ކައްދޫ އެއާޕޯޓު ކުންފުންޏަށް 325 މިލިއަންގެ ބޮޑު ގެއްލުމެއް

ކައްދޫ އެއާޕޯޓު: މިއީ 40 އަހަރު ވެފައިވާ އެއާޕޯޓެއް --- ފޮޓޯ: ކައްދޫ އެއާޕޯޓު

ކައްދޫ އެއާޕޯޓު: މިއީ 40 އަހަރު ވެފައިވާ އެއާޕޯޓެއް --- ފޮޓޯ: ކައްދޫ އެއާޕޯޓު

ރާއްޖޭގެ އެންމެ ދުވަސްވީ އެއާޕޯޓުތަކުގެ ތެރޭގައި ހިމެނޭ ލ. ކައްދޫ އެއާޕޯޓު ހިންގާ ކައްދޫ އެއާޕޯޓްސް ކުންފުންޏަށް މިދިޔަ އަހަރު ލިބުނު 29.5 މިލިއަން ރުފިޔާގެ ގެއްލުމާއެކީ، އެ ކުންފުނީގެ ޖުމްލަ ގެއްލުމުގެ އަދަދު 325.1 މިލިއަން ރުފިޔާއަށް އަރައިފި އެވެ. 

އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ ކައްދޫ އެއާޕޯޓު ކުންފުނީގެ ނިމުނު އަހަރުގެ މާލީ ރިޕޯޓުން ދައްކާ ގޮތުގައި، މިދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ  11 މިލިއަން ރުފިޔާ އެވެ. ނަމަވެސް އެއާޕޯޓް ހިންގުމުގެ ހަރަދުތަކާއި އެހެނިހެން ހަރަދުތަކަށް 38.7 މިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ. 

އެ ކުންފުނިން އެންމެ ބޮޑު ހަރަދެއް ހިނގާފައި ވަނީ މުވައްޒަފުންނަށް މުސާރަތާކާއި އެލަވަންސްތައް ދިނުމަށެވެ. މިދިޔަ އަހަރު އެ ކުންފުނިން ވަނީ މުވައްޒަފުންނަށް 26.9 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. 

ކައްދޫ އެއާޕޯޓަކީ ސިފައިންގެ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ތަނެއް ނަމަވެސް، އާންމު ދަތުރުފަތުރުތައް ވެސް ގަވާއިދުން ކުރާ އެއާޕޯޓެކެވެ. ސަރުކާރުން ވަނީ  ވަނީ މި އެއާޕޯޓް ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކުރުމަށް ނިންމައި، އެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ހަވާލުކޮށްފަ އެވެ.

އޮޑިޓުން ހާމަވީ އަނެއް ކަމަކީ މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ފިނޭންސް މިިނިސްޓްރީގެ އެންގުމެއްގެ ދަށުން، ކައްދޫ އެއާޕޯޓު ކުންފުނީގެ ހުރިހާ މުަދަލަކާއި ދަރަންޏެއް، ރީޖަނަލް އެއާޕޯޓްސް ކުންފުނި (އާރުއޭސީއެލް) އަށް ބަދަލުކުރަން ނިންމާފައިވާ ކަމެވެ. އެއީ 2024 ވަނަ އަހަރުގެ ނިޔަލަށް އެ ކުންފުނީގެ މާލީ ބާޔަންތަކުގެ މައްޗަށް ބިނާކޮށެވެ. 

އާރުއޭސީއެލްއަކީ މި ސަރުކާރުން އުވާލަން ނިންމާފައިވާ ކުންފުނިތަކުގެ ލިސްޓުގައި ހިމެނޭ ކުންފުންޏެކެވެ. އެ ގޮތުން މިދިޔަ އަހަރުގެ ތެރޭގައި އެ ކުންފުނީގެ ދަށުގައި ހުރި ހުރިހާ އެއާޕޯޓުތަކާއި އެހެން މުދަލާއި ހިދުމަތް ދިނުމާ އެމްއޭސީއެލްއިން ވަނީ ހަވާލުވެފަ އެވެ. 

ކައްދޫ އެއާޕޯޓަކީ ރާއްޖޭގައި ހިންގަމުންދާ ގެއްލުންވާ ގިނަ އެއާޕޯޓުތަކުގެ ތެރެއިން އެއް އެއާޕޯޓެވެ. މިފަދަ އެއާޕޯޓުތަކަށް ދިމާވެފައިވާ މާލީ މައްސަލަތަކަށް ދާއިމީ ހައްލެއް ނުހޯދި އޮތް ނަމަވެސް، ސަރުކާރުން ދަނީ އިތުރު އެއާޕޯޓުތައް ބިނާކުރަން ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންނެވެ.

މިގޮތުން މިހާރުވެސް 16 ވަރަކަށް އެއާޕޯޓެއްގެ މަސައްކަތް އެކި މަރުހަލާތަކުގައި އެބަ ކުރިއަށްދެ އެވެ. މީގެ ތެރެއިން ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ހުއްޓިފައި އޮތް ނަމަވެސް، ބައެއް ރަށްރަށުގެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ވަނީ ނިމިފަ އެވެ.

އިގްތިސާދީ މާހިރުން ފާހަގަކުރާ ގޮތުގައި، މިހާރު ހުރި އެއާޕޯޓުތަކުން ލިބޭ ގެއްލުން ބޮޑުވަމުންދާއިރު، އިތުރު އެއާޕޯޓުތައް އެޅުމަކީ ދައުލަތުގެ ބަޖެޓަށް އިތުރު ބުރައަކަށް ވެގެންދާނެ ކަމެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް

ނޮވެމްބަރު 9 އިން 30 އަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ބަލިމީހަކަށްވެސް އެކަށީގެންވާ ވަގުތާއި ސަމާލުކަން ދީގެން ފަރުވާ ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މި ޕެކޭޖް ބޭނުންކުރުމުގެ ކުރިން ހަދަންޖެހޭ އިނީޝަލް ކޮންސަލްޓޭޝަނަށް ވަކިން ފީއެއް ނަގާނެއެވެ.

ވިލާ ކޮލެޖުން ކްރިމިނަލް ޖަސްޓިސް ޕްރޮގްރާމް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ޖިނާއީ އަދާލަތުގެ ދާއިރާއިން މީހުން ބިނާކުރުމަށްޓަކައި ތިން އަހަރު ދުވަހުގެ 'ބެޗެލަރ އޮފް ކްރިމިނަލް ޖަސްޓިސް' ޕްރޮގްރާމް އަލަށް ތައާރަފުކޮށްފިއެވެ. އަންނަ ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯހުގައި ކްރިމިނޮލޮޖީއާއި ފޮރެންސިކް ސައިންސް ފަދަ މުހިންމު މާއްދާތައް އަމަލީ ހުނަރާއެކު އުނގަންނައިދޭނެއެވެ.

ބްލޫ މެރީނާ ވިއު: 120 މިލިއަން ރުފިޔާގެ ބޮންޑެއް ހުޅުވާލައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އާރްސީސީން ތަރައްގީކުރާ "ބްލޫ މެރީނާ ވިއު" މަޝްރޫއަށް ބޭނުންވާ 120 މިލިއަން ރުފިޔާ ހޯދުމަށްޓަކައި، 5 އަހަރުގެ މުއްދަތަށް ޚާއްސަ ބޮންޑެއް ވިއްކަން ފަށައިފިއެވެ. އަހަރަކު 8.5 ޕަސެންޓުގެ ފައިދާ ލިބޭ މި ބޮންޑުގައި އިންވެސްޓްކުރުމުގެ ފުރުސަތު އެންމެ ކުޑަވެގެން 10،000 ރުފިޔާއިން ފެށިގެން މިހާރު ވަނީ ހުޅުވާލާފައެވެ.

އައިލެންޑް އޭވިއޭޝަނަށް ކޮވިޑު ފަހުން ފައިދާވެއްޖެ

ކޮވިޑަށްފަހު ޖެހިޖެހިގެން ފަސް އަހަރު ގެއްލުމުގައި ހިންގުމަށްފަހު، މިދިޔަ އަހަރު އައިލެންޑް އޭވިއޭޝަނަށް 181.9 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ވެއްޖެ. ނަމަވެސް ސަރުކާރުން ދިން ގާތްގަނޑަކަށް 400 މިލިއަންގެ އެހީތެރިކަން ނުލައި ހިސާބުކޮށްފި ނަމަ، އެ ކުންފުންޏަށް ޓެކުހުގެ ކުރިން 170 މިލިއަން ރުފިޔާގެ ގެއްލުމެއް ވާނެ ކަމަށް އޮޑިޓުން ދައްކާ.

ކެއާވަން ކްލިނިކަށް ކިމްސްގެ ޑޮކްޓަރުންގެ ޓީމެއް

އިންޑިއާގެ ކިމްސް ހޮސްޕިޓަލުގެ 10 ދާއިރާއަކުން ޚާއްސަ ޑޮކްޓަރުންގެ ޓީމެއް މި މަހު ކެއާވަން ކްލިނިކުގައި ބަލިމީހުން ބެއްލެވުމަށް ވަނީ ހަމަޖެހިފައެވެ. މި ޚިދުމަތްތަކަށް އާސަންދަ އާއި އެކި އިންޝުއަރެންސްތައް މެދުވެރިކޮށް ފަރުވާ ހޯދޭނެ ކަމަށް އެ ކްލިނިކުން ބުނެއެވެ. އެޕޮއިންޓްމަންޓް ހެއްދެވުމަށް 9233335 ނުވަތަ 9233336 ނަންބަރަށް ގުޅުއްވައިގެން ކުރިއަށް ގެންދެވޭނެއެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

Newsletter

Get the latest news delivered straight to your inbox