މަޖިލީހުގެ ގަވާއިދު ބަދަލުކުރަނީ ސަރުކާރަށް ބިންތައް ނެގޭ އިސްލާހާ ދެކޮޅަށް ހުށަހެޅި ޕެޓިޝަން ޕީއެންސީއަށް ހަޖަމުނުވެގެން: އެމްޑީޕީ

ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މީކާއިލް އަހުމަދު ނަސީމް އާއި ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މީކާއިލް އަހުމަދު ނަސީމް އާއި ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަޖިލީހަށް ކުރިން ހުށަހެޅިގެން ކުރިއަށްދާ ޕެޓިޝަނެއްގައި އެޅުމަށް ގޮވާލާފައިވާ ފިޔަވަޅެއް އަލުން އެޅުމަށް އެދި އިތުރު ޕެޓިޝަނެއް ހުށަނޭޅޭނެ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހުކުރަން މަސައްކަތް ކުރަނީ ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހާ ދެކޮޅަށް ހުށަހަޅާފައިވާ ޕެޓިޝަން ހަމަނުނުވެގެން ކަމަށް އެމްޑީޕީ މެންބަރުން ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ގަވާއިދުގެ 257-1 ގެ (ޅ) އުނިކުރަން ހުށަހަޅާފައި އޮތް މައްސަލައަށް ބަހުސްކުރައްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ މަޖިލީހަށް އީ-ޕެޓިޝަން ހުށަހެޅުމުގެ ފުރުސަތު ދިނީ މަޖިލީހުގައި ހިނގާ ބަހުސްތަކާ ގުޅޭގޮތުން ބަސްބުނުމުގެ ބާރު ރައްޔިތުންނަށް ދިނުމުގެ ގޮތުން ކަމަށެވެ.

"އަޅުގަނޑުމެންނަށް މިއަދު މި ފެންނަނީ މި ބާރު ރައްޔިތުން ބޭނުންކުރަން ފެށީމާ ޕީއެންސީއަށް އެކަން ހަޖަމުނުވާ މަންޒަރު، ޕީއެންސީގެ ސުޕަ މެޖޯރިޓީއަށް އިލެކްޓްރޯނިކް ޕެޓިޝަން ސިސްޓަމެއް،" މީކާއިލް ވިދާޅުވި އެވެ.

Advertisement

އެއް މައްސަލައެއްގައި، އެއް ފިޔަވަޅެއް އެޅުމަށް ގޮވާލައި މަޖިލީހަށް ކިތަންމެ ބައިވަރު ޕެޓިޝަނެއް ވެސް ހުށަހެޅޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކުރުމަކީ "ދެ އުޅި އެއްނުވާ" ކަމެއްގެ ގޮތުގައި މީކާއިލް ސިފަކުރެއްވި އެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ ގަވާއިދަށް އެ ބަދަލު ގެންނަން ޕީއެންސީން މަސައްކަތް ކުރަނީ ސީދާ، ރައްޔިތުން ބޭނުންވާ ގޮތަށް ހުރަސް އެޅުމުގެ ގޮތުން ކަމަށެވެ.

"ގަވާއިދަށް މިހައި ކުއްލިގޮތަކަށް ބަދަލު މިއަންނަނީ އަޅުގަނޑުމެން އެންމެންނަށް ވެސް ސާފު، ލާމަރުކަޒީ ގާނޫނަށް ހުށަހެޅިފައިވާ އިސްލާހާމެދު މި މަޖިލީހަށް ލިބިފައިވާ ޕެޓިޝަން ހުއްޓުވަން ކުރެވޭކަމެއްކަން އަޅުގަނޑުމެންނަށް ވަރަށް ސާފު،" މީކާއިލް ވިދާޅުވި އެވެ.

އެ މައުލޫގައި ބަހުސްކުރައްވަމުން ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު ވިދާޅުވީ މަޖިލިސް ގަވާއިދަށް ޕީއެންސީން ގެންނަން މަސައްކަތްކުރާ އިސްލާހަކީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ނަގައިލުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

"ރައްޔިތުންގެ ކަންބޮޑުވުން މަޖިލީހާ ހަމައަށް ގެންނަން، އެކަމަށް އޮންނަ މަގަކީ ޕެޓިޝަން ހުށަހެޅުން، އެ ޕެޓިޝަން މެދުވެރިކޮށް ކަމެއް ހުށަހެޅީމާ އެއާ ކައުންޓާކޮށްފައި ނުވަތަ އެ ހުއްޓުވާލައިފައި ނުވަތަ އޭގެ ބާރު ކަނޑުވައިލުމަށްޓަކައި އިއްޒަތްތެރި ރައީސް، ކުރެވޭ މަސައްކަތެއް މި މަސައްކަތަކީ،" މައުރޫފް ވިދާޅުވި އެވެ.

މަޖިލީހަށް ކުރިން ހުށަހެޅިގެން ކުރިއަށްދާ ޕެޓިޝަނެއްގައި އެޅުމަށް ގޮވާލާފައިވާ ފިޔަވަޅެއް އަލުން އެޅުމަށް އެދި އިތުރު ޕެޓިޝަނެއް ހުށަނޭޅޭނެ ގޮތަށް މަޖިލިސް ގަވާއިދުގައި ބަޔާންކޮށްފައި އޮންނަ މާއްދާ އުވައިލުމުގެ މަސައްކަތް ސަރުކާރުން ފެށީ ކައުންސިލްތަކުން ބަލަހައްޓާ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފާސްކުރުމަށް ގޮވާލައި ސަރުކާރު އަޑީގައި އޮވެ ސޮއި ހަމަކުރަން ފެށި ޕެޓިޝަން އޮޅިގެން ކޮމިޓީއަށް ފޮނުވުމުން، އަލުން އެފަދަ ޕެޓިޝަނެއް މަޖިލީހަށް ހުށަހެޅުމުގެ ބޭނުމުގަ އެވެ.

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ޓަކައި ރަށްތަކާއި ސިޓީ ކައުންސިލުތަކުގެ އިހުތިސާސުގައި ހިމެނޭ ބިންތައް މައި ސަރުކާރުން ބޭނުން އިރެއްގައި ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނު ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފާ ބިލު އެ އޮތް ގޮތަށް، ފާސްކުރުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ފެށީ ސަރުކާރު އަޑީގައި އޮވެ، ސ. މީދޫ ކައުންސިލްގެ ރައީސް، އަހުމަދު ޝާތިރު ލައްވަ އެވެ.

ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްކުރަން ގޮވާލައި ސަރުކާރު އަޑީގައި އޮވެ ޕެޓިޝަނެއްގައި ސޮއިކުރަން ފެށީ އެ ބިލާ ދެކޮޅަށް ހުށަހެޅި ޕެޓިޝަނެއްގައި ސޮއި ހަމަކޮށް މަޖިލީހުގެ ތަޅުމާ ހަމައަށް މައްސަލަ ގޮސްފައި ވަނިކޮށެވެ. ސޯޝަލް މީޑިއާ އެކްޓިވިސްޓު މިދުއަމް ސައުދު ހުށަހެޅި ޕެޓިޝަނުގައި އޮތީ އެ ބިލަކީ ލާމަޒުކަޒީ ގާނޫނޫގެ ރޫހާ ހިލާފު ބިލެއް ކަމަށް ބުނެ އެ ބިލު އަނބުރާ ގެންދިޔުމަށް ގޮވާލައިފަ އެވެ.

ނަމަވެސް، ސަރުކާރު އަޑީގައި އޮވެ އިއްޔެ ސޮއިކުރަން ފެށި ޕެޓީޝަން މިހާރު ވަނީ 855 މީހުންގެ ސޮއިއާއެކު ކޮމިޓީއަށް ފޮނުވައިފަ އެވެ. އެނގިފައިވާ ގޮތުގައި އެ ޕެޓިޝަން ކޮމިޓީއަށް ފޮނުވިފައި ވަނީ އޮޅިގެންނެވެ. އެހެންކަމުން، މަޖިލީހުގެ ތަޅުމުގައި އެ ޕެޓިޝަންއާ ބެހޭގޮތުން ބަހުސްކުރުމަށް ލާޒިމުވާ މިންވަރަށް ސޮއި ހަމަކުރުމުގެ ފުރުސަތެއް ދެން ނޯންނާނެ އެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން، މަޖިލީހަށް ހުށަހަޅާ ޕެޓިޝަނެއް ކޮމިޓީއަށް ފޮނުވޭނީ މަދުވެގެން 840 މީހުން ސޮއި ކުރުމުންނެވެ. ނަމަވެސް، މަޖިލީހުގެ ތަޅުމުގައި ޕެޓިޝަނަކާ ބެހޭގޮތުން ބަހުސްކުރުމަށް ލާޒިމުވާނީ އެ ޕެޓިޝަންގައި މަދުވެގެން 2100 މީހުން ސޮއިކުރުމުންނެވެ. މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރަން ލާޒިމުވާ މިންވަރަށް ސޮއި ހަމަކުރާ ނަމަ، ޖެހޭނީ ކޮމިޓީއަށް ނުފޮނުވައި 2100 މީހުންގެ ސޮއި ހަމަކުރާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox