ބަޖެޓުގައި ސަރުކާރުން ބުނި ގޮތާ ހިލާފަށް، އެއްވެސް ސަބްސިޑީއެއް ނުކަނޑާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ރައީސް ޑރ. މުހައްމަދު މުއިއްޒު : ބަޖެޓުގައި ސަރުކާރުން ބުނި ގޮތާ ހިލާފަށް އެއްވެސް ސަބްސިޑީތައް ނުކަނޑާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ --- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު : ބަޖެޓުގައި ސަރުކާރުން ބުނި ގޮތާ ހިލާފަށް އެއްވެސް ސަބްސިޑީތައް ނުކަނޑާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ --- ފޮޓޯ: ރައީސް އޮފީސް

އަސާސީ ހިދުމަތްތަކުގެ އަގު ހެޔޮކުރުމަށް ދައުލަތުން ދޭ އެއްވެސް ސަބްސިޑީ އެއް މި ސަރުކާރުން ނުކަނޑާލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އއ. އަދި ކ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިރޭ އއ. މަތިވެރީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އެއްވެސް ސަބްސިޑީއަކަށް އުނިކަމަށް ނާންނާނެ ކަމަށެވެ.

"އެއްވެސް ސަބްސިޑީއެއް. އެއްވެސް އުނިކަމެއް މިހާރު ލިބެމުންދާ އެއްވެސް ކަމަކަށް ނާންނާނެ. އޭގެ ބަދަލުގަ ބޭކާރު ވަމުންދާ. ނާޖާއިޒު ގޮތެއްގައި ކުރަމުންދާ ހަރަދުތައް އަޅުގަނޑުމެން ހުއްޓާލާ އުނިކުރަމުން ދާނީ،" ރައީސް ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުގައި އެމަނިކުފާނު ދެއްކެވީ ބޭހުގެ ވިޔަފާރީގެ ތެރޭގައި އުޅޭ އެތައް ބަޔަކު އާސަންދަ މެދުވެރިކޮށް އެތައް ސަތޭކަ އިންސައްތައެއްގެ ފައިދާ ލުމަށްފަހު ބޭސް ވިއްކުން ހުއްޓުވުމެވެ. އެގޮތުން ބޭސް ވިއްކޭނެ ރޭޓުތައް އެސްޓީއޯ މެދުވެރިކޮށް މިހާރު ވާނީ އެކަން ފަށާފައި ކަމަށާއި ޕްރައިވެޓް ސެކްޓާގެ ފަރާތްތަކުންވެސް އެ އުސޫލުގެ ދަށުން ކުރިއަށް ދިޔުމަށް ރައީސް މިރޭ ގޮވާލެއްވި އެވެ.

"އެއްގޮތަކަށްވެސް އާންމު ރައްޔިތުންގެ އާސަންދައަކުން އެއްވެސް އެއްޗެއް އުންޏެއް ނުވާނެ. އެހެންވީމަ މިގޮތަށް އާސަންދަ ރިފޯމު މި ކުރަނީ. އެހެންވީމަ ވަރަށް ބޮޑުތަނުން އިސްރާފު އެބަ ކުޑަވޭ. އެހެންވީމަ މިކަލަހަ ކަންތައްތައް އަޅުގަނޑުމެން ކުރާނީ. އެހެންވީމަ އާންމުންނަށް ލިބެމުންދާ އެއްވެސް އެއްޗެއް އުންޏެއް ނުވާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު މިހެން ވިދާޅުވި ނަމަވެސް، އަންނަ އަހަރަށް ފާސްކުރި ބަޖެޓުގައިވާ ގޮތުގައި ސަބްސިޑީގެ ބޮޑު ބަދަލު އަންނަ އަހަރުގެ ދެވަނަ ކުއާޓާގައި ސަރުކާރުން ގެންނާނެ އެވެ.

މި ބަދަލާއެކީގައި މިހާރު މުތުލަގަށް އެންމެނަށް ލިބޭ ކާޑާއި، ފެނާއި، ކަރަންޓުގެ އިތުރުން ކަރަންޓު އުފައްދަން ބޭނުންކުރާ ތެލަށް ލިބޭ "ބްލެންކެޓް ސަބްސިޑީތައް" ދެން ލިބޭނީ އެއަށް ބޭނުންޖެހިފައިވާ މީހުންނަށް "ޓާގެޓަޑް ސަބްސިޑީ" ގެ ގޮތުގަ އެވެ.

މިގޮތަށް ސަބްސިޑީ ޓާގެޓުކުރުމުން ސަރުކާރުން ދެނީ ގޭބިސީތަކުގެ ހާލަތަށް ބަލައި ދޫކުރާ ފައިސާގެ އެހީއެކެވެ.

އެހެންކަމުން ރައީސްގެ މިރޭގެ ވާހަކައާއެކު ބަޖެޓުގައި ސަރުކާރުން ހިމެނި ސިޔާސަތު ބަދަލުވީކަން މުޅީން ސާފެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox