ސަންޗޯ އެންމެ ފަހުން ބްރެޒިލް ލީގަށް ދާން ތައްޔާރުވެއްޖެ

Sep 2, 2026, 11:07 AM
އެސްޓަން ވިލާ މެޗެއްގެ ތެރެއިން ސަންޗޯ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

އެސްޓަން ވިލާ މެޗެއްގެ ތެރެއިން ސަންޗޯ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (ސެޕްޓެމްބަރު 2) - އިނގިރޭސި ޕްރިމިއާ ލީގުގެ ގިނަ ކްލަބްތަކަކުން މިދިޔަ އަހަރުތަކުގައި ފެނުނު ވިންގް، ޖޭޑަން ސަންޗޯ، ބްރެޒިލް ލީގުގެ ޕަލްމެއިރާސް އަށް ބަދަލުވާން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. 

އުމުރުން 26 އަހަރުގެ ސަންޗޯ، މެންޗެސްޓާ ޔުނައިޓެޑާ އެކު، ހަދާފައިވާ އެއްބަސްވުން ޖުލައި 1 ވަނަ ދުވަހަށް ހަމަވުމުން، މި ވަގުތު އޭނާ ހުރީ އެއްވެސް ކްލަބެއްގެ ކޮންޓްރެކްޓެއްގައެއް ނޫނެވެ. ބޮޑު އަގުގައި ޑޯޓްމަންޑުން މެންޗެސްޓާ ޔުނައިޓެޑަށް ސަންޗޯ ބަދަލުވީ 2021 ވަނަ އަހަރުގަ އެވެ. އޭރު ޔުނައިޓެޑުން ސަންޗޯ ގަތީ ޖުމްލަ އެެކު، 103 މިލިއަން ޑޮލަރު ދައްކައިފަ އެވެ. އެކަމަކު، އެ ޓީމުގައި އެންމެ ރަނގަޅު ކުޅުމެއް ނުދެއްކި ފަސް އަހަރު ތެރޭ ލޯން އެއްބަސްވުމެއްގައި ތަފާތު ތިން ކްލަބަކަށް ވަނީ ކުޅެފަ އެވެ. އެއީ، ކުރީގެ ކްލަބް، ޑޯޓްމަންޑްގެ އިތުރުން، ޗެލްސީ އާއި އެސްޓަން ވިލާގަ އެވެ. 

ލޯން އެއްބަސްވުމެއްގެ ދަށުން ކުުޅުނުއިރު، ޑޯޓްމަންޑާ އެކު، ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅުނުއިރު، ޗެލްސީއާ އެކު ކޮންފަރެންސް ލީގުގެ ތަށި ހޯދި އެވެ. އަދި، މިދިޔަ ސީޒަނުގައި އެސްޓަން ވިލާއާ އެކު، ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދި އެވެ. ޔުނައިޓެޑާ އެކު، އެފްއޭ ކަޕާއި ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދި ސަންޗޯ އަލުން ގެންދަން ޑޯޓްމަންޑުން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް، މުސާރަައިގެ ކަންތައްތަކާ ހެދި އެ ޑީލް ކުރިއަށްނުދިޔަ އެވެ. 

ޕަލްމެއިރާސް އިން ސަންޗޯ ގަންނަނީ ދެ އަހަރުގެ ޑީލެއްގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި، ޕަލްމެއިރާސްއާ އެކު ސޮއިކުރާ އެ އެއްބަސްވުމުގައި ހިމަނާ ބައެއް މާއްދާތައް ފުރިހަމަވެއްޖެނަމަ، އިތުރު އެއް އަހަރަށް ކޮންޓްރެކްޓް އާ ކުރެވޭ ގޮތަށް ވެސް ވަނީ ހިމަނައިފަ އެވެ. 

މި ފަހަރުގެ ޓްރާންސްފާގައި ސަންޗޯގެ ސޮއި ހޯދަން އެތުލެޓިކޯ މެޑްރިޑުން ވެސް މަސައްކަތްކުރި އެެވެ. އެކަމަކު، ފަހުން އެ ކްލަބުން ނިންމީ ޕީއެސްޖީ އަށް ކުޅޭ ދެކުނު ކޮރެއާގެ ލީ ކަންގް އިން ގަންނާށެވެ. މިހާރު އެ ޓީމުން ވަނީ އެ ޑީލް ނިންމައިފަ އެވެ. 

ގަތަރުގެ އަލް ރައްޔާނުން ވަނީ ސަންޗޯ އަށް ރަނގަޅު މުސާރައެއް ލިބޭ ގޮތަށް ބޮޑު ކޮންޓްރެކްޓެއް ދޭން ނިންމައިފަ އެވެ. އެކަމަކު، ސަންޗޯ އެ ޑީލަކަށް ނޫނެކޭ ބުނެ، މިހާރު މި ވަނީ ބްރެޒިލް ލީގަށް ދާން ނިންމައިފަ އެވެ. ސަންޗޯ އަށް އިޓަލީގެ ބައެއް ޓީމުތަކުގެ އޮފާތަކެއް ވެސް ލިބިފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox