މައުންޓް ފޫޖީގެ ފިނީގައި 7 އަހަރުގެ ދަރިފުޅު އެކަނި ބަހައްޓާފައި ދިޔަ ބައްޕައަށް ފުލުހުންގެ އިންޒާރު!

Aug 23, 2026, 7:09 AM
ޖަޕާނުގެ އެންމެ އުސް ފަރުބަދަ، މައުންޓް ފޫޖީ

ޖަޕާނުގެ އެންމެ އުސް ފަރުބަދަ، މައުންޓް ފޫޖީ

ޖަޕާނުގެ އެންމެ އުސް ފަރުބަދަ ކަމަށްވާ މައުންޓް ފޫޖީއަށް އެރުމަށް ކުރި ދަތުރުގައި، ހަތް އަހަރުގެ ފިރިހެން ކުއްޖަކު 2,000 މީޓަރަށްވުރެ އުހުގައި ހުރި ބެންޗެއްގައި 8 ގަޑިއިރު ވަންދެން އެކަނި ބައިންދާފައި ދިޔަ 48 އަހަރުގެ ބައްޕައަކަށް އެ ގައުމުގެ ފުލުހުން ވަރުގަދަ އިންޒާރެއް ދީފި އެވެ.

އެ ކުއްޖާ އެތަނުގައި މަޑުކުރީވީ ފަރުބަދައަށް އަރަނިކޮށް ވަރުބަލިވެގެން ޝަކުވާ ކުރުމުންނެވެ. އެއަށް ފަހު ބައްޕަ، ދެން ހުރި ދަރިފުޅު ގޮވައިގެން ފަރުބަދައަށް އެރި އެވެ. 

ވާރޭވެހި، ބޯކޮށް ދުންފުނި ފައިބާފައިވާ ނުރައްކާތެރި މާހައުލެއްގައި އެކަނި އިން މި ކުއްޖާގެ އަތުގައި އޮތީ ހަމައެކަނި ލުއި ބުއިމަކާއި ކާނާކޮޅެކެވެ.

Advertisement

ކުއްޖާ ފެނިފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 7:00 އެހާކަންހާއިރު ފަރުބަދައިގެ ހަވަނަ ސްޓޭޝަން ކައިރީގައި ހުންނަ ހަޓެއްގެ މުވައްޒަފުންނަށް ކަމަށްވާއިރު، ކުއްޖާގެ ބައްޕަ ފެނިފައިވަނީ އެތަނުން ފެށިގެން 3 ގަޑިއިރުގެ ރާސްތާގެ ދުރުންނެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ފަރުބަދައަށް އެރުން ހުއްޓާލަން ޖެހުނު ކަމުގައިވިޔަސް، ކުޑަކުއްޖަކު އެފަދަ ނުރައްކާތެރި މާހައުލެއްގައި އެކަނި ދޫކޮށްލުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ އެ ބައްޕައަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. ކުއްޖާގެ ބައްޕަ ވަނީ އޭނާ ނިންމީ ގޯސް ނިންމުމެއްކަމަށް އެއްބަސްވެ މާފަށް އެދިފަ އެވެ.

3,776 މީޓަރު އުސް، އަދި ދުނިޔޭގެ ތަރިކައިގެ ދަފުތަރުގައި ހިމެނޭ މައުންޓް ފޫޖީއަށް އަހަރަކު 200,000 އަށްވުރެ ގިނަ މީހުން އަރާއިރު، ފަހަކަށް އައިސް އެ ފަރުބަދައިގައި ތަފާތު ނުރައްކާތެރި ހާދިސާތައް ހިނގުން ވަނީ އިތުރުވެފަ އެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

ކްރައިމިއާ ބްރިޖަށް ހަމަލާދީ ބޮޑު ބައެއް ވައްޓާލައިފި

ރަޝިއާއިން ހިފާފައިވާ ކްރައިމިއާއާ ގުޅުވައިދޭ މުހިންމު ބްރިޖަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއްދީ، ބްރިޖުގެ ބޮޑު ބައެއް ކަނޑަށް ވައްޓާލައި ރަޝިއާގެ ސިފައިންނަށް ބޭނުންވާ މައިގަނޑު ސަޕްލައި މަގަށް ބޮޑު ހުރަހެއް ކުރިމަތިކުރުވައިފިއެވެ. މި ހަމަލާއާ ގުޅިގެން ރަޝިއާއިން ބަދަލުހިފުމުގެ ގޮތުން ޔޫކްރޭނުގެ ވެރިރަށް ކީވްގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ އިތުރަށް ވަރުގަދަވެގެންދިޔަ ކަމެކެވެ.

Newsletter

Get the latest news delivered straight to your inbox