އެއް ކަންތައްތަކެއް ކުރަން ގޮވާލާ ބައިވަރު ޕެޓިޝަން ހުށަހެޅޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކޮށްފި

މަޖިލީހުގެ ކުރީގެ ޖަލްސާއެއްގެ ތެރެއިން: މަޖިލިސް ގަވާއިދު ބަދަލުކޮށްފައި މިވަނީ ކައުންސިލްތަކުން ބަލަހައްޓާ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފާސްކުރުމަށް ގޮވާލައި ސަރުކާރު އަޑީގައި އޮވެ ސޮއި ހަމަކުރަން ފެށި ޕެޓިޝަން އޮޅިގެން ކޮމިޓީއަށް ފޮނުވުމުން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ކުރީގެ ޖަލްސާއެއްގެ ތެރެއިން: މަޖިލިސް ގަވާއިދު ބަދަލުކޮށްފައި މިވަނީ ކައުންސިލްތަކުން ބަލަހައްޓާ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފާސްކުރުމަށް ގޮވާލައި ސަރުކާރު އަޑީގައި އޮވެ ސޮއި ހަމަކުރަން ފެށި ޕެޓިޝަން އޮޅިގެން ކޮމިޓީއަށް ފޮނުވުމުން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހަށް ކުރިން ހުށަހެޅިގެން ކުރިއަށްދާ ޕެޓިޝަނެއްގައި އެޅުމަށް ގޮވާލާފައިވާ ފިޔަވަޅެއް އަލުން އެޅުމަށް އެދި ކިތަންމެ ބައިވަރު ޕެޓިޝަނެއް ވެސް ހުށަހެޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބަދަލުކޮށްފި އެވެ.

މަޖިލީހުގެ ގަވާއިދުގެ 257-1 ގެ (ޅ) އުނިކުރަން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު، މުހައްމަދު މަމްދޫހު އެވެ. އެ މާއްދާގައި އޮންނަނީ މައްސަލައަކާ ގުޅިގެން މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނެއްގައި އެޅުމަށް ގޮވާލައިފައިވާ ފިޔަވަޅެއް އެޅުމަށް އެދި އިތުރު ޕެޓިޝަނެއް ހުށަނޭޅޭނެ ކަމަށެވެ.

އެ މާއްދާ އުވައިލަން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެންބަރުންގެ ވޯޓުންނެވެ. އެ ބަދަލު ގެނައުމާ ދެކޮޅަށް ވޯޓުދެއްވީ 10 މެންބަރުންނެވެ.

ފާސްކޮށްފައި މި ވަނީ  ކައުންސިލްތަކުން ބަލަހައްޓާ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފާސްކުރުމަށް ގޮވާލައި ސަރުކާރު އަޑީގައި އޮވެ ސޮއި ހަމަކުރަން ފެށި ޕެޓިޝަން އޮޅިގެން ކޮމިޓީއަށް ފޮނުވުމުން، އަލުން އެފަދަ ޕެޓިޝަނެއް މަޖިލީހަށް ހުށަހެޅުމުގެ ބޭނުމުގަ އެވެ.

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ޓަކައި ރަށްތަކާއި ސިޓީ ކައުންސިލުތަކުގެ އިހުތިސާސުގައި ހިމެނޭ ބިންތައް މައި ސަރުކާރުން ބޭނުން އިރެއްގައި ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނު ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފާ ބިލު އެ އޮތް ގޮތަށް، ފާސްކުރުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ފެށީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެ މަސައްކަތް ފެށީ ސަރުކާރު އަޑީގައި އޮވެ، ސ. މީދޫ ކައުންސިލްގެ ރައީސް، އަހުމަދު ޝާތިރު ލައްވަ އެވެ.

މަޖިލީހުގެ ގަވާއިދު ބަދަލުކުރަނީ ސަރުކާރަށް ބިންތައް ނެގޭ އިސްލާހާ ދެކޮޅަށް ހުށަހެޅި ޕެޓިޝަން ޕީއެންސީއަށް ހަޖަމުނުވެގެން: އެމްޑީޕީ

ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހާ ދެކޮޅަށް ހުށަހެޅި ޕެޓިޝަން ހުއްޓުވުމަށްޓަކައި، މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނަން ސަރުކާރު ހިންގާ ޕީއެންސީން މަސައްކަތް ކުރާ ކަމަށް އެމްޑީޕީން ތުހުމަތުކޮށްފި.

ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްކުރަން ގޮވާލައި ސަރުކާރު އަޑީގައި އޮވެ ޕެޓިޝަނެއްގައި ސޮއިކުރަން ފެށީ އެ ބިލާ ދެކޮޅަށް ހުށަހެޅި ޕެޓިޝަނެއްގައި ސޮއި ހަމަކޮށް މަޖިލީހުގެ ތަޅުމާ ހަމައަށް މައްސަލަ ގޮސްފައި ވަނިކޮށެވެ. ސޯޝަލް މީޑިއާ އެކްޓިވިސްޓު މިދުއަމް ސައުދު ހުށަހެޅި ޕެޓިޝަނުގައި އޮތީ އެ ބިލަކީ ލާމަޒުކަޒީ ގާނޫނޫގެ ރޫހާ ހިލާފު ބިލެއް ކަމަށް ބުނެ އެ ބިލު އަނބުރާ ގެންދިޔުމަށް ގޮވާލައިފަ އެވެ.

ނަމަވެސް، ސަރުކާރު އަޑީގައި އޮވެ ސޮއިކުރަން ފެށި ޕެޓީޝަން މިހާރު ވަނީ 855 މީހުންގެ ސޮއިއާއެކު ކޮމިޓީއަށް ފޮނުވައިފަ އެވެ. އެނގިފައިވާ ގޮތުގައި އެ ޕެޓިޝަން ކޮމިޓީއަށް ފޮނުވިފައި ވަނީ އޮޅިގެންނެވެ. އެހެންކަމުން، މަޖިލީހުގެ ތަޅުމުގައި އެ ޕެޓިޝަންއާ ބެހޭގޮތުން ބަހުސްކުރުމަށް ލާޒިމުވާ މިންވަރަށް ސޮއި ހަމަކުރުމުގެ ފުރުސަތެއް ދެން ނޯންނާނެ އެވެ.

މަޖިލިސް ގަވާއިދު ބަދަލުކުރަނީ، ސަރުކާރު އަޑީގައި އޮވެގެން ސޮއި ހަމަކުރަން ފެށި ޕެޓިޝަން އޮޅިގެން ކޮމިޓީއަށް ފޮނުވުމުން

ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ތާއީދުކޮށް ސަރުކާރުގެ ބައިވެރިވުމާއެކު ތައްޔާރުކުރި ޕެޓިޝަން، މަޖިލީހުގެ ތަޅުމުގައި ބަހުސްކުރެވޭ މިންވަރަށް ސޮއި ހަމަވުމުގެ ކުރިން އޮޅިގެން ކޮމިޓީއަށް ވަނީ ފޮނުވާލައިފަ އެވެ. މަޖިލީހުގެ ގަވާއިދަށް ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަނީ އިތުރު ހަމަ އެ މައްސަލައިގައި އިތުރު ޕެޓިޝަނެއް ހުށަހެޅުމަށެވެ.

މަޖިލިސް ގަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތުން، ދިވެހިރާޢްޖޭގެ އާބާދީގެ 0.2 އިންސައްތަ މީހުން ސޮއިކުރާ ޕެޓިޝަނެއް ހުށަހެޅޭނީ މަޖިލީހުގެ ކޮމިޓީއަށެވެ. ތަޅުމުގައި ބަހުސްކުރަން ލާޒިމު ވާނީ ރާއްޖޭގެ އާބާދީގެ 0.5 ޕަސެންޓު މީހުން ސޮއިކުރާ ޕެޓިޝަންތަކާ ގުޅޭގޮތުންނެވެ. ރާއްޖޭގެ މިހާރުގެ އާބާދީގެ 0.5 ޕަސެންޓު މީހުންނަކީ 840 އެވެ. 0.5 ޕަސެންޓަކީ 2100 އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox