ހޫތީންނާ ދެކޮޅު ކޯލިޝަންގައި ރާއްޖެއިން ބައިވެރިވާން ކެބިނެޓުން ފާސްކުރި ނިންމުމަށް މަޖިލީހުން ރުހުންދީފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަދަން ކަނޑާއި ރަތް ކަނޑު އަދި ބާބުލްމަންދިބް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ދޭ ހަމަލާތަކާ ދެކޮޅަށް ސައުދީ އަރަބިއްޔާއިން އިސްނަގައިގެން އުފެއްދި ކޯލިޝަންގައި ރާއްޖެއިން ބައިވެރިވާން ވަޒީރުންގެ މަޖިލީހުން ފާސްކުރި ނިންމުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.

އެ ކޯލިޝަންގައި ބައިވެރިވުމަށް 58 މެންބަރުންނެވެ. ދެކޮޅަށް ވޯޓުދެއްވީ ކެޔޮދޫ ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު ނިއުޝާދު އެކަންޏެވެ. އެއްވެސް ކޮޅަކަށް ވޯޓުދޭން ނުފެންނަކަމަށް ހަ މެންބަރަކު ވޯޓުދެއްވި އެވެ.

ސައުދީ ހިމެނޭހެން ޖުމުލަ 14 ގައުމެއްގެ ބައިވެރިވުމާއެކު ޖުލައި 30، ގައި އިއުލާނުކުރި މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް އެލަޔަންސްގައި ރާއްޖެއިން ބައިވެރިވާން ވަޒީރުންގެ މަޖިލީހުން ފާސްކުރީ އޯގަސްޓު 2، ގައި ބޭއްވި އެ މަޖިލީހުގެ ބައްދަލުވުމުގަ އެވެ.

Advertisement

އެ ނިންމުމާ އެއްގޮތަށް، ޗާޓާ އޮފް ދަ މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަންގައި ރާއްޖެއިން ބައިވެރިވެ، ސޮއިކޮށް އެ މުއާހަދާ ތަސްދީގުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން އެ މަޖިލީހަށް ފޮނުވީ އޯގަސްޓު 11، ގަ އެވެ.

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީގައި ބަޔާން ކޮށްފައި ވަނީ އެ ކޯލިޝަންގައި ރާއްޖެއިން ބައިވެރިވެ ސޮއިކުރުމަކީ ދިވެހިރައްޔިތުން އޭގެ އެއްވެސް އިލްތިޒާމެއް އުފުލަން ނުޖެހޭ ކަމެއް ކަމަށެވެ.

ސައުދީ އިސްވެ އޮވެ އުފެއްދި މެރިޓައިމް ޑިފެންސް ކޯލިޝަންގައި ދެން ބައިވެރިވަނީ ބަހުރެއިން، ބަންގްލަދޭޝް، ކޮމޮރޯސް، ޖިބޫޓީ، މިސްރު، އުރުދުން، ކުވައިތު، ގަތަރު، ސޯމާލިއާ، ސޫދާން، ތުރުކީ އަދި، ޔަމަނުގެ ސަރުކާރެވެ. އެ ކޯލިޝަނުގެ ފުރަތަމަ ބައްދަލުވުން ބާއްވަން ތާވަލުކޮށްފައި ވަނީ މާދަމާ އާއި އޭގެ އަނެއް ދުވަހު އެވެ.

އަދަން ކަނޑާއި ރަތް ކަނޑުގެ އިތުރުން ބާބުލް މަންދިބުގެ ސަރަހައްދަށް ކުރިމަތިވާ ކޮންމެ ނުރައްކަލެއް ނުވަތަ ހަމަލާއަކާ ދެކޮޅަށް މަސައްކަތްކުރުމާއި އެކަމާބެހޭ އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމުގެ އިތުރުން ޖޮއިންޓް އެކްސަސައިޒްތައް ހިންގުމަށް އެ ކޯލިޝަންގައި ބައިވެރިވާ ހުރިހާ ގައުމަކުން އެއްބަސްވާން ޖެހެ އެވެ.

ޖިބޫޓީ އާއި ޔަމަނާ ދެމެދު އޮންނަ ބާބުލްމަންދިބު ކަނޑުއޮޅިން ބައިނަލްއަގުވާމީ ވިޔަފާރީގެ 12 ޕަސެންޓު އުފުލަ އެވެ. މުޅި ދުނިޔޭގެ މެރިޓައިމް ތެލުގެ 11 ޕަސެންޓަކީ އެ ކަނޑުއޮޅިން އުފުލާ އެއްޗެކެވެ.

ސައުދީ އިސްވެއޮވެ މެރިޓައިމް ކޯލިޝަނެއް އުފެއްދީ ސައުދީގެ އުޅަނދުފަހަރަށް ބާބުލްމަންދިބު ހުރަސްކޮށް ދަތުރުކުރުން ހޫތީން މަނާކުރިތާ ހަފުތާއެއް ފަހުންނެވެ. ހޫތީން އެ ނިންމުން ނިންމީ ޒަމާންތަކެއް ވަންދެން، ޔަމަނުގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކުގައި، ސައުދީ ގަބޫލުކުރާ ޔަމަނުގެ ސަރުކާރަށް މަދަދުވެރިވެ ހޫތީންނާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox