އިންޑިއާ ރެސްލިން ފެޑެރޭޝަނުގެ ކުރީގެ ރައީސް ޖިންސީ ތުހުމަތުތަކުން ސަލާމަތްވެއްޖެ

Aug 4, 2026, 8:00 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

އިންޑިއާގެ ރެސްލިން ފެޑެރޭޝަނުގެ ކުރީގެ ރައީސް އަދި ނުފޫޒު ގަދަ ސިޔާސީ ޝަޚުސިއްޔަތެއް ކަމަށްވާ ބްރިޖް ބުޝަން ޝަރަން ސިންގްގެ މައްޗަށް، އަންހެން އެތުލީޓުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ ތިން އަހަރު ކުރިން އުފުލި ދައުވާތަކުން އޭނާ ސަލާމަތްވެއްޖެ އެވެ.

އިންޑިއާގެ ރެސްލިން ފެޑެރޭޝަނުގެ ރައީސްގެ މަގާމުގައި ބްރިޖް ބުޝަން ހުންނެވި ދުވަސްވަރު، އޭނާ ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ ހަ އަންހެން ރެސްލަރަކު ވަނީ އޭނާގެ މައްޗަށް ތުހުމަތުތަކެއް ކޮށްފަ އެވެ. ނަމަވެސް، ބްރިޖް ބުޝަން ވަނީ އެ ހުރިހާ ތުހުމަތުތަކަކަށް އިންކާރު ކުރައްވާފަ އެވެ.

ބްރިޖް ބުޝަން އަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ނިސްބަތްވާ ކުރީގެ މެންބަރެކެވެ. އޭނާއަކީ އިންޑިއާގެ ސިޔާސީ ގޮތުން އެންމެ މުހިންމު ސްޓޭޓް ކަމަށްވާ އުއްތަރު ޕްރަދޭޝްގައި ވަރަށް ބޮޑު ނުފޫޒެއް އޮންނަ ބޭފުޅެކެވެ.

ބްރިޖް ބުޝަންއާ ދެކޮޅަށް ކުރެވުނު މި ތުހުމަތުތައް 2023 ވަނަ އަހަރު ދުނިޔޭގެ ސަމާލުކަމަށް އައީ، އިންޑިއާގެ ވެރިރަށް ދިއްލީގައި ހުންނަ އާ ޕާލަމެންޓް އިމާރާތާ ދިމާލަށް ހިނގާލުމެއް ބޭއްވުމަށް މަސައްކަތް ކުރި ރެސްލަރުންތަކެއް ފުލުހުން ހައްޔަރުކުރުމާ ގުޅިގެންނެވެ.

އޮލިމްޕިކް މެޑަލް ހޯދާފައިވާ ސާކްޝީ މާލިކް އާއި ބަޖްރަންގް ޕޫނިއާގެ އިތުރުން، ދުނިޔޭގެ ޗެމްޕިއަންޝިޕްގައި ދެ ފަހަރު މެޑަލް ހޯދާފައިވާ ވިނޭޝް ފޯގަޓް މަގުމަތީގައި ދަމާފައި ގެންގޮސް ފުލުހުންގެ ވޭންތަކަށް އަރުވާ މަންޒަރު ފެންނަ ވީޑިއޯތައް އާންމުވުމާއެކު، މަޝްހޫރު އެތުލީޓުންނާއި އިދިކޮޅު ސިޔާސީ ލީޑަރުންގެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުވި އެވެ.

މީގެ އިތުރުން، ބްރިޖް ބުޝަންއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލައި، އެ ރެސްލަރުން ވަނީ ދިއްލީގެ މެދުތެރޭގައި ހަފުތާތަކެއް ވަންދެން އިހުތިޖާޖު ކޮށްފަ އެވެ.

މި މައްސަލައިގައި ޑިސްޓްރިކްޓް ކޯޓުން ހުކުމް އިއްވުމާ ގުޅިގެން، ހޯމަ ދުވަހު ބްރިޖް ބުޝަން އިންޑިއާގެ މީޑިއާތަކަށް ބުނީ އޭނާ ހުރީ ވަރަށް "އުފަލުން" ކަމަށާއި އޭނާގެ ވަކީލުންނަށް ޝުކުރު އަދާކުރާ ކަމަށެވެ.

ބްރިޖް ބުޝަންއާ ދެކޮޅަށް ކުރި އިހުތިޖާޖުތަކުގައި އެންމެ އިސްކޮށް އުޅުނު އެއް އެތުލީޓު ކަމަށްވާ ވިނޭޝް ފޯގަޓް، އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ކޯޓުގެ މި ނިންމުމާ މެދު ވަރަށް ބޮޑަށް މާޔޫސްވާ ކަމަށެވެ.

މި ތުހުމަތުތައް ފުރަތަމަ ފެންމަތިވިއިރު، އޭރު ބީޖޭޕީގެ މަޖިލިސް މެންބަރެއްގެ ގޮތުގައި ހުރި ބްރިޖް ބުޝަންއާ ދެކޮޅަށް މޯދީ ސަރުކާރުން އެކަށީގެންވާ އަވަސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔެވެ. ނަމަވެސް ސަރުކާރުން އެ ތުހުމަތުތައް ދޮގުކޮށް ބުނީ، ގާނޫނީ ނިޒާމުގެ ތެރެއިން މައްސަލަ ކުރިއަށްދާނެ ކަމަށެވެ.

މި މައްސަލައިގެ ފިއްތުންތަކާ ހުރެ، 2024 ވަނަ އަހަރުގެ އިންތިޚާބުގައި އުއްތަރު ޕްރަދޭޝްގެ ކައިސަރްގަންޖް ގޮނޑިއަށް ވާދަކުރުމަށް ބީޖޭޕީން ބްރިޖް ބުޝަންއަށް ޓިކެޓެއް ނުދެ އެވެ. އޭގެ ބަދަލުގައި އެ ޕާޓީން ޓިކެޓް ދިނީ ބްރިޖް ބުޝަންގެ ދަރިފުޅަށެވެ. އޭނާ ވަނީ އެ ގޮނޑި ކާމިޔާބު ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox