އަދަދު ނޫސް ރައީސް އޮފީހަށް ނުވައްދަނީ އިތުރަށް މުއިއްޒު ފަޟީހަތް ވެދާނެކަމުގެ ބިރަށް: ޔާމީން

Sep 7, 2026, 12:13 AM
ޕީއެންއެފްގެ ޖަލްސާއެއްގައި ޔާމީން ވާހަކަ ދައްކަވަނީ

ޕީއެންއެފްގެ ޖަލްސާއެއްގައި ޔާމީން ވާހަކަ ދައްކަވަނީ

ރައީސް އޮފީހާއި ރައީސް މުހައްމަދު މުއިއްޒުގެ ނޫސްވެރިންގެ ބައްދަލުވުންތަކަށް "އަދަދު" ނޫހަށް ފުރުސަތު ނުދެނީ، އެ ނޫހުގައި ހުރި މައުލޫމާތުތަކުގެ ސަބަބުން މުއިއްޒު އިތުރަށް ފަޟީހަތްވެވަޑައިގެންފާނެތީ ގަންނަ ބިރެއްގެ ބޮޑުކަމުން ކަމަށް ކުރީގެ ރައީސް އަބްދުއްﷲ ޔާމީން އަބްދުއްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން އަދަދު ނޫހާ ދެކޮޅަށް ފިޔަވަޅު އަޅާފައިވަނީ މެއި 11 ގައި މުއިއްޒު ބައިވެރިވެވަޑައިގެންނެވި ޕްރެސްއެއްގައި އަދަދުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ކުރި ސުވާލަކާ ގުޅިގެންނެވެ. އެ ސުވާލާއެކު، އެ ނޫހުން ނެރުނު "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރެފައިވާ އަނގަބަންދުކުރުމުގެ އަމުރާ (ގެގް އޯޑާ) ހިލާފުވީ ކަމަށް ބުނެ، މުއިއްޒު ވަނީ ޝަހުޒާން ބައްދަލުވުމުން ބޭރުކޮށްފަ އެވެ.

އޭގެ ފަހުން، ރައީސް އޮފީހުގެ މީޑިއާ ވަޓްސްއެޕް ގްރޫޕުގައި ހިއްސާކުރި މެސެޖަކުން އަދަދު ނޫހަށް ނުވަދެވޭނެކަން އަންގައި، ފަހުން އުފެއްދި އާ ގްރޫޕުގައިވެސް މި ނޫހުގެ ނޫސްވެރިން ބައިވެރިއެއް ނުކުރެ އެވެ.

ނަމަވެސް ރައީސް އޮފީހުން އެޅި މި ފިޔަވަޅު ލިޔުން ހޯދަން ތަކުރާރުކޮށް އެދުމުންވެސް ޖަވާބުދޭން އިންކާރުކުރުމަށް ފަހު، ހޮނިހިރު ދުވަހު ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު ވިދާޅުވީ އަދަދު ނޫހަށް ލިޔުމުން ޖަވާބުދޭން ނުޖެހޭ ކަމަށެވެ. 

އާދީއްތަ ދުވަހުގެ ރޭ ބޭއްވި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ޖަލްސާގައި ޔާމީން ވަނީ މި މައްސަލައިގައި ވާހަކަ ދައްކަވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ ރައީސް އޮފީހުން އަދަދު ނޫހަށް ޖަވާބުދޭންޖެހޭނެ ކަމަށެވެ.

"އަދަދު ނޫސް ކީއްވެގެންތޯ މުއިއްޒުގެ އިންޓަވިއުތަކަށް، ރައީސް އޮފީހުގެ އިންޓަވިއުތަކުގައި ބައިވެރި ނުކުރަނީ. މުންދު [މުހައްމަދު ހުސައިން ޝަރީފު] އެބައޮތް ޖަވާބުދީފައި ތިއީ [އަދަދު ނޫހަށް] ޖަވާބުދޭންޖެހޭ ކަމެއް ނޫނޭ. ނޫން، ޖަވާބުދޭންޖެހޭ ކަމެއް،" ޔާމީން ވިދާޅުވި އެވެ.

އަދަދު ނޫހަށް ލިޔުމުން ޖަވާބު ދޭން ނުޖެހޭނެ ކަމަށް ވިދާޅުވެ ތަރުޖަމާނު ގާނޫނުއަސާސީއަށް ގޮންޖައްސަވައިފި

ތަރުޖަމާނު މިހެން ވިދާޅުވި ނަމަވެސް، އިދާރީ ފިޔަވަޅެއްގެ ސަބަބުން ހައްގަކަށް އުނިކަން ލިބޭނަމަ އެކަމުގެ ސަބަބު ލިޔުމުން ލިބުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގެކެވެ. މި ފިޔަވަޅު އަޅާފައިވަނީ ނޫސްވެރިންގެ މައްޗަށް ހިނގާ ޖިނާއީ ތަހުގީގުތަކަކާ ގުޅިގެން ކަމަށްވެސް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.

އަދަދު ނޫހަށް ފުރުސަތު ނުދޭން ރައީސް އޮފީހުން މަސައްކަތްކުރަނީ އެ ނޫހުގެ ނޫސްވެރިޔާ ޝަހުޒާންގެ އަތުގައި މުއިއްޒުގެ ފޯނު ކޯލް ލޮގުތަކާއި ޗެޓްލޮގްތައް ހުރުމުން އެކަމުގެ ބިރަށް ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

"ހަގީގަތުގައި މިވެގެން އުޅޭގޮތަކީ އަދަދު ނޫހުގެ ޝަހުޒާން އަތުގައި އޮތް ދެއްތޯ މުއިއްޒުގެ ޗެޓްލޮގު، ފޯނުކޮށްފައި ހުރި ލޮގު އެބައޮތް ދެއްތޯ. އެހެންވީމަ މުއިއްޒު ހިތަށް މިއަރަނީ މާތް ކަލާކޯއޭ ދެން މިމީހުންގެ އަތުގައި އޮންނާނީ ތިމަންނަ ކާކަށް ގުޅި ޗެޓްލޮގެއްބާއޭ... މީހާ ގަންނާކުރައްވާ ބިރުން އަދަދު ނޫހަށް އިތުރު ފުރުސަތެއް ނުދީ އުޅެނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

އަދަދު ނޫހުން އުފެއްދި އައިޝާ ޑޮކިއުމެންޓަރީއަށް ފަހު، އެ ތުހުމަތުތަކަށް އިޝާރާތްކޮށް މީހުން ކިޔައިއުޅެނީ 'އެލްސޯފާ'ގެ މައްސަލައެވެ. އެހެންވެ، ޔާމީންވެސް ވިދާޅުވީ 'އެލްސޯފާ' މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ރައީސް އޮފީހުގެ ކަރާމާތް ހިފެހެއްޓުމުގެ ގޮތުން މުއިއްޒު މަގާމުން އިސްތިއުފާދެއްވަންޖެހޭ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި، ރައީސް އޮފީހުގެ ކަރާމާތް ހިފަހައްޓާ ކަމަށްވަންޏާ، ކިރިޔާވެސް ދިވެހިރާއްޖޭގައި ގައުމިއްޔަތަށް ކުލުނެއް އޮތިއްޔާ، ވަތަނަށް ކުލުނެއް އޮތިއްޔާ މުއިއްޒު މިހާރު އަމިއްލައަށް އިސްތިއުފާދީފައި ދުރުގައޭ ހުންނަންވާނީ. ހާދަ ހަޑިހުތުރު ބޮޑު ބަދުނާމެކޭ އެޅިގެން މިއުޅެނީ،" ޔާމީން ފާހަގަކުރެއްވި އެވެ.

އެލްސޯފާގެ މައްސަލައަކީ ހިނގާފައިވާ ކަމެއް ކަމަށް ރައްޔިތުންގެ ދަރުބާރުގައި މީހުން ގަބޫލުކުރާ ކަމަށާއި، އެކަމަށް އިތުރު ތަހުގީގެއް ބޭނުންނުވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

އެ ޑޮކިއުމެންޓްރީގެ މައްސަލައިގައި އެ ވާހަކަދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރުނު "ގެގް އޯޑަރާ" އަދަދު ނޫހުގެ ޝަހުޒާން އާއި ލީވާން އަލީ ނަސީރު ހިލާފުވި ކަމަށް ކަނޑައެޅީ، އެކަށީގެންވާ ތަހުގީގެއް ނުކޮށް އަދި ޝަރީއަތުގައި ޖަވާބުދާރީވާން ފުރުސަތު ނުދީ އެވެ. އެ މައްސަލައިގައި ކޯޓުން ވަނީ އެ ދެ ނޫސްވެރިން ޖޫރިމަނާކުރުމުގެ އިތުރުން، ޝަހުޒާން 15 ދުވަހަށް މާފުށީ ޖަލަށްލުމަށް ހުކުމްކުރިއިރު، ލީވާނަށް ކުރީ 10 ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ..

މީގެ އިތުރުން އައިޝާ ޑޮކިއުމެންޓަރީގެ މައްސަލައިގައި އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފުކުރި ކަމުގެ ދައުވާ އުފުލައި، ކްރިމިނަލް ކޯޓުގައި ވަނީ ޝަރީއަތްތައް ފަށައިފައެވެ. މި މައްސަލަތައް އިސްތިއުނާފުކުރަން ހުށަހަޅާފައިވާއިރު، އޭގެ އެއްވެސް މައްސަލައެއް ކުރިއަކަށް ނުގެންދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓުއާ އޮޕަރޭޓަރުން އަތުން ނަގާ ޓެކްސް އުވާލަން ކޮމިޓީން ފާސްކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށް ގާނޫނަށް ގެނައި ބަދަލު އުވާލުމަށާއި، ޖީއެސްޓީ ނަގަންޖެހޭ އާމްދަނީގެ މިންގަނޑު 1.5 މިލިއަން ރުފިޔާއަށް މަތިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ވަނީ ފާސްކޮށްފައި. މި އިސްލާހުތަކުގެ މަގުސަދަކީ ކުދި ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ކުޑަކޮށް، ވިޔަފާރިތައް ކުރިއެރުވުމަށް ފުރުސަތު ދިން.

ހަރަދުގެ ތަފްސީލް ބަލަހައްޓާފައިނުވާތީ އަދާލަތު ޖޫރިމަނާކޮށްފި

ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެއްގޮތަށް ހަރަދުތަކުގެ ތަފްސީލު ބަލަހައްޓާފައި ނުވާތީ، އިލެކްޝަންސް ކޮމިޝަނުން އަދާލަތު ޕާޓީ 25,000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައި. މި ފިޔަވަޅު އެޅީ އެ ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބައެއް މުދަލާއި ތަކެތީގެ އަގު ކަށަވަރުކުރެވޭނެ ލިޔެކިޔުންތައް ނެތްކަން ފާހަގަކޮށްފައިވާތީ.

މޫސުން ގޯސްވެ އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފި

ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ރިސޯޓުތަކުގައި ދީނުގެ ހުރުމަތް ކެނޑިގެން ނުވާނެ: އަދާލަތު

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލަ އަދާލަތު ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެކަމުގައި ބައިވެރިވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކާ ހިލާފު މިފަދަ އަމަލުތައް ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފެނަކައިގެ މަހިބަދޫ ބްރާންޗުން 11 މުވައްޒަފަކު ވަކިކޮށްފި

އދ. މަހިބަދޫ ފެނަކަ ބްރާންޗުގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށްފަހު، ވަޒީފާގެ ޔަގީންކަން ދީފައިވަނިކޮށް 11 މުވައްޒަފަކު ވަނީ ކުއްލި ގޮތަކަށް ވަނީ ވަކިކޮށްފައި. ވަކިކުރި މުވައްޒަފުން ތުހުމަތުކުރާ ގޮތުގައި މިއީ ސިޔާސީ ނިންމުމެއް ކަމަށާއި، ވަޒީފާގައި ބޭތިއްބީ ހަމައެކަނި ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މުވައްޒަފުން.

ފެންފުއްޓާ ފަރަށް އެރި "ދެރަހަ" ބޯޓުގެ ފަޅުވެރިން ސަލާމަތްކޮށްފި

މި ހާދިސާ ހިނގާފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ. އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ވަނީ ވަގުތުން އެ ސަރަހައްދަށް ދަތުރުކޮށް، އެހީތެރިކަން ފޯރުކޮށްދޭން ފަށާފަ އެވެ.

ސޯޝަލްމީޑިއާގައި ދަރިވަރަކަށް ބުލީކުރި މައްސަލައެއް ބަލަނީ

މިއީ އިންޓަނެޓު މެދުވެރިކޮށް ބުލީކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރާ ފުރަތަމަ ފަހަރު ކަމަށްވާއިރު، މި މައްސަލަ ބަލަމުންދަނީ ކަމާގުޅުންހުރި އެހެން އިދާރާތަކާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox