އާއިލީ މީހާގެ ރިސޯޓާ އެއްވެސް ގުޅުމެއް ނެތް ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ސެޕްޓެމްބަރު 7، 2026: ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވާހަކަ ދައްކަވަނީ

ސެޕްޓެމްބަރު 7، 2026: ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވާހަކަ ދައްކަވަނީ

ރައީސް މުހައްމަދު މުއިއްޒުގެ އާއިލީ މީހެއް ކަމުގައިވާ އަދި މި ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރި ހައްސާން ވަހީދުގެ ރިސޯޓަކީ "އަޅުގަނޑު ބެހޭ ކަމެއް ނޫން" ކަމަށް ވިދާޅުވެ، އެ މުއާމަލާތާ ގުޅުމެއް ނެތް ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި މުއާމަލާތާ ގުޅުވާ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ، އެމަނިކުފާނަށް ވެސް އެ ހަބަރު ނޫހުން ފެނުނު ކަމަށެވެ. މުއިއްޒު ވިދާޅުވި ގޮތުން ނަމަ އޭގެ ކުރިން އެ މުއާމަލާތާ ގުޅޭ އެއްވެސް ކަމެެއް އެމަނިކުފާނަށް އެނގިވަޑައިނުގަންނަވަ އެވެ. 

މި ކަންކަން އެނގުނު ހިސާބުން، މުއިއްޒު ވިދާޅުވީ، ހައްސާނަށް ގުޅާފައި ކަންކަން ސާފުކުރި ކަމަށެވެ. ހައްސާނާ ސުވާލުކުރުމުން ރިސޯޓުގެ ހިއްސާ އޮންނަކަން އޭނާ ކަށަވަރުކޮށްދެއްވި ކަމަށް އެމަނިކުފާނު ވިދާޅުވެފަ އެވެ.

Advertisement

އަދަދު ނޫހުން މި މުއާމަލާާތުގެ ވާހަކަ ރިޕޯޓުކުރިއިރު، ރިސޯޓުގެ ހިއްސާ ހޯދަން އޭނާއާ މުއިއްޒާ އޮންނަ އާއިލީ ގުޅުމާއި ޔޫއޭއީއަށް ކަނޑައަޅާފައި ހުންނަ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމުގެ ބޭނުންކުރިކަމަށް ރިޕޯޓުކޮށްފަ އެވެ. މިއަދު މުއިއްޒު ދެއްކި ވާހަކައިން މީގެ ގިނަ ކަންކަން މި ގޮތަށް ހިނގާފައިވާކަން ވަނީ ކަށަވަރުވެފަ އެވެ.

މުއިއްޒުގެ އާއިލީ މީހަކު ކުއްލިއަކަށް ބޮޑު ރިސޯޓެއްގެ ހިއްސާދާރަކަށް

ޔޫއޭއީގެ ޑެޕިއުޓީ އެމްބެސެޑަރު ހައްސާން ވަހީދު، ކުއްލި ގޮތަކަށް ބޮޑު ރިސޯޓެއްގެ ހިއްސާދާރަކަށް ވެފައިވަނީ އާއިލީ ގުޅުމާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކަމަށް ތުހުމަތުކުރެވޭ. ވިޔަފާރީގެ އެއްވެސް ތަޖުރިބާއެއް ނެތް ހައްސާނަށް މިފަދަ ބޮޑު މަންފާއެއް ލިބުމަކީ ނުހައްގު މުއްސަނދިކަން ހޯދުމަށް ހިންގާފައިވާ ބޮޑު ހިޔާނާތެއް.

އެ ގޮތުން މުއިއްޒު ވިދާޅުވީ، ސަރުކާރުގެ މަގާމެއްގައި ހުރެފައި މި ގޮތަށް ކަންކަން ކުރުމަކީ އެމަނިކުފާނު ގަބޫލުކުރާ ހަމައަކަށް ނުވާތީ ހައްސާން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. 

"ދެން އެކަން އެނގުނު ހިސާބުން، އަޅުގަނޑު ގަބޫލު ކުރާ ހަމައެއް ނޫން އެއީ އެނގޭތޯ، ސަރުކާރުގެ މަގާމެއްގައި، އަޅުގަނޑު ދީފައި ހުރި، އަޅުގަނޑު އެޕޮއިންޓްކޮށްފައި ހުރި މަގާމެއްގައި ހުރި ބޭފުޅަކު އެކަހަލަ ކަމެއް ކުރުމަކީ އަޅުގަނޑު ގަބޫލު ކުރާ ހަމައެއް ނޫން. އެހެންވީމާ ވަޒީފާއިން ވަކިކޮށްފައި ވާނީ އަޅުގަނޑަށް އެނގުނު ހިސާބުން،" އެމަނިކުފާނު ވިދާޅުވި އެވެ.

ހައްސާން ހިއްސާވާ ކުންފުންޏަކީ، އިންޑިއާގެ އާޔަތާނާ ހޮސްޕިޓާލިޓީސްއާ އެކީ އޭނާ ހިއްސާވާ ކުންފުންޏެކެވެ. މި ކުންފުނިން ވަނީ ތ. ފުއްޓާއި ވަންބަންޖާއި ކަނި ރިސޯޓު ތަރައްގީކުރަން ނަގާފަ އެވެ. މި ކުންފުނީގެ އިންޑިއާގެ ހިއްސާދާރަކީ ރިއަލް އެސްޓޭޓު ވިޔަފާރިކުރާ އަރަޓު ޑިވެލޮޕާސް އެވެ.

މި މައްސަލަ އަދަދު ނޫހުން ތިލަކުރީ، އިންޑިއާގެ މާލީ ގޮތުންނާއި ފަންނީ ގޮތުން ގާބިލު ކުންފުންޏަކުން ވިޔަފާރިއެއް ނުކުރާ ހައްސާންއާ ގުޅިގެން ރިސޯޓެއް ތަރައްގީކުރަން އުޅޭތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox