ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރުގެ އޭޕްރީލް މަހަށް

Aug 25, 2026, 10:01 AM
2016 ވަނަ އަހަރު އިންޑިއާގެ ގުވަހާޓީ އާއި ޝިލޯންގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގެ އިވެންޓެއްގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް،އެމްވީ

2016 ވަނަ އަހަރު އިންޑިއާގެ ގުވަހާޓީ އާއި ޝިލޯންގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގެ އިވެންޓެއްގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް،އެމްވީ

ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރުގެ އޭޕްރީލް މަހު ޕާކިސްތާންގެ ތިން ސިޓީއެއްގައި ހޯސްޓްކުރާ ގޮތަށް ނިންމާފައިވާ ކަމަށް ޕާކިސްތާންގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. 

ދެކުނު އޭޝިއާގެ ގައުމުތަކުން، އުޒްބެކިސްތާންގައި ކުރިއަށްދިޔަ އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ)ގެ ޖެނެރަލް އެސެމްބްލީގެ ހަވާސާގައި ބޭއްވި ބައްދަލުވުމުގައި މީގެ ކުރިން ނިންމާފައިވަނީ، އަންނަ އަހަރު މާޗް މަހުގެ 23-31 އަށް ކުރިން ވެސް ރޭވުނު ގޮތަށް ޕާކިސްތާނުގައި ސައުތު އޭޝިއަން ގޭމްސް ހޯސްޓްކުރުމަށެވެ. އެކަމަކު، އަނެއްކާ ވެސް މި ވަނީ ގޭމްސް ބާއްވާ ތާރީހު ބަދަލުކޮށްފަ އެވެ. 

ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރުގެ މާޗް މަހަށް ތާވަލުކޮށްފި

ތަކުރާރުކޮށް އެކި ސަބަބުތަކާ ހެދި ފަސްކުރަން ޖެހުނު، ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރުގެ މާޗް މަހު ޕާކިސްތާންގައި ބާއްވާ ގޮތަށް ވަނީ ތާވަލުކޮށްފައި.

އުޒްބެކިސްތާންގައި ބޭއްވި ބައްދަލުވުމުގައި، ޕާކިސްތާނުން ވަނީ ދެކުނު އޭޝިއާގެ ގައުމުތަކުގެ އޮފިޝަލުންނަށް ޕާކިސްތާނަށް ދައުވަތު ދީފަ އެވެ.

ފާއިތުވި ދެ ދުވަހު ޕާކިސްތާންގެ އިސްލާމްއާބާދުގައި ވަނީ ސައުތު އޭޝިއަން އޮލިމްޕިކް ކައުންސިލް (އެސްއޭއޯސީ)ގެ ބައްދަލުވުންތަކެއް ކުރިއަށްގޮސްފަ އެވެ.

އެ ބައްދަލުވުމުގައި ވަނީ، މިދިިޔަ އަހަރުގެ ފެބްރުއަރީ މަހު، 25 ވަނަ ދުވަހު ޕާކިސްތާންގެ ލާހޯރުގައި ބޭއްވި ދެކުނު އޭޝިއާގެ އޮލިމްޕިކް ކައުންސިލް، އެސްއޭއޯސީގެ އެގްޒެކްޓިވް ކޮމިޓީ ބައްދަލުވުމުގައި ނިންމުނު ކަންތައްތައް ފުރިހަމަވެފައިވޭތޯ ކަންކަން ބަލައިފަ އެވެ. އަދި، އަންނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ އެންމެ ފަހުގެ ތައްޔާރީތަކާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފަ އެވެ. 

ސައުތު އޭޝިއަން އޮލިމްޕިކް ކައުންސިލުން މިދިޔަ ދެ ދުވަހު ބޭއްވި ބައްދަލުވުމުގައި، ބަންގްލަދޭޝް، ރާއްޖެ، ނޭޕާލް، ސްރީ ލަންކާގެ އޮފިޝަލުން ޕާކިސްތާނަށް ގޮސް ބައިވެރިވިއިރު، އިންޑިއާ އިން ވަނީ ވީޑިއޯގެ ޒަރިއްޔާ އިން ބައްދަލުވުމުގައި ބައިވެރިވެފަ އެވެ.

ޕާކިސްތާން މީީޑިއާ ރިޕޯޓްތައް ބުނާގޮތުން، ސައުތު އޭޝިއަން އޮލިމްޕިކް ކައުންސިލްގެ މި ބައްދަލުވުމުގައި ޕާކިސްތާން އޮލިމްޕިކް ކޮމިޓީން ވަނީ، އަންނަ އަހަރުގެ އޭޕްރީލް މަހު 3-11 އަށް ޕާކިސްތާންގެ ތިން ސިޓީއެއްގައި ގޭމްސް ކުރިއަށްދާނެކަން އިއުލާނުކޮށްފަ އެވެ. އެ ތިން ސިޓީ އަކީ، އިސްލާމްއާބާދު، ލާހޯރް އަދި ޕެޝާވަރު އެެވެ. 

ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ރައީސް، މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އާއި ސެކްރެޓަރީ ޖެނެރަލް، ތަމޫހު އަހުމަދު ސައީދު (ތަމޫ) އެވެ. 

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް، ސައްތާރު (ކ) އާއި ސެކްރެޓަރީ ޖެނެރަލް ތަމޫހު، ސައުތު އޭޝިއަން އޮލިމްޕިކް ކައުންސިލް (އެސްއޭއޯސީ) ބައްދަލުވުމުގައި.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް، ސައްތާރު (ކ) އާއި ސެކްރެޓަރީ ޖެނެރަލް ތަމޫހު، ސައުތު އޭޝިއަން އޮލިމްޕިކް ކައުންސިލް (އެސްއޭއޯސީ) ބައްދަލުވުމުގައި.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)

މީގެ ކުރިން، ސައުތު އޭޝިއަން ގޭމްސްގެ އަންނަ އަހަރުގެ އެޑިޝަންގައި ޖުމްލަ އެކު، 27 ކުޅިވަރު ހިމަނާފައިވާ ކަމަށް ޕާކިސްތާން އޮލިމްޕިކް އެސޯސިއޭޝަން (ޕީއޯއޭ)އާ ހަވާލާދީ އެ ގައުމުގެ މީޑިއާ އިން ވަނީ ރިޕޯޓްކޮށްފަ އެވެ. އެކަމަކު، މިހާރު ރިޕޯޓްތައް ބުނާގޮތުން، 28 ކުޅިވަރު ބާއްވާއިރު، މި ކުޅިވަރުތަކުގައި ބައިވެރިވުމަށް ޕާކިސްތާނަށް 3200 އެއްހާ އެތުލީޓުން އަންނާނެ ކަމަށް ބެލެެވެ އެވެ. 

އެންމެ ފަހުން، ސައުތު އޭޝިއަން ގޭމްސް ބޭއްވީ 2019 ވަަނަ އަހަރުގެ ޑިސެމްބަރު މަހު ނޭޕާލްގެ ކަތުމަންޑޫ އާއި ޕޮކާރާގަ އެވެ. އެ އަށް ފަހު، އެންމެ ފުރަތަމަ 2023 ވަނަ އަހަރު ބާއްވަން ނިންމި ސައުތު އޭޝިއަން ގޭމްސްގެ 14 ވަނަ އެޑިޝަން، އެކި ސަބަބުތަކާ ހުރެ ހަ ފަހަރެއްގެ މަތިން މި ވަނީ ފަސްކޮށްފަ އެވެ.

މީގެ ކުރިން، ޕާކިސްތާނުގައި ސައުތު އޭޝިއަން ގޭމްސް ބޭއްވީ 1989 ވަނަ އަހަރާއި 2004 ވަނަ އަހަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox