ދުބާއީގެ ވޯލްޑޯފް އެސްޓޯރިއާގެ އެޗްއާރް ޑައިރެކްޓަރަކަށް ދިވެއްސެއް

Sep 7, 2026, 8:35 AM

ދުބާއީގެ މަޝްހޫރު ވޯލްޑޯފް އެސްޓޯރިއާ ދުބާއީ ޕާމް ޖުމެއިރާގެ ޑައިރެކްޓަ އޮފް ހިއުމަން ރިސޯސަސްގެ މަގާމަށް ދިވެހި ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރު  ޝާމިން އަލީ އައްޔަންކޮށްފި އެވެ.

ދިވެހި ހޮސްޕިޓިލިޓީ ދާއިރާގެ ހަބަރުތަކަށް ހާއްސަ ނޫސް، ހޮޓަލިޔާ މޯލްޑިވްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި މަގާމާ ޝާމިން ރަސްމީކޮށް ހަވާލުވެވަޑައިގަތީ ނިމިގެންދިޔަ އޮގަސްޓް މަހުގެ ތިންވަނަ ދުވަހު އެވެ.

ޝާމިން އަކީ ގަލްފުގެ ގައުމުތަކާއި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގެ ރޮނގުން ފަންސަވީސް އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއްގައި ކަމަށް ހޮޓަލިޔާ މޯލްޑިވްސްއިން ބުނެފައިވެ އެވެ. 

Advertisement

ހިލްޓަން ގްރޫޕުގެ މި ލަގްޒަރީ ބްރޭންޑާ އަލުން ގުޅިވަޑައިގަތުމަށްފަހު، ޝާމިން އިސްކަންދެއްވާނީ އެ ރިސޯޓުގެ މުވައްޒަފުންގެ ކުރިއެރުމަށް ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޒުކުރުމަށާއި، ހުނަރުވެރި މުވައްޒަފުން ހޯދުމަށާއި، ލީޑަރޝިޕް ތަމްރީނުތައް ހިންގުމުގެ އިތުރުން މުއައްސަސާގެ ހިންގުން ހަރުދަނާކުރުމުގެ މަސައްކަތްތަކަށެވެ.

ތައުލީމީ ދާއިރާއަށް ބަލާއިރު، ޝާމިން ވަނީ ސުވިޒަލޭންޑުގެ ލޫޒާންގައި ހުންނަ އައިއެމްއައި ޔުނިވަރސިޓީން އިންޓަރނޭޝަނަލް ހޮޓެލް އެންޑް ޓޫރިޒަމް މެނޭޖްމަންޓުގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލްކުރައްވާފައެވެ. މީގެ އިތުރުން ލަންޑަން ސްކޫލް އޮފް ކޮމާސްއިން އޭނާ ވަނީ މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ އެމްބީއޭ ފުރިހަމަކުރައްވާފައެވެ.

ޝާމިންގެ މަސައްކަތުގެ ހަޔާތުގައި އޭނާ ވަނީ ބޮޑެތި މަޝްރޫއުތަކަށް މުވައްޒަފުން ނެގުމާއި، އާ ރިސޯޓުތައް ހުޅުވުމުގެ ކުރިން ކުރަންޖެހޭ ތައްޔާރީތަކާއި، ހިންގުން ހަރުދަނާކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯއްދަވާފައެވެ. މި މަގާމާ ހަވާލުވުމުގެ ކުރިން އޭނާ ހުންނެވީ ސައުދީ އަރަބިއްޔާގެ ރެޑް ސީ މަޝްރޫއުގެ ދަށުން ހިންގާ އެސްއެލްއެސްގެ ޕްރޮޖެކްޓް ޓާސްކްފޯސްގެ ޑައިރެކްޓަރ އޮފް ޕީޕަލް އެންޑް ކަލްޗަރގެ މަގާމުގައެވެ. އޭގެ ކުރިން އޭނާ ވަނީ ގަތަރުގެ ރިކްސޯސް ގަތައިފާން މަޝްރޫއުގެ ޑައިރެކްޓަރ އޮފް ޓެލެންޓް އެންޑް ކަލްޗަރގެ ގޮތުގައި އެ ގައުމުގެ އެންމެ ބޮޑު ވޯޓަރޕާކާއި، ބީޗް ކްލަބް އަދި ލަގްޒަރީ ހޮޓާ ހިމެނޭ ސަރަހައްދުގެ އިންސާނީ ވަސީލަތްތައް ބަލަހައްޓަވާފައެވެ.

މިއީ ޝާމިން ހިލްޓަން ގްރޫޕާ ގުޅިވަޑައިގަންނަވާ ދެވަނަ ފަހަރެވެ. މީގެ ކުރިން އޭނާ ވަނީ ގަތަރާއި ދިވެހިރާއްޖޭގައި ހުންނަ ހިލްޓަންގެ ރިސޯޓުތަކުގައި މުވައްޒަފުންގެ ކުރިއެރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވައި، އެ ކުންފުނީގެ އިތުބާރު ހޯއްދަވާފައެވެ.

ވޯލްޑޯފް އެސްޓޯރިއާ ދުބާއީ ޕާމް ޖުމެއިރާގައި ޝާމިންގެ މައިގަނޑު ޒިންމާއަކަށް ވާނީ އެ ރިސޯޓުގެ އިންސާނީ ވަސީލަތްތަކާ ބެހޭ އެންމެހާ ކަންކަން ބެލެހެއްޓުމާއި، މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމެވެ. އަދި އެ ބްރޭންޑުގެ މަތީ ފެންވަރުގެ ހިދުމަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުނަރުވެރި މުވައްޒަފުން ބިނާކުރުމަކީވެސް އޭނާގެ މަގާމުގެ މުހިންމު ބައެކެވެ. ދުނިޔޭގެ ފެންވަރުގެ މިފަދަ ބޮޑު މަގާމަކަށް ދިވެއްސަކު އައްޔަންވުމަކީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިންގެ ހުނަރާއި ގާބިލުކަން ބަލައިގަންނަކަމުގެ ހެއްކެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox