ފަލަވުމާއި ލޭގެ ޕްރެޝަރު މަތިވުމުން ޑިމެންޝިއާގެ ނުރައްކާ ބޮޑު

Jan 28, 2026, 3:18 AM
ފަލަވުމާއި ލޭގެ ޕްރެޝަރު މަތިވުމުން ޑިމެންޝިއާގެ ނުރައްކާ ބޮޑު

މީހާގެ ބަރުދަން އާންމުކޮށް ހުންނަން ޖެހޭ މިންވަރަށް ވުރެ ހަށިގަނޑު ބަރުވެ ލޭގެ ޕްރެޝަރު މަތިވާ މީހުންނަށް ޑިމެންޝިއާ ބަލި ޖެހުމުގެ ނުރައްކާ ވަރަށް ބޮޑު ކަމަށް ސައެންޓިފިކް ދިރާސާއަކުން ދައްކައިފިއެވެ. ދަ ޖާނަލް އޮފް ކްލިނިކަލް އެންޑޮކްރިނޮލޮޖީ އެންޑް މެޓަބޮލިޒަމްގައި ޝާއިއުކޮށްފައިވާ ރިޕޯޓްގައި ބުނެފައިވާ ގޮތުން ޑިމެންޝިއާއަކީ އާންމު ސިއްހަތުގެ ދާއިރާއިން މިހާރު އެންމެ ނުރައްކާތެރި ދަރަޖައަކަށް ފެތުރެމުން އަންނަ، އަދި މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާ ބައްޔެކެވެ.

ޑިމެންޝިއާ (dementia) އަކީ މީހާގެ ހަނދާނާއި ވިސްނުން އަދި ދިރިއުޅުމުގައި ކޮންމެ ދުވަހަކު ކުރަންޖެހޭ ކަންތައް ކުރުމުގެ ގާބިލްކަމަށް ނޭދެވޭ އަސަރުތަކެއް ކުރުވާ ބަލިތަކަކަށް ކިޔާ ނަމެކެވެ. ހަނދާންކުރުމަށާއި، ވިސްނުމަށާއި، އަދި އާންމު ދިރިއުޅުމުގައި ގޮތް ނިންމުމަށް ދަތިވާ ހާލަތު މެދުވެރިވުމަށް ޑިމެންޝިއާ ކިޔައެވެ. މިއީ އުމުރުން ދުވަސްވާ ވަރަކަށް ގޯސްވެދާނެ ހާލަތެކެވެ.

ސައެންސްވެރިން ބުނާ ގޮތުގައި ޑިމެންޝިއާއަކީ ހަމަ އެންމެ ބައްޔެއް ނޫނެވެ. އެއީ ސިކުނޑިއަށް ކުރިމަތިވާ ނުރަނގަޅު އެތައް ހާލަތަކަށް ނުވަތަ ނަފްސާނީ އެތައް ބަލިތަކަކަށް ކިޔާ ނަމެކެވެ. އޭގެ ތެރެއިން އެންމެ އާންމު ހާލަތްތަކަކީ ހަނދާން ބަލިވުން (Alzheimer)، ވެސްކިޔުލަރ ޑިމެންޝިއާ (vascular dementia) އަދި މިކްސްޑް ޑިމެންޝިއާ (mixed dementia) އެވެ.

މީގެ ތެރެއިން ވެސްކިޔުލާ ޑިމެންޝިއާ ކުރިމަތިވަނީ ސިކުނޑީގެ ލޭހޮޅިތައް ބެދުމުން ނުވަތަ ސިކުނޑީގައި ލޭހޮޅިއަކުން ލޮލަށް ނުފެންނަށް ވަރަށް ކުޑަކޮށް ލޭފޭބުމުން ނޫނީ ލޭ ބޭރުވެ ލީކުވުމުންނެވެ. މިކްސްޑް ޑިމެންޝިއާއަކީ، ޑިމެންޝިއާގެ ތަފާތު ވައްތަރުތައް އެއްވުމުން ތަހައްމަލުކުރަންޖެހޭ ޑިމެންޝިއާ އެވެ.

މި ތިން ހާލަތަކީ ވެސް، ސިކުނޑީގެ ނާރު ސެލްތައް ހަލާކުވާ ހާލަތްތަކެވެ. އަދި މި ހާލަތުގައި ގިނަ ދުވަސް ވަމުންދާ ވަރަކަށް އެމީހެއްގެ ކިބައިން ބަލީގެ އަލާމާތްތައް ފެންނަ މިންވަރު އިތުރުވެއެވެ. އަދި ބަލީގެ ހާލަތު ގޯސްވަމުންދާ ވަރަކަށް، ހަނދާން ބަލިވުމާއި، ވާހަކަ ދައްކައި މުއާމަލާތު ކުރަން އުނދަގޫވުމާއި މައްސަލަ ހައްލުކުރަން ދަތިވުން ފަދަ ކަންތައް މެދުވެރިވެއެވެ. އަދި ބައެއް ހާލަތުގައި މީހާގެ ސުލޫކަށް ވެސް ބަދަލުތައް އާދެއެވެ.

މި ދިރާސާގައި ބައިވެރިކުރި ނަފްސާނީ ބަލި މީހުންގެ މައުލޫމާތުތައް ދިރާސާކުރުމަށް ފަހު، ސައެންސްވެރިން ބުނެފައިވަނީ ޑިމެންޝިއާ ޖައްސާ ސީދާ ސަބަބަކީ، މީހާގެ އިސްކޮޅާ އަޅައި ބަލާއިރު ބަރުދަން އިތުރުވުމާއި، ލޭގެ ޕްރެޝަރު މަތިވުމެވެ. އެހެންކަމުން ޑިމެންޝިއާގެ އަލާމާތްތައް ފައުޅުވާ މީހުންނަށް އެންމެ ފުރަތަމަ ދޭންޖެހޭ ފަރުވާއަކީ، އެމީހުންގެ ހަށިގަނޑުގެ ބަރުދަން ލުއިކުރުމާއެކު، ލޭގެ ޕްރެޝަރު ދަށް ކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox