ވައިނަލްޑަމް ލޯން އެއްބަސްވުމެއްގެ ދަށުން ރޯމާ އަށް

Aug 6, 2022, 8:48 AM
ވައިނަލްޑަމް ލޯން އެއްބަސްވުމެއްގެ ދަށުން ރޯމާ އަށް

ރޯމް (އޮގަސްޓް 6) - ޕީއެސްޖީ އަށް ކުޅެމުންދިޔަ ނެދަލޭންޑްސްގެ މިޑްފީލްޑަރު ޖޯޖީނިއޯ ވައިނަލްޑަމް ލޯނު އެއްބަސްވުމުގެ ދަށުން އޭއެސް ރޯމާ އަށް ބަދަލުވެއްޖެ އެވެ.

ލިވަޕޫލްގައި ފަސް އަހަރު ހޭދަކުރުމަށް ފަހު ވައިނަލްޑަމް ،31، ޕީއެސްޖީ އަށް ބަދަލުވީ މިދިޔަ ސީޒަންގަ އެވެ. އެކަމަކު، ލިވަޕޫލްގައި ދެއްކި ފޯމެއް، ޕީއެސްޖީގައި ވައިނަލްޑަމްގެ ފަރާތުން ނުފެނުނެވެ. ފްރެންޗް ލީގުގެ ސަޕޯޓަރުންގެ ޕޯލް އަކުން ނެގި އެންމެ ދަށް ކުޅުންތެރިންގެ ތެރޭގައި ވައިނަލްޑަމް ހިމެނުނެވެ.

މިދިޔަ ސީޒަންގެ ފްރާންސް ލީގުގައި ޕީއެސްޖީގެ ފުރަތަމަ 11 އިން ވައިނަލްޑަމް އަށް ޖާގަ ލިބުނީ 18 ފަހަރެވެ. އަދި ޗެމްޕިއަންސް ލީގުގައި ފުރަތަމަ 11 އަށް އެރީ ތިން މެޗުގަ އެވެ.

ވައިނަލްޑަމް ރޯމާގެ ހެޑްކުއާޓަރުގައި އެ ކްލަބްގެ ޖޯޒީ ހިފައިގެން.--- ފޮޓޯ: ގެޓީއިމޭޖަސް

"ވަރަށް އުފާވެއްޖެ ރޯމާ އަށް އާދެވުނީމަ. އަހަރެން މި ޓީމަށް 100 ޕަސެންޓް ދޭނަން. އަދި ޓީމުގެ ޓާގެޓްތައް ހާސިލްކުރުމަށް އަހަންނަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން،" ވައިނަލްޑަމް ބުންޏެވެ.

ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން އާ ސީޒަނަށް ތައްޔާރުވަމުންދާ ރޯމާ އިން ދަނީ ސްކޮޑް ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މެންޗެސްޓާ ޔުނައިޓަޑްގައި ހުރި ސާބިއާގެ މިޑްފީލްޑަރު ނެމަންޖާ ވިޑިޗާއި ޔުވެންޓަސް އަށް ކުޅެމުންދިޔަ އާޖެންޓީނާގެ މިޑްފީލްޑަރު ޕައުލޯ ޑިބާލާ ވެސް ވަނީ ރޯމާ އަށް ބަދަލުވެފަ އެވެ.

މީގެ އިތުރުން، ޓޯރީނޯ އަށް ކުޅެމުންދިޔަ އިޓަލީގެ ފޯވަޑް އަންދްރެއާ ބެލޮޓީ ގެންދަން ވެސް އެ ކްލަބުން މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.

ރޯމާގައި ހޭދަކުރި ފުރަތަަަމަ ސީޒަނުގައި މޮރީނިއޯ ވަނީ އެ ޓީމަށް ޔުއެފާ ކޮންފަރެންސް ލީގުގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ. މިދިޔަ ސީޒަނުގައި އިޓާލިއަން ލީގުގެ ގަދަ ހަތަރަކުން ފުރުސަތު ނުލިބުމުން މޮރީނިއޯ ވަނީ މި ފަހަރު އެންމެ ފުރަތަމަ ޓާގެޓަކީ ގަދަ ހަތަރެއް ކަމަށް ކަނޑައަޅައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox