މައުންޓް ފޫޖީގައި ދަރިފުޅު އެކަނި ދޫކޮށްލި ބައްޕައަށް އިންޒާރު!
ޖަޕާނުގެ މައުންޓް ފޫޖީއަށް އަރަނިކޮށް ވަރުބަލިވެގެން ޝަކުވާކުރުމުން، 7 އަހަރުގެ ދަރިފުޅު ފިނީގައި 8 ގަޑިއިރު އެކަނި ބޭންދި ބައްޕައަކަށް ފުލުހުން ވަރުގަދަ އިންޒާރެއް ދީފިއެވެ. ނުރައްކާތެރި މާހައުލެއްގައި ކުއްޖާ ދޫކޮށްލުމަށްފަހު ބައްޕަ ދިޔައީ އަނެއް ދަރިފުޅު ގޮވައިގެން ފަރުބަދައަށް އަރަން ކަމަށްވާއިރު، ފަހުން އޭނާ ވަނީ އެއީ ގޯސް ނިންމުމެއްކަމަށް އެއްބަސްވެ މާފަށް އެދިފައެވެ.