ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 22.85ރ. އަށް އަރައިފި

ޑޮލަރު ގުނާ މެޝިނަކުން ފައިސާތަކެއް ގުނަނީ: ރާއްޖޭގައި ޑޮލަރުގެ އަގު ކަޅު ބާޒާރުގައި ދަނީ ހިފެހެއްޓުމެއް ނެތި އުފުލެމުން --

ޑޮލަރު ގުނާ މެޝިނަކުން ފައިސާތަކެއް ގުނަނީ: ރާއްޖޭގައި ޑޮލަރުގެ އަގު ކަޅު ބާޒާރުގައި ދަނީ ހިފެހެއްޓުމެއް ނެތި އުފުލެމުން --

ހިފެހެއްޓުމެއް ނެތި އުފުލެމުންދާ ޑޮލަރުގެ އަގު ރާއްޖޭގެ ކަޅު ބާޒާރުގައި 22.85ރ. އަށް މިއަދު އަރައިފި އެވެ.

މިއީ މިދިޔަ ހަފުތާ ނިމުނުއިރު، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރި ވަރަށްވުރެ 15 ލާރި ބޮޑު އަދަދެކެވެ. މިދިޔަ ބުރާސްފަތި ދުވަހު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 22.60ރ. އަށެވެ. މީގެ ކުރިން ދުވަހަކު ވެސް ރާއްޖޭގެ ޑޮލަރުގެ އަގު މިހައި މައްޗަކަށް ނުދެ އެވެ.

މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 21.70 ރުފިޔާގައި ހުރުމަށްފަހު، ފާއިތުވި ދުވަސްތަކުގައި އަގު ވަނީ މަޑުމަޑުން އުފުލެން ފަށައިފަ އެވެ. އެގޮތުން، މި މަހުގެ ތެރޭގައި އެކަނިވެސް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ 1ރ. ބޮޑުވެފަ އެވެ.

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޑޮލަރު ވިއްކުމަށް ކަނޑައަޅާފައިވާ ރަސްމީ ރޭޓަކީ 15.42ރ. އެވެ. ކަޅު ބާޒާރުގެ މިހާރުގެ އަގަށް ބަލާއިރު، މިއީ ރަސްމީ ރޭޓަށްވުރެ 7.43ރ. ބޮޑު އަދަދެކެވެ. އިންސައްތައިން ބަލާނަމަ މިއީ ރަސްމީ ރޭޓަށްވުރެ 48 ޕަސެންޓުގެ އިތުރުވުމެކެވެ.

ވިދިވިދިގެން ހަތަރު ވަނަ މަހު ބޭރު ފައިސާގެ ރިޒާވު ދަށަށް

ޖުމްލަ ރިޒާވާއި ބޭނުންކުރެވޭ ރިޒާވަށް މި ހީނަރުކަން އައީ ބޭރުގެ ދަރަނިތައް ދެއްކުމާއި ދުނިޔޭގެ އިގުތިސޯދަށް އައި ބަދަލުތަކުގެ ސަބަބުން ކަމަށްވާއިރު، ހަރަދު ކުޑަކުރުމުގެ ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފިނަމަ އިގުތިސޯދީ ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު މާހިރުން އަންނަނީ ދެމުން.

 ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުއްޓުމެއްނެތި އިންތިހާއަށް ބޮޑުވަމުންދާއިރު، ޑޮލަރު ލިބުމުގައި ވެސް ދަނީ ދަތިތައް ދިމާވަމުންނެވެ.

ރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ ޑޮލަރުގެ ތާށިކަން ހައްލުކުރުމުގެ ގޮތުން، ރިސޯޓުތަކާއި ގެސްޓުހައުސްތަކުން ލިބޭ ޑޮލަރު ބޭންކުތަކަށް މާރުކުރަން މަޖުބޫރުވާ ގޮތަށް މުހައްމަދު މުއިއްޒު ވަނީ އާ ސިޔާސަތެއް ތައާރަފު ކުރައްވައިފަ އެވެ. އެ ސިޔާސަތު އިއުލާނު ކުރެއްވުމަށްފަހު ސަރުކާރުން ބުނެފައިވަނީ ޑޮލަރުގެ އަގު ދެން އިތުރަށް މައްޗަށް ނުދާނެ ކަމަށެވެ. ނަމަވެސް ބާޒާރުގެ ހަގީގީ ހާލަތު ފެންނަނީ ސަރުކާރުގެ އުންމީދުތަކާ ދެކޮޅަށެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑިކަމުގެ ތެރޭގައި ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، ފަތުރުވެރިކަން މުޅިން ހުއްޓިފައި އޮތް ދުވަސްވަރުވެސް ޑޮލަރުގެ އަގު އެންމެ މައްޗަށް ދިޔައީ 19.50ރ. އަށެވެ. އެއީވެސް ވަރަށް ކުޑަ ދުވަސްކޮޅަކަށެވެ. އަދި މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ހުރީ 17.45ރ. ގަ އެވެ.

ހިފެހެއްޓުމެއް ނެތި ޑޮލަރުގެ އަގު އުފުލެމުންދާއިރު، ސަރުކާރުން ބުނަމުން ދަނީ ޑޮލަރުގެ އަގު މައްޗަށް ދަނީ ހަބަރު ސުރުހީތަކާ ހެދި ކަމަށެވެ. 

ޑޮލަރުގެ އަގު އުފުލުމާއި، ނޫސްތަކުގައި ޖަހާ ސުރުހީތަކާ ގުޅުމެއް ނެތް: މާހިރުން

ޑޮލަރުގެ އަގު އުފުލުމާއި ނޫސްތަކުގެ ސުރުހީތަކާ ގުޅުމެއް ނެތް ކަމަށާއި، އަގު ބޮޑުވަނީ އިގުތިސޯދީ ހަގީގަތްތަކުގެ ސަބަބުން ކަމަށް މާލީ މާހިރުން ބުނެފި. މާހިރުން ފާހަގަކުރި ގޮތުގައި ޑޮލަރުގެ މައްސަލަ ހައްލުކުރެވޭނީ ރުފިޔާގެ ސަޕްލައި ކޮންޓްރޯލްކޮށް، ސަރުކާރުގެ ސިޔާސަތުތަކަށް ބަދަލު ގެނެސްގެން.

ޕީއެސްއެމްއިން އިންތިޒާމުކޮށްގެން ރޭ ގެނެސްދިން އިގުތިސާދީ ފޯރަމްގައި ވާހަކަދައްކަވަމުން މި ސަރުކާރުގެ އިގުތިސާދީ ވަޒީރު، މުހައްމަދު ސައީދު ވިދާޅުވީ ބްލެކް މާކެޓުގެ އަގުތައް ނޫސްތަކުން ގެނެސްދެނީ އާންމުންގެ މެދުގައި ކަންބޮޑުވުން އުފައްދުމަށެވެ.

ސައީދު އެހެން ވިދާޅުވި ނަމަވެސް، އެއީ އެކަން ހިނގާ ގޮތް ނޫން ކަމަށް އިގުތިސާދީ މާހިރުން ވަނީ ވިދާޅުވެފަ އެވެ. އެގޮތުން، ސްޕެކިއުލޭޝަންގެ ސަބަބުން މާކެޓަށް ކުރާ އަސަރަކީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ފިލައިގެންދާ ކަމެއްކަމަށް އިގުތިސާދީ މާހިރުން ވިދާޅުވެ އެވެ.

"ހަގީގަތަކީ، ސަރުކާރަށް ޑޮލަރެއް ނުހޯދޭ. ފައިނޭންސިން ނުކުރެވޭ. ދިވެހި ރުފިޔާގެ ސަޕްލައި އިތުރުވެއްޖެ. އެހެންވީމަ އޭގެ ސަބަބުން އާންމުން ޑޮލަރަށް ޑިމާންޑު ކުރާ ވަރު ގިނަ ވެއްޖެ," ފިނޭންސް މިނިސްޓްރީގެ ކުރީގެ ޗީފް ބަޖެޓު އެގްޒެކެޓިން މުހައްމަދު ސަރުވަޝް އާދަމް މީގެ ކުރިން އަދަދު އަށް ވިދާޅުވި އެވެ.

ކަޅު ބާޒާރުގެ އަގު ކޮންމެ ދުވަހަކު އުފުލެމުންދާތީ، އެކަމާ ދެކޮޅަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގުގެ ހަބަަރު ޝާއިއުކުރުން މަނާކުރަން ބޭރު ފައިސާއާ ބެހޭ ގާނޫނުގައި ހިމަނަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ވަނީ ނިންމައިފަ އެވެ.

ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގުގެ ހަބަރު ޖެހުން މަނާކުރަނީ

ރަސްމީ ރޭޓަށް ވުރެ ބޮޑު އަގުގައި ޑޮލަރު ވިއްކާ ކަޅު ބާޒާރުގެ އަގުތައް ޚަބަރުގެ ގޮތުގައި ޝާއިއުކުރުން މަނާކުރަން ބޭރު ފައިސާއާ ބެހޭ ގާނޫނުގައި ހިމެނުމަށް މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފަ. މި ނިންމުމަކީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއް.

ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ރޭޓު އާންމުކުރާ ފަރާތްތައް ޖޫރިމަނާކުރަން ގާނޫނުގައި ހިމަނަން ވެސް މާލިއްޔަތު ކޮމިޓީން ވަނީ ނިންމައިފަ އެވެ. އެގޮތުން ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ރޭޓު އާންމުކުރީ ގާނޫނީ ޝަހުސަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއަކުން ނަމަ، 100،000ރ. އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ބިލުގައި ވަނީ ހިމަނައިފަ އެވެ.

އޭގެ އިތުރުން، ބޭރު ފައިސާ ގަނެ ވިއްކުމަށް މަރުކަޒީ ބޭންކުން ކަނޑައަޅާފައިވާ ރޭޓު ނުވަތަ ބޭންޑަށް ވުރެ މަތީ ރޭޓުތަކުގައި ކުރާ ވިޔަފާރި ޕްރޮމޯޓުކުރުމާއި އިޝްތިހާރުކުރުމަކީ ވެސް ކުށެކެވެ. މި ކުށުގެ އަދަބަކީ  25،000ރ. އާއި 500،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. 

މި ބަދަލުތަކާއެކީ، ރަސްމީ ރޭޓަށް ވުރެ ބޮޑުކޮށް ޑޮލަރު ވިއްކުން މަނާކުރެވޭ މާއްދާއެއް ވެސް ވަނީ ހިމަނާފަ އެވެ. ކޮމިޓީން ނިންމީ ބޭރު ފައިސާ ގަނެ ވިއްކުމުގައި މުއާމަލާތްތައް ކުރަންވާނީ އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑުކޮށް ބޭރު ފައިސާ ވިއްކާ ނަމަ، 25،000ރ. އާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ގޮތަށް ގާނޫނަށް ބަދަލުތަކެއް ހުށަހަޅާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox