މުއްސަނދިންގެ އާސަންދަ އާއި މުއިއްޒު: ނުދޭނަން، ދޭނަން، ނުލިބޭނެ

އިލުސްޓްރޭޝަން: އަމަން ހަލީމް / އަދަދު

އިލުސްޓްރޭޝަން: އަމަން ހަލީމް / އަދަދު

ރައީސް މުހައްމަދު މުއިއްޒުގެ "ޔޫ-ޓާން" ސިލްސިލާގެ މި ފަހަރުގެ އެޕިސޯޑުގައި މި އޮތީ މުއްސަނދިންނަށް އާސަންދަ ދިނުމެވެ. އެކަމަކު މީގައި ކުރިން "ޔޫ-ޓާން" އެއް ނަގާފައިވާތީ މި ފަހަރު ނެގީ "ޔޫ-ޓާން" އެއްތޯ ނޫނީ އެ އީޖާދުކުރީ "ޑަބްލިޔު ޓާން" ތޯ ޖެހޭނީ ފަންނީ މީހެއް ކުރެން ސާފުކޮށްލާށެވެ. އެ ކަން އެ ވެރިންނަށް ދޫކޮށްލާފައި ވެގެން އުޅޭ ގޮތް ކިޔައިދޭނަމެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ކުރަން އުޅޭ ބައިވަރު ކަންކަމުގެ ތެރެއިން ކަމެއްގެ ގޮތުގައި، މުއްސަނދިންނަށް އާސަންދައިގެ ފުލް ކަވަރޭޖު ކަނޑާލާކަން މުއިއްޒު އިއުލާންކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ އަންނަ މަހުން ފެށިގެން 60،000ރ. އިން މަތިން އާމްދަނީ ލިބޭ ހުރިހާ އެންމެނަށް އާސަންދަ ލިބޭނީ ކޯޕޭ ނުަވަތަ ޕްރީޕޭ ނިޒާމެއްގެ ދަށުން ކަމަށެވެ.

"ކުރިއަށް އޮތް ދުވަސްތަކުގައި 60،000ރ. އިން މައްޗަށް މުސާރަ ލިބޭ ފަރާތްތަކަށް މިހާރު މިއޮންނަ ގޮތަށް ފުލް ކަވަރޭޖް އާސަންދައިން ނުލިބޭނެ. 60،000ރ. އިން މައްޗަށް މުސާރަ ލިބޭ ފަރާތްތަކުން ކޯޕޭ ނުވަތަ ޕްރީ ޕޭ ނިޒާމެއްގެ ތެރެއިން އާސަންދަ ލިބޭނެ،" މުއިއްޒު ވިދާޅުވި އެވެ.

Advertisement

ސަރުކާރުން ކުރަން އުޅޭ މުޅިން އާ ކަމެއްގެ ގޮތުގައި މުއިއްޒު އިއްޔެ މެންދުރު އާސަންދައިގެ "ބޮޑު ބަދަލު" އިއުލާންކުރެއްވިއިރު، މިއީ އެމަނިކުފާނަށް ކަމުނުގޮސްގެން، ނުކުރާނެ ކަމަށް ވައުދުވެފައި އޮތް ކަމެކެވެ. އެމަނިކުފާނު ހަނދުމަ ނެތުނީ ކަމަށް ބަލާފައި ހަނދާން ކޮށްދޭނަމެވެ. 

މުއްސަނދިންނަށް އާސަންދަ ދޭ ގޮތް ބަދަލުކުރުމަކީ މި ސަރުކާރުގެ އެވަރެއް ނެތް ކަމަށް ހޯމް ގްރޯން ފިސްކަލް ރިފޯމް އެޖެންޑާގައި އޮތް ކަމެކެވެ. އަދި މިދިޔަ އަހަރުގެ ބަޖެޓުގައި، ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ހިމަނައިގެން ކުރަން ބުނި ކަމެކެވެ. 

މުއްސަނދިންގެ އަތުން އާސަންދަ ހިދުމަތަށް ފައިސާ ނަގައި އެންސްޕާ އެހީ ލޯނަކަށް ބަދަލު ކުރަނީ

އާމްދަނީގެ ގޮތުގައި ކޮންމެ މަހަކު 60،000ރ. އަށްވުރެ މަތިން ލިބޭ މީހުންނަށް އާސަންދަ އަދި މެޑިކަލް ވެލްފެއާ ދިނުމުގެ އުސޫލަށް އަންނަ އޭޕްރިލް މަހުން ފެށިގެން ގެންނަން ނިންމާފައި ވަނީ މައިގަނޑު ތިން ބަދަލެއް.

މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލީހުން ބަޖެޓު ފާސްކޮށްފަ އޮއްވާ، އެ ތަންފީޒު ކުރަން ނުފެށެނީސް، މިކަން ހުއްޓުވާފަ އެވެ. ސިޔާސަތު ބޮލާލާޖެއްސެވުމުގެ އިތުރުން، މުއިއްޒު ވަނީ އެއްވެސް ރައްޔިތަކަށް އާސަންދަ ކަނޑާނުލާނެ ކަމަށް ތަކުރާރުކޮށް ވައުދުވެވަޑައިގެންފަ އެވެ. 

"އެއްވެސް ރައްޔިތަކަށް ލިބެމުންދާ އެއްވެސް ސަބްސިޑީއެއް ވެސް ނުކަނޑާނަން. އާސަންދައެއް ވެސް ނުކަނޑާނަން."

"ރައްޔިތުންނަށް ލިބެމުންދާ އެއްވެސް އާސަންދައެއް ވެސް އުންޏެއް ނުވާނެ."

"އެއްގޮތަކަށް ވެސް އާންމު ރައްޔިތުންގެ އާސަންދައަކުން އެއްވެސް އެއްޗެއް އުންޏެއް ނުވާނެ. މިގޮތަށޭ އާސަންދަ ރިފޯމް މިކުރަނީ."

މިއީ ޑިސެމްބަރު 8، 2024، ގައި އއ. މަތިވެރީގައި ބޭއްވި ޖަލްސާގައި މުއިއްޒު ވާހަކަ ދައްކަވަމުން، އާސަންދަ ކަނޑާނުލާނެ ކަމަށް މުއިއްޒު ދެއްކެވިހާ ވާހަކަތެކެވެ. މިއީ ފުރަތަމަ "ޔޫ-ޓާން" ނެންގެވި ހިސާބެވެ. އޭރު އެމަނިކުފާނުގެ ސިޔާސަތު ކަމުގައި ކަނޑައެޅުއްވީ "އެއްވެސް ރައްޔިތަކަށް" ލިބޭ އެއްވެސް އެއްޗެއް ކަނޑާނުލުމެވެ. 

ބަޖެޓުގައި ސަރުކާރުން ބުނި ގޮތާ ހިލާފަށް، އެއްވެސް ސަބްސިޑީއެއް ނުކަނޑާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

"އެއްވެސް ސަބްސިޑީއެއް. އެއްވެސް އުނިކަމެއް މިހާރު ލިބެމުންދާ އެއްވެސް ކަމަކަށް ނާންނާނެ. އޭގެ ބަދަލުގަ ބޭކާރު ވަމުންދާ. ނާޖާއިޒު ގޮތެއްގައި ކުރަމުންދާ ހަރަދުތައް އަޅުގަނޑުމެން ހުއްޓާލާ އުނިކުރަމުން ދާނީ،" އއ. މަތިވެރީގަ ހުންނަވާ ރައީސް ވިދާޅުވި.

އެކަމަކު އެއީ އެއިރެވެ. އެ ފަހުން އިއްޔެއާ ހަމައަށް ވޭތުވީ އެއް މަހާއި ނުވަ މަސް ދުވަހުގެ ތެރޭގައި، ސަރުކާރުގެ ސިޔާސަތަކާ އެކުއެކީ މުއިއްޒު ގަބޫލުކުރައްވާ އެންމެ ރަނގަޅު ހަމަ ވެސް ބަދަލުވެއްޖެ އެވެ. އޭރު އެންމެނަށް ދޭން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް، މިހާރު ވިދާޅުވަނީ އާސަންދައަކީ މުއްސަނދިންނަށް ލިބެން ޖެހޭ އެއްޗެއް ނޫން ކަމަށެވެ. އަދި، މިއީ ބޭރުގެ ފަރާތްތަކާއި ފަންނީ ބޭފުޅުން ވެސް ގަބޫލުކުރާ ރަނގަޅު ގޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މުއްސަނދިން، އިންކަމް ޓެކްސް އަދާކުރާ ފަރާތްތައް. މުއްސަނދިންނަށް ކޮންމެހެން އާންމުންނަށް މި ލިބޭ ހުރިހާ ކަމެއް ލިބޭކަށް ނުޖެހޭ،" މުއިއްޒު ވިދާޅުވި އެވެ. 

ތެދެކެވެ. އާސަންދައިގެ ހަަރަދު ބޮޑެވެ. ބަދަލުތައް ގެންނަން ޖެހެ އެވެ. ލިބެން ޖެހޭ ބަޔަކު ހޯދައި، އެ ލިބޭ ބަޔަކަށް އެކަނި ލިބޭ ގޮތަށް ވެސް ބަދަލުކުރަން ޖެހެ އެވެ. އެއީ މިހާރު ކުރާ ގޮތަށް ހަރަދު ކުރަން ދޫކޮށްލާފައި ބޭއްވޭނެ ނިޒާމެއް ނޫން ކަމަށް ގިނަ ބަޔަކަު އެއްބަސްވެ އެވެ. 

މިހެން ނަމަވެސް، މިއީ ސަރުކާރުން ގަބޫލުކުރާ ސިޔާސަތު ކަމުގައި ވަނީ ނަމަ، ކޮންމެ ވެސް އެއް ގޮތެއްގައި ހިފަހައްޓަން ޖެހެ އެވެ. ސަބަބަކީ، ލާހުރޭ އުސޫލުން ކުއްލިކުއްލިއަކަށް ސިޔާސަތުތަކާއި ގަބޫލުކުރުންތަކާއި ވިސްނުންތައް ބަދަލުވާ ނަަމަ، ރަނގަޅީ މި ގޮތްތޯ އެ ގޮތްތޯ އޮޅުންބޮޅުން އަރަނީ އާންމު ރައްޔިތުންނެވެ. އެ މީހުން މި ތިބެން ޖެހެނީ މި ޓާންތަކުގެ ތެރޭގައި ބޯއަނބުރައިގަނެ، މިސްރާބު އޮޅިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީބިޓީ: ގައުމުގެ އިސް ރަށްވެހީންނަށް އިލްތިމާސެއް

ގައުމީ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށްޓަކައި، ދައުލަތުގެ މަތީ އިއްޒަތް ލިބިވަޑައިގެންފައިވާ 12 ތަޖުރިބާކާރު ބޭފުޅުންގެ މައްޗަށް އެކުލެވޭ ހާއްސަ މަޖިލީހެއް ރައީސް އޮފީހުން އެކުލަވައިލައިފިއެވެ. މި މަޖިލީހުގެ މައިގަނޑު މަގުސަދަކީ ގައުމުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އިހުލާސްތެރި މަޝްވަރާ ހޯދުން ކަމަށްވާއިރު، މިއީ ގައުމުގެ މުސްތަގުބަލާ މެދު ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި ނާޒުކު ދަނޑިވަޅެއްގައި އެޅުނު މުހިންމު ފިޔަވަޅެކެވެ.

ރަސްމާލެ ވިއްކުމުގެ ރިފަރެންޑަމެއް ނަގަން ބިރުގަންނަނީ ކީއްވެ؟

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމަކީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވި ވައުދާ ހިލާފުވުމެއް ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. ބޭރުގެ ފަރާތްތަކަށް ބިން ނުދޭނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް، މިހާރު މި މަޝްރޫއުގެ ދެބައިކުޅަ އެއްބައި ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށްވެސް މި ޚަބަރުގައި ބަޔާންކޮށްފައިވެއެވެ.

ކުށުގެ ވާހަކަ: ދަރިފުޅަށް ގޯނާކުރަން ވާގިވެރިވި މަންމަގެ ހިޔާނާތް

އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމަށް އެ ކުއްޖާގެ މަންމަ މަގުފަހިކޮށްދިން. އަދި މި ލާއިންސާނީ އަމަލުގައި، ދަރިފުޅު ރައްކާތެރިކުރުމުގެ ބަދަލުގައި މަންމަ ވަނީ ގަސްދުގައި އެހެން ފިރިހެނަކަށް އެ ކުއްޖާ ޖިންސީ ގޮތުން ބޭނުންކުރުމަށް އެހީތެރިވެ، އެންމެ އަސާސީ އިތުބާރުގެ ގުޅުމަށް ހިޔާނާތްތެރިވެފަ.

އެމްއޭސީއެލްގެ ރެކޯޑު ފައިދާގެ ފަރުދާގައި ބޮޑު ދަރަނި

އެމްއޭސީއެލްއަށް ބޮޑު ފައިދާއެއް ލިބުނު ނަމަވެސް، ނަގުދު ފައިސާ މަދުވެ އެ ކުންފުނީގެ މާލީ ހާލަތަށް ވަނީ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފަ. މިދިޔަ އަހަރު ނިމުނުއިރު ކުންފުނީގެ ތިޖޫރީގައި ހުރި ފައިސާ ދެބައިކުޅަ އެއްބަޔަށް މަދުވެފައިވާއިރު، ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމުގައި ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ.

އަހަރެމެން މި ތަކުރާރުކުރަނީ މާޒީ ހެއްޔެވެ؟

އިންސާނީ ދަހިވެތިކަމާއި، ހަމަ އެ ފޮނި ވާހަކައާއި، މުސްތަޤްބަލުގެ ޖީލުތަކުން ބަލަން ބޭނުންނުވާ ހަމަ އެ ނުރައްކާ މިއަދުވެސް މިވަނީ އަޅުގަނޑުމެންގެ ކުރިމަތީގައި. 2026 ގެ ރާއްޖެއަކީ 1887 ގެ ރާއްޖެއެއް ނޫނެވެ. އެކަމަކު، ސަރުކާރެއްގެ މިހާރުގެ ވަގުތީ ސަލާމަތަށްޓަކައި ޤައުމުގެ މުސްތަޤްބަލު ސޮއިކޮށް ދޫކޮށްލައިފިނަމަ، ނަތީޖާ ނުކުންނާނީ ހަމަ ކުރީގެ ގޮތަށް.

ތިޔަ އެއްޗެއްގައި ސޮއިކުރުމަށްވުރެ ޝަހީދުވުންވެސް ރަނގަޅޭ

ޔަހޫދީންގެ މިތުރަކާ ގުޅިގެން ވާނެ ހެވެއް ނޯންނާނެ އެވެ. އިނގިރޭސިންގެ މުށުތެރެއަށް ވެއްޓިގަތުމާ ނައިބުތުއްތު ދެކޮޅުހެއްދެވިހިނދު، ދިވެހި ދައުލަތުގައި ތިބި ވެރިން އޭރުކީ ލަވަޔަކީ ހަމަ މިހާރުވެސް މި އިވޭ ލަވަޔެވެ. މިއީ އިގުތިސާދީ ކަމެކެވެ. ސިޔާސީ ކަމެކެވެ. ލައްކަ މަންފާވީނަމަ، އަހަރުތަކެއް ފަހުން އިނގިރޭސިންގެ އަތުން މިނިވަންވާކަށް ނުޖެހުނީސްތާ އެވެ!

ރަސްމާލެ މައްސަލައިގެ ނުރައްކާތައް ދިރާސާކުރުމުގެ އިލްތިމާސް

ނޮވެމްބަރު 3 ގައި ގައުމު ދިފާއުކުރި ސިފައިން، ފުރާނަ ގުރުބާންކުރީ ވަކި ތަރައްގީގެ މޮޑެލްއަކަށް ނުވަތަ އިގުތިސާދީ ސިޔާސަތަކަށް ނޫނެވެ. އެމީހުން ދިފާއުކުރީ ދިވެހިންގެ މުސްތަގުބަލުގެ ސާހިބުންނަކީ ދިވެހިން ކަމުގައިވުމުގެ ހައްގެވެ. އެ ހައްގަކީ މިއަދު ވެސް ހަމަ އެ ދަރަޖައިގައި ދިފާއުކުރަންޖެހޭ ހައްގެކެވެ.

Newsletter

Get the latest news delivered straight to your inbox