ލޭގެ ޕްރެޝަރު ދަށްކުރުމަށް ކުރެވިދާނެ ހަ ކަމެއް

Aug 30, 2026, 6:38 AM
ފޮޓޯ: ހާވާޑް ހެލްތު

ފޮޓޯ: ހާވާޑް ހެލްތު

ލޭގެ ޕްރެޝަރު 130/80 ގެ މިންގަނޑުގައި ހުރި ނަމަ، އެ މިންގަނޑު ދަށްކުރުމަކީ ހާޓް އެޓޭކާއި، ވާގިނެތުމާއި، ކިޑްނީގެ ބަލިތަކާއި، ލޮލުގެ ބަލިތަކުގެ އިތުރުން ހަނދާން ބަލިވުމުން ވެސް ރައްކާތެރިކޮށްދޭނެ ކަމެކެވެ. ލޭގެ ޕްރެޝަރު މަތިވުމަކީ ސީރިއަސް ކަމެއްގެ ގޮތުގައި ދެކި، ދިރިއުޅުމުގެ އާދަކާދަތަކަށް ބަދަލު ގެނެސްގެން އެ މިންގަނޑު ދަށްކުރެވޭނެ އެވެ. 

ނަމަވެސް، މިފަދަ ބަދަލުތައް ގެނައުމަކީ ގޮންޖެހުން ބޮޑު ކަމަކަށް ވެދާނެ އެވެ. ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމުގެ އަޒުމުގައި ހެނދުނު ހޭލާ މީހަކު، އޮފީހުގައި ހުންނަ ކުކީޒްގެ ސަބަބުން ނުވަތަ ރައްޓެހިންނާއެކު ބޭރަށް ކާންދާ ދިއުމެއްގެ ސަބަބުން އެ އަޒުމް ގުޑައިގެންދާ ފަހަރު މަދެއް ނޫނެވެ.

ކުދިކުދި ބަދަލުތަކުން ލޭގެ ޕްރެޝަރު ދަށްކުރުމަށް މުޅި ދިރިއުޅުން އެކަމަށް ހުސްކުރާކަށް ނުޖެހެ އެވެ. ލޭގެ ޕްރެޝަރު އާންމު މިންގަނޑަކަށް ގެނައުމަށްޓަކައި ކުރެވިދާނެ ހަ ކަމެއް ތިރީގައި އެވަނީ އެވެ.

Advertisement

1. ބަރުދަން ލުއިކުރުން

ސިއްހަތަށް ކުރެވޭނެ އެންމެ ފައިދާހުރި އެއް ކަމަކީ ބަރުދަން ލުއިކުރުމެވެ. މީގެ މާނައަކީ ބޮޑު މިންވަރަކަށް ބަރުދަން ލުއިކުރަން ޖެހުމެއް ނޫނެވެ. އެންމެ ދެ ކިލޯ އާއޮ ހަތަރު ކިލޯއާ ދެމެދުގެ މިންވަރެއް ލުއިކޮށްލުމުން ވެސް ލޭގެ ޕްރެޝަރަށް ހެޔޮ ބަދަލެއް އަންނާނެ އެވެ.

2. ލޭބަލްތައް ކިޔުން

ކާނާގެ ތެރޭގައި ސޯޑިއަމް ނުވަތަ ލޮނު ބޭނުންކުރާ މިންވަރު އާދަޔާ ހިލާފަށް ބައެއް ފަހަރު ގިނަ އެވެ. ލޭގެ ޕްރެޝަރު މަތި މީހަކަށް ދުވާލަކު ބޭނުންކުރުމަށް ލަފާދެނީ 1,500 މިލިގްރާމްގެ ސޯޑިއަމް ނަމަވެސް، ގިނަ މީހުން އޭގެ ތިންގުނަ އިތުރަށް ބޭނުންކުރެ އެވެ. ދުވާލަކަށް ކަނޑައެޅިފައިވާ 1,500 މިލިގްރާމްގެ މިންގަނޑަށް ހަމަވުމަށް ބޭނުންވަނީ އެންމެ ސައިސަމުސަލެއްގެ ހަތަރުބައިކުޅަ ތިންބައިގެ ލޮނެވެ. ކާނާ ގަންނައިރު އޭގައި ހުންނަ ސޯޑިއަމްގެ މިންވަރު ބެލުމަކީ މުހިންމު ކަމެކެވެ. އަމިއްލައަށް ކާނާ ތައްޔާރުކުރާ މީހަކަށް ނޫނީ، ލޭބަލް ނުކިޔައި ސޯޑިއަމް މަދުކުރުމަކީ އުނދަގޫ ކަމެކެވެ. ހާއްސަކޮށް ގިނަ އަދަދަކަށް ސޯޑިއަމް އެކުލެވޭ ހަ ބާވަތަށް ސަމާލުވާންޖެހެ އެވެ. އެއީ ޕާނާއި ރޯލްސް، ކޯލްޑް ކަޓް މީޓްސް އަދި ޕްރޮސެސްކޮށްފައިވާ މަސް، ޕިއްޒާ، ކުކުޅު މަސް، ސޫޕް، ސޭންޑްވިޗް އެވެ.

3. ހަރަކާތްތެރިވެ އުޅުން

ސިއްހަތަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި މާ ގިނަ ވަގުތު ކަސްރަތު ކުރާކަށް ނުޖެހެ އެވެ. ހަފުތާއަކު މަދުވެގެން ފަސް ދުވަހު، ދުވާލަކު ބައިގަޑިއިރު ކަސްރަތު ކުރުމަށް އަމާޒު ހިފާށެވެ. އަދި އެއީ ތިމާ ކުރާހިތްވާ ކަމަކަށް ހަދަންވާނެ އެވެ. އެއީ ނެށުން ކަމުގައި ވިޔަސް، ބައިސްކަލް ދުއްވުން ކަމުގައި ވިޔަސް ނުވަތަ ރަހުމަތްތެރިއަކާއެކު ބާރަށް ހިނގާލުން ކަމުގައި ވިޔަސް ރަނގަޅެވެ. ގަސް އިންދުން ފަދަ ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކަކީ ވެސް މީގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

4. ރެސިސްޓަންސް ޓްރެއިނިން ފަދަ ކަސްރަތު

ބަރުދަން ލުއިކުރުމަށާއި ދުޅަހެޔޮކޮށް ހުރުމަށްޓަކައި، ކަސްރަތު ކުރާއިރު "ރެސިސްޓަންސް ޓްރެއިނިން" ހިމަނާށެވެ. އުމުރުން ދުވަސްވާ ވަރަކަށް ހަށިގަނޑުގެ މަސްތަކުގެ ބާރު ދަށްވަމުންދާއިރު، މިފަދަ ކަސްރަތަކީ ގިނަ ފަހަރަށް، ހާއްސަކޮށް އަންހެނުންނަށް، ކަސްރަތު ޕްލޭންގައި ހިމަނަން ހަނދާން ނެތޭ ކަމެކެވެ.

5. ބޭނުންކުރާ ބުއިންތަކަށް ސަމާލުވުން

މާ ގިނައިން އަދި އަބަދު ބުއިންތައް ބޭނުންކުރުމަކީ ލޭގެ ޕްރެޝަރު މަތިވާ ކަމެކެވެ. އެހެންކަމުން، މިފަދަ ކަންކަމުގައި މެދުމިންގަނޑެއް ގެންގުޅުމަކީ މުހިންމު ކަމެކެވެ.

6. ނަފްސާނީ ދުޅަހެޔޮކަމަށް ވަގުތު ހުސްކުރުން

ސްޓްރެސްގެ ސަބަބުން އުފެދޭ ހޯމޯންތަކުން ލޭހިނގާ ނާރުތައް ހަނިވެ، ވަގުތީ ގޮތުން ލޭގެ ޕްރެޝަރު މަތިވެ އެވެ. މީގެ އިތުރުން، ގިނަ ދުވަސްވުމުން ސްޓްރެސްގެ ސަބަބުން ސިއްހަތަށް ގެއްލުންހުރި އާދަތަކަށް މަގުފަހިވެ އެވެ. މީގެ ތެރޭގައި މާ ގިނައިން ކެއުމާއި، ނިދި މަދުވުމާއި، މަސްތުވާތަކެއްޗަށް ދެވިހިފުން ހިމެނެ އެވެ. އެހެންކަމުން، ލޭގެ ޕްރެޝަރު ދަށްކުރަން ބޭނުންވާ ނަމަ، ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުން މުހިއްމެވެ.

މައުލޫމާތު: ހާވާޑް ހެލްތު

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox