ސަރުކާރަށް ސަނާނުކިޔާ ގިނަ ނޫސްތަކަށް ދައުވަތު ނުދިންކަން މުއިއްޒަށް ނޭނގޭ

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވާހަކަ ދައްކަވަނީ: އެމަނިކުފާނު ވިދާޅުވީ މި ސަރުކާރަކީ މީޑިއާތަކާ އެންމެ ގާތް ގުޅުމެއް ބޭއްވި ސަރުކާރު ކަމަށް -- ފޮޓޯ؛ ރައީސް އޮފީސް

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވާހަކަ ދައްކަވަނީ: އެމަނިކުފާނު ވިދާޅުވީ މި ސަރުކާރަކީ މީޑިއާތަކާ އެންމެ ގާތް ގުޅުމެއް ބޭއްވި ސަރުކާރު ކަމަށް -- ފޮޓޯ؛ ރައީސް އޮފީސް

ސަރުކާރަށް ސަނާނުކިޔާ ގިނަ ނޫސްތަކަށް ފުރުސަތު ނުދީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ކުރިއަށްގެންދާކަން ނޭނގޭ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުންތަކަށް ދައުވަތު ދޭންވީ ފަރާތްތަކާއި ދައުވަތު ދޭންވީ ގޮތް އެމަނިކުފާނު ކަނޑަނާޅާ ކަމަށެވެ. އެކަން ހިނގައިދިޔަގޮތް ރައީސް އޮފީހުގެ ކަމާބެހޭ ސެކްޝަނުން ބަލާފައި ޖަވާބު ދޭނެ ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ. 

"އަޅުގަނޑަކީ ނޫސްވެރިންނަށް ދައުވަތު ދޭ މީހެއް ނޫން. އަޅުގަނޑު ދައުވަތު ދޭންވީ ފަރާތްތަކެއް ދައުވަތު ދޭންވީ ގޮތެއް ކަނޑައަޅާ މީހެއް ނޫން. ތިއީ ވަރަށް އިދާރީ ކަންތައްތައް ތި ހުންނަނީ. ދެން ރައީސް އޮފީހުން ކަމާބެހޭ ސެކްޝަނުން ތިކަން ބައްލަވާފައި ދެއްވާނެ ޖަވާބު. އެނގޭތޯ. ދެން ރައީސް އޮފީހުގެ މި ޕްރެސް ކޮންފަރެންސްތަކާ ބެހޭ އުސޫލެއް އެބައޮތް ޕަބްލިޝްކޮށްފައި. އެ އުސޫލާ އެއްގޮތަށް ރައީސް އޮފީހުން ކުރިއަށްގެންދާނީ،" މުއިއްޒު ވިދާޅުވި އެވެ. 

މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރަކީ މީޑިއާތަކާ އެންމެ ގާތްގުޅުން ބާއްވަމުންދާ ސަރުކާރު ކަމަށެވެ. ނަމަވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިވަންކަން ނެތް ކަމަށް ނޫސްވެރިން ވަނީ ފާހަގަކޮށްފަ އެވެ. 

ދެ މަހަށްވުރެ ގިނަ ދުވަސްފަހުން މުއިއްޒު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމަށް މިއަދު ދައުވަތު ފޮނުއްވާފައިވަނީ ވަކިވަކި މީޑިއާތަކަށެވެ. ދައުވަތު ފޮނުވި މީޑިއާތަކުގެ ތެރޭގައި ގިނައިން ހިމެނެނީ ސަރުކާރަށް ސަނާކިޔާ މީޑިއާތަކެވެ. އޭގެއިތުރުން ދައުވަތު ނުދޭ މީޑިއާތަކުގެ ތެރޭގައި ހިމެނެނީ ސަރުކާރަށް ސަނާ ނުކިޔާ މީޑިއާތަކެވެ. 

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމަށް ދައުވަތު ނުދޭ މީޑިއާތަކުގެ ތެރޭގައި ހިމެނެނީ ދައުރު ނޫހާއި ރާއްޖެ ޓީވީ ހިމެނެ އެވެ. މުއިއްޒުގެ ނޫސްވެރިންގެ ބައްދަލުވުމަށް ވަކި މީޑިއާތަކަކަށް ދައުވަތު ނުދޭން ނިންމީ ކޮން ސަބަބަކާ ހުރެ ކަމެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.

މީގެ ކުރިން އެ އޮފީހުން އިންތިޒާމުކުރާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ނުވައްދަނީ ހަމައެކަނި އަދަދު ނޫހުގެ ނޫސްވެރިންނެވެ. ރައީސް އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް އަދަދު ނޫހާއި މި ނޫހުގެ އެއްވެސް ނޫސްވެރިއަކަށް ނުވަދެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އެ އޮފީހުން ބުނެ އެވެ. އެ ފިޔަވަޅު އަޅާފައިވާކަން މިހާތަނަށްވެސް ރައީސް އޮފީހުން ރަސްމީކޮށް ލިޔުމުން އަދަދު ނޫހަށް އަންގާފައި ނުވެ އެވެ. 

އަދަދު ނޫހާ ދެކޮޅަށް އެޅި ފިޔަވަޅުގައި ރައީސް އޮފީހުން ބުނެފައި ވަނީ އެ "ސަސްޕެންޝަން" ދެމިގެން ދަނީ މި ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި މި ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުއާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލަ ނިމުމުން ކަމަށެވެ. 

އައިޝާ ޑޮކިއުމަންޓްރީއަކީ މުހައްމަދު މުއިއްޒު ރައީސް އޮފީހުގެ މުވައްޒަފަކާ ކައިވެނިން ބޭރުން ގުޅުމެއް ބޭއްވެވި ކަމުގެ ތުހުމަތުތަކެއް ރައްދުވާ ޑޮކިއުމެންޓަރީއެކެވެ. އެ ޑޮކިއުމަންޓްރީގައި ހިމެނޭ ކަންކަން މުއިއްޒު ދޮގުކުރައްވަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox