ރާއްޖޭގެ ކުޅިވަރަށް ސައުތު އޭޝިއަން ގޭމްސްގެ މުހިންމުކަން ބޮޑު: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

Aug 25, 2026, 1:45 PM
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާއެއްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: އޮލިމްޕިކް ކޮމިޓީގެ ރައީސް ސައްތާރު (މ) އާއި ސެކްރެޓަރީ ޖެނެރަލް ތަމޫހު.--- ފޮޓޯ: އަދަދު ސްޕޯޓްސް

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާއެއްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: އޮލިމްޕިކް ކޮމިޓީގެ ރައީސް ސައްތާރު (މ) އާއި ސެކްރެޓަރީ ޖެނެރަލް ތަމޫހު.--- ފޮޓޯ: އަދަދު ސްޕޯޓްސް

ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބޭއްވޭ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ސައުތު އޭޝިއަން ގޭމްސް އަކީ ރާއްޖޭގެ ކުޅިވަރަށް މުހިންމުކަން ބޮޑު ގޭމްސް އެއް ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ބުނެފި އެވެ. 

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން މިހެން ބުނެފައިވަނީ، ތަކުރާރުކޮށް އެކި ފަހަރު މަތިން ފަސްކުރަން ޖެހިފައިވާ، ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރުގެ ކުރިއަށްގެންދަން ޕާކިސްތާން އޮލިމްޕިކް އެސޯސިއޭޝަނުން ނިންމައި، ސައުތު އޭޝިއަން އޮލިމްޕިކް ކައުންސިލް (އެސްއޭއޯސީ)ގެ އެންމެ ފަހު ބައްދަލުވުމުގައި އިއުލާނުކުރިކަން ހާމަކުރަން ނެރުނު ނޫސްބަޔާނުގަ އެވެ.

ސައުތު އޭޝިއަން ގޭމްސް ތާވަލުކޮށްފައި އޮތީ، އޭޕްރީލް 3-11 އަށް ޕާކިސްތާންގެ އިސްލާމްއާބާދު، ލާހޯރު އަދި ޕެޝާވަރުގަ އެވެ. 

ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރުގެ އޭޕްރީލް މަހަށް

އަންނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އޭޕްރީލް 3 އިން 11 އަށް ޕާކިސްތާނުގެ ތިން ސިޓީއެއްގައި ބޭއްވުމަށް ސައުތު އޭޝިއަން އޮލިމްޕިކް ކައުންސިލް (އެސްއޭއޯސީ) އިން ވަނީ ނިންމާފައި. މި ބައްދަލުވުމުގައި ރާއްޖެ ހިމެނޭހެން ސަރަހައްދީ ގައުމުތަކުގެ އޮލިމްޕިކް ކޮމިޓީތަކުގެ އިސްވެރިން ބައިވެރިވެވެފައިވޭ

ފާއިތުވި ދެ ދުވަހު ޕާކިސްތާންގެ އިސްލާމްއާބާދުގައި ވަނީ ސައުތު އޭޝިއަން އޮލިމްޕިކް ކައުންސިލް (އެސްއޭއޯސީ)ގެ ބައްދަލުވުންތަކެއް ކުރިއަށްގޮސްފަ އެވެ. ސައުތު އޭޝިއަން އޮލިމްޕިކް ކައުންސިލުން ބޭއްވި މި ބައްދަލުވުމުގައި، ބަންގްލަދޭޝް، ރާއްޖެ، ނޭޕާލް، ސްރީ ލަންކާގެ އޮފިޝަލުން ޕާކިސްތާނަށް ގޮސް ބައިވެރިވިއިރު، އިންޑިއާ އިން ވަނީ ވީޑިއޯގެ ޒަރިއްޔާ އިން ބައްދަލުވުމުގައި ބައިވެރިވެފަ އެވެ. ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ރައީސް، މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އާއި ސެކްރެޓަރީ ޖެނެރަލް، ތަމޫހު އަހުމަދު ސައީދު (ތަމޫ) އެވެ.

އެމްއޯސީން ބުނީ، ޕާކިސްތާން އޮލިމްޕިކް އެސޯސިއޭޝަނާއި ސައުތު އޭޝިއަން ގޭމްސްގެ އޮގަނައިޒިން ކޮމިޓީން އެ ގޭމްސް ބޭއްވުމަށްޓަކައި ކުރަމުން އަންނަ މަސައްކަތް ބަލައިގަންނަ ކަމަށެވެ. އަދި، ގޭމްސް ކަނޑައަޅާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށްޓަކައި އެކި ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ. 

"ސައުތު އޭޝިއަން ގޭމްސް އަކީ ސަރަަހައްދުގެ ކުޅިވަރުގެ ގުޅުންތައް ހަރުދަނާކޮށް ކުރިއަށްގެންދިއުމަށްޓަކައި މުހިންމު ޕްލެޓްފޯމެއް. އެތުލީޓުންނަށް މުހިންމުކަން ބޮޑު އިންޓަނޭޝަނަލް މުބާރާތްތަކެއްގައި ވާދަކޮށްލަން ލިބޭ ގޭމްސް އެއް. މީގެ އިތުރުން، އެކުވެރިކަމާއި އެއްބައިވަންތަކަމާ އެކު އެކުގައި މަސައްކަތްކުރުމަށްޓަކައި ކުޅިވަރުގެ ތެރެއިން ގާއިމްކުރެވޭ ގުޅުމެއް،" އޮލިމްޕިކް ކޮމިޓީގެ ބަޔާނުގައިވެ އެވެ. 

ސައުތު އޭޝިއަން އޮލިމްޕިކް ކައުންސިލް (އެސްއޭއޯސީ)ގެ ޑެލިގޭޝަނަށް ވަނީ، އަންނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ތައްޔާރީތަކަށް މިހާރު ލާހޯރް އާއި ޕެޝާވަރުގައި ކުރިއަށްދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުުރުމުގެ އިތުރުން، އިސްލާމްއާބާދުގައި ހުރި ގޭމްސްގެ އިވެންޓްތައް ކުރިއަށްދާ ވެނިއުސްތަކަށް ޒިޔާރާތްކޮށްފައިވެ އެވެ. 

މީގެ ކުރިން، ސައުތު އޭޝިއަން ގޭމްސްގެ އަންނަ އަހަރުގެ އެޑިޝަންގައި ޖުމްލަ އެކު، 27 ކުޅިވަރު ހިމަނާފައިވާ ކަމަށް ޕާކިސްތާން އޮލިމްޕިކް އެސޯސިއޭޝަން (ޕީއޯއޭ)އާ ހަވާލާދީ އެ ގައުމުގެ މީޑިއާ އިން ވަނީ ރިޕޯޓްކޮށްފަ އެވެ. އެކަމަކު، މިހާރު ރިޕޯޓްތައް ބުނާގޮތުން، 28 ކުޅިވަރު ބާއްވާއިރު، މި ކުޅިވަރުތަކުގައި ބައިވެރިވުމަށް ޕާކިސްތާނަށް 3200 އެއްހާ އެތުލީޓުން އަންނާނެ ކަމަށް ބެލެެވެ އެވެ. 

އެންމެ ފަހުން، ސައުތު އޭޝިއަން ގޭމްސް ބޭއްވީ 2019 ވަަނަ އަހަރުގެ ޑިސެމްބަރު މަހު ނޭޕާލްގެ ކަތުމަންޑޫ އާއި ޕޮކާރާގަ އެވެ. އެ އަށް ފަހު، އެންމެ ފުރަތަމަ 2023 ވަނަ އަހަރު ބާއްވަން ނިންމި ސައުތު އޭޝިއަން ގޭމްސްގެ 14 ވަނަ އެޑިޝަން، އެކި ސަބަބުތަކާ ހުރެ ހަތް ފަހަރެއްގެ މަތިން މި ވަނީ ފަސްކޮށްފަ އެވެ. މީގެ ކުރިން، ޕާކިސްތާނުގައި ސައުތު އޭޝިއަން ގޭމްސް ބޭއްވީ 1989 ވަނަ އަހަރާއި 2004 ވަނަ އަހަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox