މޭގަން އެނބުރި އެކްޓިންގެ ދާއިރާއަށް
އިނގިރޭސިވިލާތުގެ އަމީރު ހެރީގެ އަނބިކަނބަލުން މޭގަން މާކަލް، ނެޓްފްލިކްސްގެ ސީރީޒް "ދަ ޖެންޓްލްމެން" އިން އަލުން އެކްޓިންގެ ދާއިރާއަށް އެނބުރި ވަޑައިގަތުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ނަމަވެސް މި ސީރީޒްގެ ތިންވަނަ ސީޒަނެއް އުފައްދާނެކަން އަދި ރަސްމީކޮށް އިއުލާނުކޮށްފައި ނުވާއިރު، މޭގަންއަށް ވަކި ހާއްސަ ރޯލެއް ކަނޑައަޅާފައިވާކަން ވެސް އަދި ކަށަވަރެއް ނުވެއެވެ.