ސައުދީ އެއްބަސްވުމުގެ ޝަރުތަކީ އިޒްރޭލާ ގުޅުން ގާއިމްކުރުން
ސައުދީ އަރަބިއްޔާއަށް މަދަނީ ނިއުކްލިއާ ޓެކްނޮލޮޖީ ފޯރުކޮށްދިނުމުގެ އެއްބަސްވުމެއް، އިޒްރޭލާއެކު ގުޅުން ގާއިމުކުރުމަށް ޝަރުތުކޮށް ރައީސް ޓްރަމްޕް އެމެރިކާގެ ކޮންގްރެސްއަށް ހުށަހަޅުއްވައިފިއެވެ. މި އެއްބަސްވުން ކުރިއަށްދާނީ ސައުދީން "އަބްރަހަމް އެކޯޑްސް" ގައި ބައިވެރިވެގެން ކަމަށްވާއިރު، މިއީ އެމެރިކާގެ ކުންފުނިތަކަށް ސައުދީގައި ނިއުކްލިއާ މަޝްރޫއުތައް ހިންގުމުގެ ހުއްދަ ލިބޭނެ އެއްބަސްވުމެކެވެ.