މުއްސަނދިންގެ އަތުން އާސަންދަ ހިދުމަތަށް ފައިސާ ނަގައި އެންސްޕާ އެހީ ލޯނަކަށް ބަދަލު ކުރަނީ

މާލޭގައި ހުރި ބޭސްފިހާރައެއްގެ ބޭރުގައި ޖަހާފައި ހުރި ބޯޑެއް: އާސަންދައަށް ބޮޑެތި ބަދަލުތަކެއް ގެންނަން ބަޖެޓުގައި ހުށަހަޅާފައިވޭ -- އަދަދު ފައިލް ފޮޓޯ

މާލޭގައި ހުރި ބޭސްފިހާރައެއްގެ ބޭރުގައި ޖަހާފައި ހުރި ބޯޑެއް: އާސަންދައަށް ބޮޑެތި ބަދަލުތަކެއް ގެންނަން ބަޖެޓުގައި ހުށަހަޅާފައިވޭ -- އަދަދު ފައިލް ފޮޓޯ

މުއްސަނދިންގެ އަތުން އާސަންދަ ހިދުމަތަށް ހެލްތު ކޮންޓްރިބިއުޝަނެއްގެ ގޮތުގައި ފީއެއް ނެގުމާއި އެމީހުންނަށް މެޑިކަލް ވެލްފެއާގެ ގޮތުގައި ދޭ އެހީ އަނބުރާ ދައްކަންޖެހޭ ގޮތަށް ހަދަން އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނައިފި އެވެ.

އާމްދަނީގެ ގޮތުގައި ކޮންމެ މަހަކު 60،000ރ. އަށްވުރެ މަތިން ލިބޭ މީހުންނަށް އާސަންދަ އަދި މެޑިކަލް ވެލްފެއާ ދިނުމުގެ އުސޫލަށް އަންނަ އޭޕްރިލް މަހުން ފެށިގެން ގެންނަން ނިންމާފައި ވަނީ މައިގަނޑު ތިން ބަދަލެކެވެ.

ފުރަތަމަ ބަދަލެއްގެ ގޮތުގައި ބަޖެޓުގައި ހިމަނާފައި ވަނީ މުއްސަނދިންގެ އަތުން ފީއެއް ނެގުމެވެ. އެ ބަދަލާއެކު ނިކަމެތިންނަށް މާލީ ބުރައަކާ ނުލައި ސިއްހީ ހިދުމަތް ލިބޭނެކަން ކަށަވަރު ކުރަން ލިބޭ ޖާގަ އިތުރުވާނެ ކަމަށް ބަޖެޓު ފޮތުގައި ޖަހާފައިވެ އެވެ.

Advertisement

މުއްސަނދިންގެ އަތުން ކޮންޓްރިބިއުޝަންގެ ގޮތުގައި އާސަންދަ ހިދުމަތަށް ނަގާނެ ވަކި މިންވަރެއް އެ ފޮތުގައި ބަޔާން ކޮށްފައި ނެތެވެ. ބަޖެޓު ފޮތުގައި ލިޔެފައި ވަނީ މި ކަމަކީ ކޮރެއާފަދަ ތަރައްގީވެފައިވާ ގިނަ ގައުމުތަކުގައި ކާމިޔާބުކަމާއެކު ތަންފީޒު ކުރަމުންދާ މޮޑެލްއެއް ކަމަށެވެ. އެ ގައުމުތަކުގައި އެ ފައިސާ ނަގަމުން ދަނީ އިންކަން ޓެކްސް ނަގާއިރު ކަމަށް ބަޖެޓުގައި ލިޔެފައިވެ އެވެ.

މެޑިކަލް ވެލްފެއާގެ ނިޒާމު ހަރުދަނާ ކުރުމަށް އަޅަން ރާވާފައިވާ ފިޔަވާޅުތަކުގެ ތެރޭގައި ދެން ހިމެނެނީ މެޑިކަލް ވެލްފެއާގެ ގޮތުގައި އެންސްޕާ މެދުވެރިކޮށް ބޭސްފަރުވާއަށް މުއްސަނދިންނަށް ދޭ އެހީ އިންޓްރެސްޓު ފްރީ ލޯނަކަށް ބަދަލު ކުރުމެވެ. އެ ބަދަލާ ގުޅިގެން އިންކަމް ޓެކްސް ދައްކަން ނުޖެހޭ އެއްވެސް މީހަކަށް ލިބޭ އެހީއަށް ބަދަލެއް ނާންނާނެ ކަމަށް ބަޖެޓުގައި ލިޔެފައިވެ އެވެ.

ފާމަސީތަކާއި ސަރުކާރު ހޮސްޕިޓަލްތަކުން މުއްސަނދިން ހޯދާ ބައެއް ހިދުމަތަކަށް ކޮންޓްރިބިއުޝަނެއް ދައްކަންޖެހޭ ގޮތް ހެދުމަށް ވެސް އާސަންދަ ނިޒާމަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ހިމަނާފައިވެ އެވެ. މުއްސަނދިންގެ ކެޓެގަރީގައި ހިމެނުނު ނަމަވެސް، 18 އަހަރު ނުފުރޭ ކުޑަކުދިންނާއި 65 އަހަރުން މަތީގެ ފަރާތްތަކާއި ކްރޮނިކް އަދި ޓާމިނަލް ބަލިތަކަށް ފަރުވާ ކުރާ ފަރާތްތައް އިސްތިސްނާވާނެ ކަމަށް ބަޖެޓު ފޮތުގައި ބަޔާން ކޮށްފައިވެ އެވެ.

އޭގެ އިތުރުން ޕްރައިވެޓު ހޮސްޕިޓަލުން ދޭ ހިދުމަތްތަކުގެ އަގު އެއް ހަމައެއްގައި ހިފެހެއްޓުމުގެ މަސައްކަތާއި ސިފައިންނާއި ފުލުހުންނަށް ޕްރައިވެޓް އިންޝުއަރެންސް ޕެކޭޖެއް ހަމަޖެއްސުމަށް ވެސް އާސަންދަ އާއި މެޑިކަލް ވެލްފެއާގެ ނިޒާމު ހަރުދަނާ ކުރުމަށް އަޅަން ރާވާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox