އާމްދަނީއަށް 60،000ރ. ލިބޭ މީހުންނަށް އާސަންދަ ލިބޭ މިންވަރު ލިމިޓް ކުރަނީ

މުހައްމަދު މުއިއްޒު: 60،000ރ. ގެ އާމްދަނީ ލިބޭ މީހުންނަށް މިހާރު ލިބޭ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލުމުން އަހަރަކު 287 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

މުހައްމަދު މުއިއްޒު: 60،000ރ. ގެ އާމްދަނީ ލިބޭ މީހުންނަށް މިހާރު ލިބޭ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލުމުން އަހަރަކު 287 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

އަންނަ މަހުން ފެށިގެން 60،000ރ. ގެ އާމްދަނީއެއް ލިބޭ ހުރިހާ އެންމެންނަށް އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ 60،000ރ. ގެ އާމްދަނީ ލިބޭ މީހުންނަށް މިހާރު ލިބޭ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލުމުން އަހަރަކު 287 މިލިއަން ރުފިޔާ ސަލާމަތްކުރެވި، އެ ފައިސާ ރައްޔިތުންގެ އެހެން ކަންކަމަށް ހަރަދުކުރެވޭނެ ކަމަށެވެ. 

"ކުރިއަށްއޮތް ދުވަސްތަކުގައި 60،000ރ. އިން މައްޗަށް މުސާރަ ލިބޭ ފަރާތްތަކަށް މިހާރު މިއޮންނަ ގޮތަށް ފުލް ކަވަރޭޖް އާސަންދައިން ނުލިބޭނެ. 60،000ރ. އިން މައްޗަށް މުސާރަ ލިބޭ ފަރާތްތަކުން ކޯޕޭ ނުވަތަ ޕްރީ ޕޭ ނިޒާމެއްގެ ތެރެއިން އާސަންދަ ލިބޭނެ. އޭގެ ސަބަބުން އަހަރު ދުވަހުގެ ތެރޭގައި 287 މިލިއަން ރުފިޔާ ރައްޔިތުންގެ އެހެން ކަންކަމަށް ހަރަދު ކުރުމަށް ސަލާމަތް ކުރެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.

Advertisement

 މުއިއްޒު އިތުރަށް ވިދާލުވީ މުއްސަނދިންނާއި އިންކަމް ޓެކްސް ދައްކާ މީހުންނަށް އާސަންދަ ލިބެން ނުޖެހޭ ކަމަށާއި އެމީހުންނަށް އަންނަ މަހުން ފެށިގެން އާސަންދަ ކަނޑާލުމުންވެސް މި އަހަރު ކޮންމެވެސް އަދަދަކަށް ފައިސާ ސަލާމަތްކުރެވޭނެ ކަމަށެވެ. 

"މުއްސަނދިން. އިންކަމް ޓެކްސް އަދާކުރާ ފަރާތްތައް. މުއްސަނދިންނަށް ކޮންމެހެން އާންމުންނަށް މި ލިބޭ ހުރިހާ ކަމެއް ލިބޭކަށް ނުޖެހޭ. އެހެންވީމަ އިރާދަކުރެއްވިއްޔާ އެ ބަދަލު މި އަންނަ މަހުން ފެށިގެން ގެނެވޭނެ. މި އަހަރު ތެރޭގައިވެސް މީގެއިންވެސް ކޮންމެވެސް ވަރެއް ސަލާމަތްކުރެވޭނެ،" މުއިއްޒު ވިދާޅުވި އެވެ. 

އާސަންދަ އިން ބޭހަށް ކުރާ ހަރަދު ކުޑަ ކުރުމަށް ނިޒާމަށް ގެންނަންޖެހޭ 11 ބަދަލެއް ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ފެބްރުއަރީ 18، 2025، ގައި މުއިއްޒު ނިންމެވި އެވެ.  ރައީސް އޮފީހުން އޭރު ބުނީ އެ ބަދަލުތައް ގެންނަން ނިންމީ އާސަންދައިން ބޭސް ހޯދުމުގައި ރައްޔިތުންނަށް ދައްޗެއް އަދި މާލީ ތަކުލީފެއް ކުރިމަތިނުވާނެކަން ކަށަވަރުކުރުމަށް ކަމަށެވެ.

މުއްސަނދިންނާއި އާންމު ރައްޔިތުންނަށް އެއްވަރެއްގެ އާސަންދަ ކަވަރޭޖެއް ދޭން ނުޖެހޭކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އެއީ ރަނގަޅު ގޮތެއް ނޫންކަން ބޭރުގެ ފަރާތްތަކާއި ފަންނީ ބޭފުޅުންވެސް ގަބޫލުނުކުރައްވާ ކަމަށެވެ. 

އާސަންދައިގެ ހަރަދު އަންނަ އަހަރު ހަތަރު ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް އޮޑިޓް އޮފީހުން މި އަހަރު ނެރުނު އާސަންދައިގެ ޕާފޯމަންސް އޮޑިޓްގައި އޮތީ ލަފާކޮށްފަ އެވެ. 

ފާއިތުވި ހަ އަހަރަށް ބަލާއިރު އާސަންދަ ސްކީމަށް ބަޖެޓުކުރި އަދަދަށްވުރެ ސްކީމަށް ކުރެވުނު ހަރަދު އެއް އަހަރުން އަނެއް އަހަރަށް އިތުރުވާ ކަމަށާއި އަވަސް ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ ހަރަދުތައް އިތުރުވެ، ސްކީމުގެ ދެމެހެއްޓިނިވި ކަމަށް އަސަރު ކުރާނެ ކަމަށް ފާހަގަކުރެވޭ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox