ބޯޑަރު މައްސަލައިން ޗައިނާއާއެކު އޮތް ގުޅުމަށް އަސަރުކުރާނެ: އިންޑިއާ

Aug 13, 2026, 7:00 AM
ފޮޓޯ: ނިއު ޔޯކް ޓައިމްސް

ފޮޓޯ: ނިއު ޔޯކް ޓައިމްސް

މިލްކުވެރިކަމާ މެދު ދެބަސްވުން އުފެދިފައިވާ ބޯޑަރު ސަރަހައްދުގައި ހިނގަމުންދާ ހާދިސާތަކަކީ "ވަރަށް ސީރިއަސް" ކަންތައްތަކެއް ކަމަށާއި، ބޯޑަރުގެ ކަންކަން ހުރި ގޮތުގެ ސަބަބުން ޗައިނާއާއެކު އޮތް ސިޔާސީ ގުޅުމަށް އަސަރު ކުރާނެ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން މިހެން ބުނީ ދެ ގައުމުގެ އަސްކަރިއްޔާގެ މެދުގައި އަލުން ކުރިމަތިލުންތަކެއް ހިނގާފައިވާ ކަމަށް ބުނެ ކުރިމަތިވި ސުވާލަކަށް ޖަވާބު ދެމުންނެވެ.

ތަރުޖަމާނު ރަންދީރު ޖައިސްވާލް ވަނީ ބޯޑަރުގައި އާ ހާދިސާއެއް ހިނގާފައިވާ ކަމަށް ބުނާ ވާހަކަތައް ދޮގުކުރަން އިންކާރު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ، މިދިޔަ އޯގަސްޓް މަހު ދެ ގައުމުގެ މެދުގައި ބޭއްވި ބޯޑަރުގެ ކަންކަމާ ބެހޭ އަސްކަރީ އަދި ޑިޕްލޮމެޓިކް ޖޮއިންޓް ވޯކިން ކޮމިޓީގެ ބައްދަލުވުމުގައި ވެސް އިންޑިއާގެ މި ނިންމުން ތަކުރާރުކޮށްފައިވާނެ ކަމަށެވެ. ނަމަވެސް، މިކަމާ ގުޅޭ އިތުރު ތަފުސީލެއް ދެއްވަން އޭނާ ވަނީ އުޒުރުވެރިވެވަޑައިގެންފަ އެވެ.

Advertisement

އިންޑިއާގެ ބޯޑަރު ސްޓޭޓެއް ކަމަށްވާ އަރުނާޗަލް ޕްރަދޭޝްގައި ޗައިނާގެ ހަރަކާތްތައް އިތުރުވަމުންދާ ކަމަށް ބުނެ އިންޑިއާގެ ކޮންޓެންޓް ކްރިއޭޓަރުން ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯތަކެއް ވަނީ ވަރަށް ބޮޑަށް ފެތުރިފަ އެވެ. 

މި ވާހަކަތައް އައިސްފައިވަނީ ދެ ގައުމުގެ އިސް އޮފިޝަލުން ނިއުދިއްލީގައި ބައްދަލުކުރިތާ މަދު ދުވަސްކޮޅެއް ފަހުންނެވެ. އަދި މިއީ ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ އަދި ދެކުނު އެފްރިކާ ހިމެނޭ ބްރިކްސް އިއްތިހާދުގެ ސަމިޓަށް ޗައިނާގެ ރައީސް ޝީ ޖިންޕިން އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ދަނޑިވަޅެކެވެ. މިފަހަރުގެ ސަމިޓް ބާއްވަނީ އިންޑިއާގެ ރިޔާސަތުގެ ދަށުންނެވެ.

ޗައިނާ އާއި އިންޑިއާގެ ދެމެދުގައި 3،488 ކިލޯމީޓަރުގެ ދިގު ބޯޑަރެއް އޮންނައިރު، މިއީ އިން ކަނޑައަޅާފައިވާ ބޯޑަރަކަށް ނުވާތީ ފާއިތުވި އަހަރުތަކުގައި މި ސަރަހައްދުގައި ނުތަނަވަސްކަން ވަނީ ބޮޑުވެފަ އެވެ. ނިއުކްލިއާ ހަތިޔާރު ލިބިފައިވާ މި ދެ ގައުމުގެ ގުޅުން މަޑުމަޑުން ރަނގަޅުވާން ފަށާފައިވަނީ 2020 ވަނަ އަހަރުގެ ޖޫން މަހު ބޯޑަރުގައި ހިނގި ކުރިމަތިލުންތަކެއްގައި ސިފައިން މަރުވި ހާދިސާއަށް ފަހު އެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އޯގަސްޓް މަހު ޓިއަންޖިންގައި ރައީސް ޝީއާ ބައްދަލުކުރެއްވުމަކީ ދެ ގައުމުގެ ގުޅުން އިއާދަވަމުންދާ ކަމުގެ ނިޝާނެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސެލް ބްރޭންޑް 10 އަހަރަށް ޖަލަށް

އިނގިރޭސި އެކްޓަރު ރަސެލް ބްރޭންޑްގެ މައްޗަށް ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ކުށް ސާބިތުވެ، 10 އަހަރާއި 6 މަސް ދުވަހަށް ޖަލަށްލުމަށް ލަންޑަނުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. ފަނޑިޔާރު އޭނާ ސިފަކުރެއްވީ އަންހެނުންގެ ހައްގުތަކަށް އިހުތިރާމްނުކުރާ "ޖިންސީ ޝިކާރަވެރިއެއް"ގެ ގޮތުގައެވެ. މި ހުކުމުގެ ތިންބައިކުޅަ ދެބައި ފުރިހަމަކުރުމުން އޭނާއަށް މިނިވަންވުމުގެ ފުރުސަތު އޮތް ނަމަވެސް، އެއީ ހަރުކަށި އުސޫލުތަކެއްގެ ދަށުންނެވެ.

އެންވީޑިއާގެ ސީއީއޯއާގެ މައްސަލަ އެފްބީއައި އިން ތަހުގީގުކުރަނީ

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގް އާއި ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ އޮތް ގުޅުން އެފްބީއައި އިން ތަހުގީގު ކުރަން ފެށުމާ ގުޅިގެން، އެ ކުންފުނީގެ ބާޒާރުގެ އަގުން 250 ބިލިއަން ޑޮލަރު ވެއްޓިއްޖެއެވެ. މި މައްސަލައިގައި ރައީސް ޓްރަމްޕް ހުއަންގްއާ ވާހަކަދައްކަވާފައިވާއިރު، އެންވީޑިއާ އިން ބުނަނީ މިކަމުގެ ސަބަބުން ކުންފުނީގެ ސިއްރުތަކަށް ނުރައްކަލެއް ނެތް ކަމަށާއި ނަމަވެސް މިނިވަން ތަހުގީގެއް ކުރިއަށްދާ ކަމަށެވެ.

މިސްރުގައި ދެ ރޭލު ޖެހި މަރުވި މީހުންގެ އަދަދު ހަތަކަށް

މިޞްރުގެ ޖީޒާ ކައިރީގައި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތް މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މި ހާދިސާއާ ގުޅިގެން ރައީސް އަލް-ސީސީ ވަނީ މައްސަލަ ތަހުގީގުކޮށް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އަމުރުކުރައްވާފައެވެ. އެ ސަރަހައްދުގެ ހޮސްޕިޓަލްތައް މިހާރު ވަނީ ހައި އެލާޓަށް ގެނެސްފައެވެ.

ރިޔާދުގެ މެދުތެރޭގައި ހުންނަ އަރަމްކޯ ޓަވަރަށް ހަމަލާދީފި

ސައުދީ އަރަބިއްޔާގެ ރިޔާދުގެ މަރުކަޒީ ސަރަހައްދުގައި ހުންނަ އަރަމްކޯ ޓަވަރަށް ހޫތީން ދިން ވައިގެ ހަމަލާއެއްގައި އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ސައުދީ ސަރުކާރުން މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށް ބުނި ނަމަވެސް، ހޫތީން ވަނީ ރިޔާދުގެ އެއާޕޯޓަށާއި ތެޔޮ ރައްކާކުރާ މަރުކަޒުތަކަށްވެސް ހަމަލާދީފައިވާކަމަށް ބުނެފައެވެ. މި ހަމަލާތަކަކީ ޔަމަނަށް ސައުދީން ދިން ހަމަލާއެއްގެ ބަދަލުހިފުމެއްގެ ގޮތުން ދިން ހަމަލާތަކެކެވެ.

އިމިގްރޭޝަން ސިޔާސަތު "މާ ހަރުކަށި" ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، ސަރުކާރުގެ އިމިގްރޭޝަން ސިޔާސަތުތަކަކީ "މާ ހަރުކަށި" ސިޔާސަތުތަކެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ފަހަރަށް އެއްބަސްވެވަޑައިގެންފިއެވެ. ބޯޑަރު ބެލެހެއްޓުމުގައި ކާމިޔާބީތަކެއް ލިބުނު ނަމަވެސް، ގިނަ އަދަދެއްގެ ބަޔަކު ގައުމުން ބޭރުކުރުމުގެ ސަބަބުން ސިޔާސީ ގޮތުން ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންވީޑިއާ ސީއީއޯއާއި ޗައިނާ ޖާސޫސަކާ އޮތް ގުޅުން ތަހުގީގު ކުރަނީ

ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ގާތް ގުޅުމެއް ބޭއްވި މައްސަލައިގައި، އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގްގެ މައްސަލަ އެ ކުންފުނިން މިނިވަންކަމާއެކު ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލައިގައި ޖެންސަން އާއިލާގެ ކިބައިން މައާފަށް އެދިފައިވާއިރު، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތެއް ބޭރުވެފައިވާކަމުގެ ހެއްކެއް އަދި ފެންނަން ނެތް ކަމަށް އެ ކުންފުނީގެ ބޯޑުން ބުނެއެވެ.

ޓައިޓޭނިކްގެ އިންޝުއަރެންސް ޕޮލިސީ ފުރަތަމަ ފަހަރަށް ނީލަމަށް

ޓައިޓޭނިކް ބޯޓު އަޑިއަށް ދިއުމުގެ 19 ދުވަސް ކުރިން އެ ބޯޓުގެ ހަލް އިންޝުއަރެންސް ކުރި ލިޔުމުގެ ކޮޕީއެއް ފުރަތަމަ ފަހަރަށް ނީލަމެއްގައި ވިއްކާލަން ވަނީ ނިންމާފައެވެ. އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބާއްވާ މި ނީލަމުގައި، މި ތާރީޚީ ލިޔުން 30،000 އާއި 50،000 އިނގިރޭސި ޕައުންޑާ ދެމެދުގެ އަގަކަށް ވިކޭނެ ކަމަށް ބެލެވެއެވެ.

Newsletter

Get the latest news delivered straight to your inbox