ފްލައިޓެއްގައި އެތެރެވި މަދިރިން މެލޭރިއާ ޖެހި ދެ މަރު
ޖަރުމަނުގެ ފްރޭންކްފާޓް އެއާޕޯޓަށް މަތިންދާބޯޓެއްގައި އެތެރެވި މަދިރިތަކެއްގެ ޒަރީއާއިން މެލޭރިއާ ޖެހިގެން އެތަނުގެ ދެ މުވައްޒަފަކު މަރުވެއްޖެއެވެ. މި ބަލި އެއާޕޯޓުގެ ހަ މުވައްޒަފަކަށް ޖެހިފައިވާއިރު، މިއީ ބޭރަށް ދަތުރުނުކުރާ ބައެއްގެ ފަރާތުން މި ބަލި ފެނުނު މަދު ފަހަރުތަކުގެ ތެރެއިން ފަހަރެކެވެ. މި ހާދިސާއާ ގުޅިގެން އެއާޕޯޓުގައި މަދިރި ނައްތާލުމުގެ މަސައްކަތާއި ބަލި ފެތުރުނު ގޮތުގެ ތަހުގީގު ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުންނެވެ.