"ކޭޕޮޕް ޑީމަން ހަންޓާސް" އާ ދެކޮޅަށް މެޓަލް ބޭންޑަކުން ދައުވާއެއް
އެމެރިކާގެ މެޓަލް ބޭންޑެއް ކަމަށްވާ "ޑީމަން ހަންޓާ" އިން، ނެޓްފްލިކްސްގެ ފިލްމު "ކޭޕޮޕް ޑީމަން ހަންޓާސް" އާ ދެކޮޅަށް ޓްރޭޑްމާކް މައްސަލައެއްގައި ދައުވާކޮށްފިއެވެ. މި ދައުވާ ހުށަހެޅީ ފިލްމުގެ ނަމުގެ ސަބަބުން ބޭންޑުގެ ޚިދުމަތްތަކާ އޮޅުންއަރައި، ބްރޭންޑަށް ގެއްލުންވަމުންދާތީ ކަމަށް ބުނެއެވެ.