއް ކުރި މީހެއް ނޫނެވެ. މިއަހަރުގެ ކުރީކޮޅު ސްމައިލްގޭޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުންފުނި ފެށުމަށް ބޭނުންވި ހުރިހާ ފައިސާއަކީ ކުއޮންގެ އަމިއްލަ ފައިސާ ކަމަށެވެ.

މި ހުކުމް އިސްތިއުނާފު ކުރުމުގެ ފުރުސަތު ދެ ފަރާތަށް ވެސް އަދި އެބައޮތެވެ.

މިއަހަރުގެ ޖުލައި މަހު، އެސްކޭ ގްރޫޕްގެ ޗެއާމަން ޗޭ ތޭ-ވޮންގެ މައްޗަށް ވެސް ވަނީ އޭނާގެ ކުރީގެ އަނބިމީހާއަށް 944 ބިލިއަން ވޮން ދިނުމަށް އަމުރުކޮށްފަ އެވެ. ނަމަވެސް، އެ މައްސަލައިގައި މުދަލުގެ އަގު ކަނޑައެޅުމުގައި ހިސާބު އޮޅިފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބެލުމަށް އަމުރުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox