އެމްޕީއެލްގެ އާމްދަނީ ބިލިއަނަކާ ގާތްކުރި ނަމަވެސް، ސާފު ފައިދާވީ 60 މިލިއަނެއްހާ ރުފިޔާ

އެމްޕީއެލްއިން ހިންގާ މާލޭ ވިޔަފާރި ބަނދަރުގައި ކޮންޓެއިނަރުތައް ބަހައްޓާފައި: މާލޭ ބަނދަރާއި ހުޅުމާލޭ ބަނދަރާއި ކުޅުދުއްފުށި ޕޯޓު އޮޕަރޭޓުކުރަނީ އެމްޕީއެލްއިން --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އެމްޕީއެލްއިން ހިންގާ މާލޭ ވިޔަފާރި ބަނދަރުގައި ކޮންޓެއިނަރުތައް ބަހައްޓާފައި: މާލޭ ބަނދަރާއި ހުޅުމާލޭ ބަނދަރާއި ކުޅުދުއްފުށި ޕޯޓު އޮޕަރޭޓުކުރަނީ އެމްޕީއެލްއިން --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް މިދިޔަ އަހަރު ލިބުނު އާމްދަނީ އެއް ބިލިއަން ރުފިޔާއާ ގާތްކުރި ނަމަވެސް، ހަރަދުތައް ބޮޑުވުމުގެ ސަބަބުން އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 60 މިލިއަނެއްހާ ރުފިޔާ ކަމަށް މާލީ ރިޕޯޓުތަކުން ދައްކައިފި އެވެ.

މިދިޔަ އަހަރުގެ މާލީ ހިސާބުތަކަށް ބަލާއިރު، އެމްޕީއެލްއަށް އާމްދަނީގެ ގޮތުގައި 949 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރު ލިބުނު 860 މިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރު އަދަދެކެވެ. އާމްދަނީ މި ވަރަށް އިތުރުވީ ނަމަވެސް  އަހަރު ނިމުނުއިރު ސާފު ފައިދާގެ ގޮތުގައި ކުންފުންޏަށް ލިބުނު 59.9 މިލިއަން ރުފިޔާއަކީ އާމްދަނީގެ އެންމެ ހަ ޕަސެންޓެވެ. 

އާމްދަނީއާ އަޅާބަލާއިރު ފައިދާގެ ނިސްބަތް ދަށްވުމުގެ މައިގަނޑު ސަބަބަކީ ކުންފުނީގެ ހިންގުމުގެ ހަރަދުތަކާއި މުވައްޒަފުންނަށް ކުރާ ހަރަދު ބޮޑުވުމެވެ. އެގޮތުން މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް 645 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އިތުރު 242 މިލިއަން ރުފިޔާ އެހެނިހެން ހިންގުމުގެ ހަރަދުތަކަށް ހޭދަކުރި އެވެ.

ކުންފުނީގެ މާލީ ހާލަތަށް ބަލާއިރު، އަހަރު ނިމުނުއިރު އެމްޕީއެލްގެ މުޅި މިލްކިއްޔާތުގެ އަގަކީ 2.3 ބިލިއަން ރުފިޔާ އެވެ. އަދި، ކުންފުނިން އަދާކުރަންޖެހޭ ދަރަންޏާއި ޒިންމާތަކުގެ އަދަދު ވަނީ 1.6 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.

އެމްޕީއެލްއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ މުދާ ބޭލުމާއި ބަރުކުރުމުގެ ހިދުމަތްތަކުންނެވެ. ކުންފުނީގެ ޖުމްލަ އާމްދަނީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ފައިސާ ހިއްސާކުރަނީ މި ހިދުމަތްތަކުން ލިބޭ އާމްދަނީ އެވެ.

ކުންފުނީގެ މުސްތަގުބަލަށް ބަލާއިރު، ތިލަފުށީގައި ތަރައްގީކުރާ އާ ޕޯޓާއެކު އެމްޕީއެލްގެ ވިޔަފާރި ވަރަށް ބޮޑަށް ފުޅާވެގެންދާނެ ކަމަށް ބެލެވެ އެވެ. އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އޮޕަރޭޝަނަށް ގެނައުމަށް އަމާޒު ހިފާފައިވާ މި ޒަމާނީ ބަނދަރާއެކު، ކުންފުނީގެ ހިދުމަތްތައް އަވަސްވެ، އާމްދަނީ މިހާރަށްވުރެ ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް އެ ކުންފުނިން އުންމީދުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް

ނޮވެމްބަރު 9 އިން 30 އަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ބަލިމީހަކަށްވެސް އެކަށީގެންވާ ވަގުތާއި ސަމާލުކަން ދީގެން ފަރުވާ ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މި ޕެކޭޖް ބޭނުންކުރުމުގެ ކުރިން ހަދަންޖެހޭ އިނީޝަލް ކޮންސަލްޓޭޝަނަށް ވަކިން ފީއެއް ނަގާނެއެވެ.

ވިލާ ކޮލެޖުން ކްރިމިނަލް ޖަސްޓިސް ޕްރޮގްރާމް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ޖިނާއީ އަދާލަތުގެ ދާއިރާއިން މީހުން ބިނާކުރުމަށްޓަކައި ތިން އަހަރު ދުވަހުގެ 'ބެޗެލަރ އޮފް ކްރިމިނަލް ޖަސްޓިސް' ޕްރޮގްރާމް އަލަށް ތައާރަފުކޮށްފިއެވެ. އަންނަ ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯހުގައި ކްރިމިނޮލޮޖީއާއި ފޮރެންސިކް ސައިންސް ފަދަ މުހިންމު މާއްދާތައް އަމަލީ ހުނަރާއެކު އުނގަންނައިދޭނެއެވެ.

ބްލޫ މެރީނާ ވިއު: 120 މިލިއަން ރުފިޔާގެ ބޮންޑެއް ހުޅުވާލައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އާރްސީސީން ތަރައްގީކުރާ "ބްލޫ މެރީނާ ވިއު" މަޝްރޫއަށް ބޭނުންވާ 120 މިލިއަން ރުފިޔާ ހޯދުމަށްޓަކައި، 5 އަހަރުގެ މުއްދަތަށް ޚާއްސަ ބޮންޑެއް ވިއްކަން ފަށައިފިއެވެ. އަހަރަކު 8.5 ޕަސެންޓުގެ ފައިދާ ލިބޭ މި ބޮންޑުގައި އިންވެސްޓްކުރުމުގެ ފުރުސަތު އެންމެ ކުޑަވެގެން 10،000 ރުފިޔާއިން ފެށިގެން މިހާރު ވަނީ ހުޅުވާލާފައެވެ.

އައިލެންޑް އޭވިއޭޝަނަށް ކޮވިޑު ފަހުން ފައިދާވެއްޖެ

ކޮވިޑަށްފަހު ޖެހިޖެހިގެން ފަސް އަހަރު ގެއްލުމުގައި ހިންގުމަށްފަހު، މިދިޔަ އަހަރު އައިލެންޑް އޭވިއޭޝަނަށް 181.9 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ވެއްޖެ. ނަމަވެސް ސަރުކާރުން ދިން ގާތްގަނޑަކަށް 400 މިލިއަންގެ އެހީތެރިކަން ނުލައި ހިސާބުކޮށްފި ނަމަ، އެ ކުންފުންޏަށް ޓެކުހުގެ ކުރިން 170 މިލިއަން ރުފިޔާގެ ގެއްލުމެއް ވާނެ ކަމަށް އޮޑިޓުން ދައްކާ.

ކެއާވަން ކްލިނިކަށް ކިމްސްގެ ޑޮކްޓަރުންގެ ޓީމެއް

އިންޑިއާގެ ކިމްސް ހޮސްޕިޓަލުގެ 10 ދާއިރާއަކުން ޚާއްސަ ޑޮކްޓަރުންގެ ޓީމެއް މި މަހު ކެއާވަން ކްލިނިކުގައި ބަލިމީހުން ބެއްލެވުމަށް ވަނީ ހަމަޖެހިފައެވެ. މި ޚިދުމަތްތަކަށް އާސަންދަ އާއި އެކި އިންޝުއަރެންސްތައް މެދުވެރިކޮށް ފަރުވާ ހޯދޭނެ ކަމަށް އެ ކްލިނިކުން ބުނެއެވެ. އެޕޮއިންޓްމަންޓް ހެއްދެވުމަށް 9233335 ނުވަތަ 9233336 ނަންބަރަށް ގުޅުއްވައިގެން ކުރިއަށް ގެންދެވޭނެއެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

Newsletter

Get the latest news delivered straight to your inbox