ފިޓްނަސް ރަނގަޅުނަމަ ވައިނަލްޑަމް އަށް ޗެލްސީން ކުރު ކޮންޓްރެކްޓެއް ދީފާނެ

Sep 4, 2026, 6:51 PM
ސައުދީ ލީގުގެ މިދިޔަ ސީޒަނުގެ މެޗެއްގެ ތެރެއިން ވައިނަލްޑަމް

ސައުދީ ލީގުގެ މިދިޔަ ސީޒަނުގެ މެޗެއްގެ ތެރެއިން ވައިނަލްޑަމް

ލަންޑަން (ސެޕްޓެމްބަރު 4) - މި ވަގުތު އެއްވެސް ޓީމަކާ ނުގުޅި ހުރި ނެދަލެންޑްސްގެ މިޑްފީލްްޑަރު، ޖިއޮޖީނިއޯ ވައިނަލްޑަމް އަށް ޗެލްސީން ކުރު ކޮންޓްރެކްޓެއް ދިނުމާ މެދު ވިސްނަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. 

ޓްރާންސްފާ މާކެޓްގެ ފަހު ދުވަހު، ޗެލްސީން ވަނީ ބޮުޑު އަގުގައި އެންޒޯ ފެނާންޑޭޒް، މެންޗެސްޓާ ސިޓީ އަށް ވިއްކާލައިފަ އެވެ. އެ މަގާމަށް ޗެލްސީން ގެންނަން މަސައްކަތްކުރީ، ރޯމާގެ މަނޫ ކޯނޭ ނޫނީ މޮނާކޯގެ ލަމީން ކަމަރާ އެވެ. މީގެ ތެރެއިން، ކަމަރާ ގަންނަން 55 މިލިއަން ޑޮލަރުގެ ފީއެއް މޮނާކޯއާ އެކު އެއްބަސްވި ނަަމަވެސް ފަހު ވަގުތު އެ ޑީލް ވީ ކެންސަލް އެވެ. 

ޗެލްސީ އަށް އެންޒޯ ދިޔަތަނަށް މިޑްފީލްޑަރެއް ހޯދުން މަޖުބޫރުވެފައިވާއިރު، ގަވާއިދުގެ ތެރެެއިން މި ވަގުތު އެ ޓީމަށް ގެނެވެން އޮތީ ކްލަބަކާ ނުގުޅި ހުރި ކުޅުންތެރިއެކެވެ. އެ ގޮތުން، މިދިޔަ ޖޫން މަހު، ސައުދީ ޕްރޯ ލީގުގެ ކްލަބް، އަލް އިއްތިފާގް ދޫކޮށްލައި، އެއްވެސް ޓީމަކާ ނުގުޅި ހުރި ވައިނަލްޑަމްއާ ޗެލްސީން ވާހަކަ ދައްކަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ. 

ކުރިން ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލަށް ކުޅުނު ވައިނަލްޑަމް ވަރަށް އަވަހަށް ޗެލްސީގެ ޓީމާ އެކު، ޓްރެއިނިންތަކުގައި ބައިވެރިވާނެ ކަމަށް ނެދަލެންޑްސްގެ މީޑިއާތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ. އަަދި، ޓްރެއިނިންގައި އޭނާގެ ފިޓްނަސް ރަނގަޅުނަމަ، ޗެލްސީގެ ކޯޗު، ޒަބީ އަލޮންސޯގެ ލަފާގެ މަތިން އޭނާ އަށް ހަ މަސް. ނޫނީ އެއް އަހަރުގެ ކޮންޓްރެކްޓެއް ދިނުމުގެ ފުރުސަތު އެބައޮތެވެ. 

ފެޔަނޫޑުން ސީނިއާ ފުޓްބޯޅަ ކެރިއަރު ފެށި ވައިނަލްޑަމް ވަނީ ނެދަލެންޑްސްގެ ޕީއެސްވީ އަައިންދޯވަން އަށް ވެސް ކުޅެފަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފުރަތަމަ ވައިނަލްޑަމް ފެނުނީ ނިއުކާސަލް އިންނެވެ. ލިވަޕޫލަށް 2016 ވަނަ އަހަރު ބަދަލުވެ، ފަސް އަހަރު އެ ޓީމަށް ކުޅުމަށް ފަހު، 2021 ވަނަ އަހަރު އެ ޓީމު ދޫކޮށް ބަދަލުވީ ޕީއެސްޖީއާ އެވެ. އެ ޓީމުގައި ދެ އަހަރު ހޭދަކުރިއިރު، އެއް ސީޒަނުގައި ލޯނަކަށް އިޓަލީގެ ރޯމާ އަށް ކުޅުނެވެ. 

އަލް އިއްތިފާގަށް 2023 ވަނަ އަހަރު ބަދަލުވުމަށް ފަހު، މިދިޔަ ޖޫން މަހާ ހަމައަށް އެ ޓީމަށް ކުޅެފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox