ޑޮލަރުގެ ތާށިކަން ބޮޑުވާތީ ވަގު ޓީޓީ ހުއްޓުވަން މަސައްކަތް ފަށަނީ
ވިޔަފާރިވެރިންނަށް ޑޮލަރު ލިބުމުގައި ހުރި ދަތިތަކަށް ބޭންކިން ނިޒާމުގެ ތެރެއިން ދާއިމީ ހައްލެއް ހޯދައިދިނުމަށް އެމްއެމްއޭއިން ވަނީ މަސައްކަތް ފަށާފަ. މީގެ އިތުރުން، ބޭންކުތަކުން ޑޮލަރު ހޯދުމަށް ހަދާ "ވަގު ޓީޓީ" ތައް ހުއްޓުވުމަށްޓަކައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާ ގުޅިގެން ހާއްސަ ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރަމުން.