މާ ހޫނު ބުއިންތަކުން ކެންސަރު ޖެހުމުގެ ފުރުސަތު އޮވޭ

Sep 9, 2026, 8:20 PM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

ސައި ނުވަތަ ކޮފީ ފަދަ ބުއިންތައް ވަރަށް ހޫނުކޮށް ހުއްޓާ އާދަވެގެން ބުއިމަކީ ކާތަކެތި ދަތުރުކުރާ ހޮޅި ހަލާކުވެ ކެންސަރު ޖެހުމުގެ ފުރުސަތު އިތުރުވާ ކަމެއް ކަމަށް އިނގިރޭސިވިލާތުގެ ދިރާސާއަކުން ދައްކައިފި އެވެ.

ގާތްގަނޑަކަށް އެއް މިލިއަން މީހުން ބައިވެރިކޮށްގެން ކުރިއަށްގެންދިޔަ މި ދިރާސާއާ ބެހޭގޮތުން ދިރާސާވެރިން ބުނަނީ، މިއީ ހޫނު ބުއިންތަކާއި ކެންސަރާ ހުރި ގުޅުން ދެނެގަތުމަށް މިހާތަނަށް ކުރި އެންމެ ބޮޑު ދިރާސާ ކަމަށެވެ.

މި ދިރާސާއިން ދައްކާގޮތުގައި، ބުއިންތައް "ވަރަށް ހޫނުކޮށް" ބޯ މީހުންނަށް، ކުޑަކޮށް ހިހޫކޮށްގެން ބޯ މީހުންނާ އަޅާބަލާއިރު މި ބާވަތުގެ ކެންސަރު ޖެހުމުގެ ފުރުސަތު ތިން ގުނަ އިތުރެވެ. ނަމަވެސް، އާންމު ގޮތެއްގައި މި ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކަން މާހިރުން ފާހަގަކުރެ އެވެ.

ދުން އަރާހާ ހޫނުކޮށް ހުންނަ ދިޔާ ތަކެތި ބުއިމުގެ ސަބަބުން، ކަރުން ފެށިގެން ބަނޑާ ހަމައަށް ކާތަކެތި ދަތުރުކުރާ ހޮޅީގެ އެތެރޭގެ ސެލްތަކަށް ގެއްލުން ލިބެ އެވެ.

އޮކްސްފޯޑް ޔުނިވާސިޓީން ކުރިއަށްގެންގޮސް "އިންޓަނޭޝަނަލް ޖާނަލް އޮފް ކެންސަރު" ގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބުނާގޮތުން، 65 ޑިގްރީ ސެލްސިއަސް ނުވަތަ އެއަށްވުރެ މަތީ ހޫނުމިނެއްގައި ހުންނަ ކޮންމެ ބުއިމަކީ "ވަރަށް ހޫނު" ބުއިމެއްގެ ގޮތުގައި ބެލެވޭނެ އެވެ. އަދި މިއީ ސިއްހީ ނުރައްކަލެއް އޮތް ކަމެކެވެ.

މެދު އުމުރުގެ 977,282 ފިރިހެނުންނާއި އަންހެނުންގެ މައުލޫމާތަށް ބިނާކޮށް ހެދި މި ދިރާސާއިން އެނގޭ ގޮތުގައި، ދުވާލަކު ހަ ތަށި ނުވަތަ އެއަށްވުރެ ގިނައިން ހޫނު ބުއިންތައް ބޯނަމަ ކެންސަރުގެ ނުރައްކާ އިތުރަށް ބޮޑުވެ އެވެ.

ބުއިންތަކަށް ކިރު އެޅުމުން ހޫނުމިން ކުޑަކޮށް ދަށްވި ނަމަވެސް، ކިރު އެޅި ސައި ނުވަތަ ކޮފީއަކީ ވެސް ސިއްހަތަށް ނުރައްކާވާ މިންވަރަށް ހޫނު އެއްޗަކަށް ވެދާނެ ކަމަށް ދިރާސާވެރިން ބުނެ އެވެ.

ފެން ކައްކާ ނިމޭއިރު ހުންނަނީ ފެން ކެކޭ ހޫނުމިން ކަމަށްވާ 100 ޑިގްރީ ސެލްސިއަސްގަ އެވެ. އެ ފެން ތަށްޓަކަށް އެޅުމުން ހޫނުމިން 90 ނުވަތަ 95 ޑިގްރީ ސެލްސިއަސްއަށް ތިރިވެ އެވެ.

އެހެންކަމުން، ރައްކާތެރި ހޫނުމިނަކަށް ބުއިން ތިރިވަންދެން، ބުއިމުގެ ކުރިން މިނެޓްކޮޅަކަށް މަޑުކޮށްލުމަށް ލަފާދެ އެވެ.

ކެންސަރ ރިސާޗް ޔޫކޭއިން ބުނާ ގޮތުގައި، ހޫނު ބުއިމެއް ހިހޫވަންދެން ބަހައްޓަންވީ ސީދާ ކިހާ ވަގުތެއްކަން ބުނަން ދަތިވެ އެވެ.

ކަރުގެ ކެންސަރުގެ ބާވަތެއް ކަމަށްވާ "ސްކޭމަސް ސެލް އޮއިސޯފޭޖިއަލް ކެންސަރު" އަކީ ވަރަށް މަދުން ނޫނީ ނުޖެހޭ ބައްޔެކެވެ. އެހެންކަމުން، ދިލަ ހޫނު ބުއިންތަކުގެ ސަބަބުން ނުރައްކާ އިތުރުވި ނަމަވެސް، އާންމުކޮށް މި ބަލި ޖެހުމުގެ ފުރުސަތު އަދިވެސް އޮތީ ވަރަށް ކުޑަ މިންވަރެއްގަ އެވެ.

މައުލޫމާތު: ބީބީސީ

ކޮމެންޓް

ފަހުގެ ޚަބަރު

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

ރަސަލް ބްރޭންޑް އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދި

ރަސަލް ބްރޭންޑްގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން، އޭނާގެ ކުރީގެ އެސިސްޓެންޓަކު ވަނީ އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދުމަށް ބްރޭންޑް އަންގާފައިވާ ކަމަށް ކޯޓުގައި ހެކިބަސް ދީފައެވެ. ބްރޭންޑަކީ ޖިންސީ ކަންކަމަށް ދަހިވެތިވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރަމުން، އޭނާގެ އަމަލުތައް ހުންނަ ގޮތުން ވަޒީފާއިން ވަކިވި ކަމަށްވެސް އެސިސްޓެންޓް ބުންޏެވެ. ނަމަވެސް، ބްރޭންޑް ވަނީ އޭނާގެ މައްޗަށް ކުރެވޭ ރޭޕް އަދި ޖިންސީ ގޯނާގެ ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފައެވެ.

މީހަކަށް ހަމަލާދިނުމުން ކްރިސް ބްރައުންއަށް ޖަލު ހުކުމެއް

ލަންޑަނުގެ ނައިޓްކްލަބެއްގައި މީހަކަށް ހަމަލާދިން މައްސަލައިގައި މަޝްހޫރު ލަވަކިޔުންތެރިޔާ ކްރިސް ބްރައުންގެ މައްޗަށް އަށް މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އެ ހުކުމް ތަންފީޒުކުރުން 12 މަހަށް ފަސްކޮށްފިއެވެ. މި މާރާމާރީގައި ބައިވެރިވި އޭނާގެ ވޯކަލް ކޯޗަށް ވެސް ހަތަރު މަހުގެ ސަސްޕެންޑަޑް ހުކުމެއް އިއްވާފައިވާއިރު، ކޯޓުން ވަނީ މި ދެ މީހުން 1,500 ޕައުންޑުން ޖޫރިމަނާކުރުމަށް ވެސް އަމުރުކޮށްފައެވެ.

ވޯޓު ހޯދަން ނިކީ މިނާޖް ޓްރަމްޕާއެކު ސްޓޭޖަށް

އެމެރިކާގެ ދައުރު މެދުތެރޭ އިންތިޚާބުގެ ކެމްޕޭނަށް މިޝިގަންގައި ބޭއްވި ރެލީއެއްގައި، މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ނިކީ މިނާޖް ބައިވެރިވެ ޑޮނަލްޑް ޓްރަމްޕަށާއި ރިޕަބްލިކަން ޕާޓީއަށް ތާއީދުކޮށްފިއެވެ. މި ރެލީގައި ޓްރަމްޕް ވަނީ ޑިމޮކްރެޓިކް ކެންޑިޑޭޓް އަބްދުލް އެލް-ސައީދުގެ ދީނާއި ނަސްލަށް އަމާޒުކޮށް ފާޑުވިދާޅުވެފައެވެ. އިންތިޚާބަށް ހަފުތާއަކަށް ވެފައިވާއިރު، ކޮންގްރެސްގެ ކޮންޓްރޯލް ހޯދުމަށް ދެ ޕާޓީންވެސް ދަނީ ފޯރިއާއެކު ކެމްޕޭން ކުރަމުންނެވެ.

ހަންގަނޑުގެ ޒުވާންކަން ދަމަހައްޓަން ކެއުމުގައި ހިމަނަންވީ ތަކެތި

ހަންގަނޑު މުސްކުޅިވުމުން ރައްކާތެރިކޮށްދީ ޒުވާންކަން ދަމަހައްޓަން ބޭނުންނަމަ، ގަސްގަހާގެހިން ލިބޭ ކާނާއާއި ފައިދާހުރި ސަރުބީ އަދި ފާމެންޓް ކޮށްފައިވާ ތަކެތި ކެއުމުގައި ހިމެނުން މުހިންމެވެ. ތިމާވެށީގެ ނުސާފުކަމާއި އިރުގެ ދޯދިތަކުގެ ސަބަބުން ހަންގަނޑަށް ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށްޓަކައި، ކޮލަޖަން އިތުރުކޮށްދޭ ފަދަ ސިއްހީ ގޮތުން ފައިދާހުރި ކާނާ ބޭނުންކުރުމަކީ މުޅި ހަށިގަނޑުގެ ދުޅަހެޔޮކަމަށްވެސް ބޭނުންތެރި ކަމެކެވެ.

Newsletter

Get the latest news delivered straight to your inbox