ކުރީގެ އަނބިމީހާއަށް 1.87 ބިލިއަން ޑޮލަރު ދޭން އަންގައިފި
ދެކުނު ކޮރެއާގެ މަހުޖަނު ކުއޮން ހިއުކް-ބިން ވަރިވި އޭނާގެ ކުރީގެ އަނބިމީހާއަށް މުދަލުގެ ގޮތުގައި 1.87 ބިލިއަން ޑޮލަރު ދިނުމަށް އެ ގައުމުގެ ކޯޓަކުން އަމުރުކޮށްފިއެވެ. މިއީ އެ ގައުމުގެ ތާރީޚުގައި ވަރީގެ މައްސަލައެއްގައި ދޭން އެންގި އެންމެ ބޮޑު އަދަދު ކަމަށްވާއިރު، މީގެ ތެރޭގައި އޭނާގެ "ސްމައިލްގޭޓް" ކުންފުނީގެ 35 އިންސައްތަ ހިއްސާ ހިމެނެއެވެ. ކޯޓުން މިގޮތަށް ނިންމީ ކުންފުނި އުފެއްދުމާއި އާއިލީ ކަންކަމުގައި އަންހެންމީހާގެ ބޮޑު ހިއްސާއެއް އޮތްކަމަށް ބަލާފައެވެ.