"ރޭރަން" ދުވުމުގައި ގައި ބައިވެރިވުމަށް ހުޅުވާލައިފި

Aug 18, 2026, 7:38 AM
މި ދުވުމުގައި ހަތަރު ކެޓަގަރީއެއް ހިމެނޭ، އެއީ މެރަތަން، ހާފް މެރަތަން، 10 ކިލޯމީޓަރު އަދި 5 ކިލޯމީޓަރު

މި ދުވުމުގައި ހަތަރު ކެޓަގަރީއެއް ހިމެނޭ، އެއީ މެރަތަން، ހާފް މެރަތަން، 10 ކިލޯމީޓަރު އަދި 5 ކިލޯމީޓަރު

ދިވެހި ގައުމީ ބަތޮލު، އުތީމު މުހައްމަދު ތަކުރުފާނު އަލްއައުޒަމްގެ މަތިވެރި ޖިހާދާއި ނުގުޑާފަދަ އަޒުމު އާލާކުރުމުގެ މަގުސަދުގައި ބާއްވާ  "ރޭރަން" (Reyrun) ދުވުމުގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފި އެވެ.

މިއީ ކަޅުއޮށްފުންމީގައި އަނދިރި ރޭތަކުގައި ދިވެހިރާއްޖޭގެ މިނިވަންކަމަށްޓަކައި ކުރެއްވި އަށް އަހަރުގެ ދިގު ޖިހާދުގެ ހިތްވަރާއި، ގައުމީ ރޫހު ދިރުވައި އާލާކުރުމުގެ ގޮތުން ބާއްވާ ދުވުމެއް ކަމަށް، ދުވުން އިންތިޒާމުކުރާ ވީރަން މޯލްޑިވްސްއިން ބުންޏެވެ.

"ރޭރަން އަކީ ދިވެހިންގެ އަމިއްލަ ސަގާފީ އަދި ތާރީހި އަޒުމު ދައްކުވައިދޭނެ ދުވުމެއް. މިއީ ނުގުޑާފަދަ އަޒުމާއި، ކެތްތެރިކަމާއި، ސާބިތުކޮށްދޭނެ އިންތިހާނެއް ފަދަ ދުވުމެއް،" ވީރަންގެ މެނޭޖިން ޑިރެކްޓަރު ޒިނާން ބުންޏެވެ. 

Advertisement

ސެޕްޓެމްބަރު 4 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ބާއްވާ މި ދުވުމުގެ ރަޖިސްޓްރޭޝަން ފީއަކީ 300ރ އާއި 450ރ އާދެމެދުގެ އަދަދެކެވެ. 

މި ދުވުން ފަށާނީ ސެޕްޓެމްބަރު 4 ވަނަ ދުވަހުގެ ރޭ މެންދަމު 2:00 ގަ އެވެ. 

ކެޓަގަރީދުރުމިންފަށާ ގަޑި (ސެޕްޓެމްބަރު 4، 2026)
މެރަތަން42 ކިލޯމީޓަރު02:00 
ހާފް މެރަތަން21 ކިލޯމީޓަރު04:00
10ކޭ ދުވުން10 ކިލޯމީޓަރު05:30 
5 ކޭ ދުވުން5 ކިލޯމީޓަރު06:00 

މި ދުވުމުގައި ބައިވެރިވާ ދުވުންތެރިންނަށް ކުޑަކުދިންގެ ސައިޒުން ފެށިގެން ބޮޑެތި މީހުންގެ (Kids XS އިން Kids XL، އަދި XXS އިން XXL) ކިޓް ލިބެން ހުންނާނެ އެވެ.

ސްޓާޓިން ލައިނުން ފެށިގެން ފިނިޝިން ލައިނާ ހަމައަށް ކޮންމެ ދުވުންތެރިއަކުވެސް ރަމްޒުކޮށްދޭނީ ދިވެހިންގެ ސާބިތުކަން ކަމަށް ޒިނާން ބުންޏެވެ.

މި ދުވުމުގެ މެރަތަން އާއި ހާފް މެރަތަންގައި ބައިވެރިވެވޭނީ 18 އަހަރުން މަތީގެ މީހުންނަށެވެ. ނަމަވެސް 10 ކިލޯމީޓަރާއި 5 ކިލޯމީޓަރުގެ ދުވުމުގެ ކުޑަކުދިންނަށް ވެސް ބައިވެރިވެވޭނެ އެވެ. 

ފަހުގެ ޚަބަރު

11 ރަށެއްގައި އައިސްޕްލާންޓް އެޅުމަށް މެލޭޝިއާގެ ކުންފުންޏަކަށް

މަސްވެރިންނަށް އައިސް ލިބުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ރާއްޖޭގެ 11 ރަށެއްގައި 30 ޓަނުގެ އައިސްޕްލާންޓް އެޅުމަށް މެލޭޝިއާގެ އަލްޓަސް އޮއިލް އެންޑް ގޭސް ކުންފުންޏާ މިއަދު ހަވާލުކޮށްފި. މިއީ އެއްގަމުގައި ހުންނަ އައިސްޕްލާންޓުތަކަށް ބަރޯސާވުން ކުޑަކުރުމަށް ސަރުކާރުން ކުރިން ގެންގުޅުނު ސިޔާސަތާ ތަފާތު ނިންމުމެއް.

ރިސޯޓު މަދު އަތޮޅުތަކުގެ ރަށްތަކުގެ އެކުއިޒިޝަން އަގު ހެޔޮކޮށްފި

މި ބަދަލާއެކު ރަށްތަކުގެ ބޭސް ރޭޓާއި ހެކްޓަރަކަށް ޖެހޭ އަގު ކުޑަކޮށްފައިވީ ނަމަވެސް، ފަޅުތައް ކުއްޔަށް ދޫކުރާ އަގަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވޭ. ސަރުކާރުން މިފަދަ ލުއިތަކެއް ދީފައިވަނީ ރިސޯޓު ތަރައްގީކުރަން އިއުލާންކުރާ ރަށްތަކަށް އިންވެސްޓަރުން ލިބުން ދަތިވެފައިވާ ދަނޑިވަޅެއްގަ.

އެމްއެސް ފައިނޭންސްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލުކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ހިލާފުވުމުގެ ސަބަބުން އެމްއެސް ފައިނޭންސްގެ ލައިސަންސް ހިފަހައްޓައި، އެ ކުންފުނި 500،000ރ. އިން އެމްއެމްއޭ އިން ޖޫރިމަނާކޮށްފި. އެފްއޭއެމްގެ ހިޔާނާތުގެ ފައިސާ ލޯންޑާކުރަން ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ މި ކުންފުންޏަކީ، ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް ފެށި މަސައްކަތުގެ ތެރެއިން ފިޔަވަޅު އެޅި ދެވަނަ މަނީ އެކްސްޗޭންޖު.

މެލޭޝިއާ އެއާލައިންސް ޓިކެޓުތަކުން ގްރީން ޓެކްސް ނަގަން ވިސްނަނީ

ތިމާވެއްޓާ ރައްޓެހި އޭވިއޭޝަން ފިއުލް (އެސް.އޭ.އެފް) ބޭނުންކުރުމަށް ހިނގާ ބޮޑު ހޭދަ ފޫބެއްދުމަށްޓަކައި، މެލޭޝިއާ އެއާލައިންސްގެ ޓިކެޓުތަކުން "ގްރީން ޓެކްސް" އެއް ނެގުމަށް އެ ކުންފުނިން ދަނީ ވިސްނަމުންނެވެ. މި ފިޔަވަޅަކީ 2050 ވަނަ އަހަރާ ހަމައަށް ޖައްވަށް ދޫކުރާ ކާބަން މަދުކުރުމަށް ކުރާ މަސައްކަތުގެ ބައެއް ނަމަވެސް، މީގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ އަގުތައް އުފުލިގެންދާނެއެވެ.

އެމްއެޗްއޭ މާޓް ހުޅުމާލެ ފޭސް 2 ގައި ހުޅުވައިފި

އެމްއެޗްއޭގެ ފަސްވަނަ ފިހާރަ "އެމްއެޗްއޭ މާޓް" ހުޅުމާލެ ފޭސް 2 ގެ އަމާން އުދަރެސް ޓަވަރުގައި މިދިޔަ ބުރާސްފަތި ދުވަހު ހުޅުވައިފިއެވެ. ދެ ބުރިއަށް ފަރުމާކޮށްފައިވާ މި ޒަމާނީ ފިހާރައަކީ ކާބޯތަކެއްޗާއި ދިރިއުޅުމުގެ ޒަރޫރީ ސާމާނު އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ލިބޭނެހެން ހުޅުވި ފިހާރައެކެވެ.

ބޭންކުތަކުން ސަރުކާރަށް ފަނޑުކުރާތީ ވިޔަފާރިތަކަށް ފައިސާ ނެތް

އަހުމަދު މުހައްމަދު ވިދާޅުވީ ބޭންކުތަކުން ސަރުކާރަށް ފައިސާ ދޫކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ ރުފިޔާ އާއި ޑޮލަރު ލިބުމުގައި ދަތިކަމަށް. ސަރުކާރުގެ ދައުރުގައި އެތެރޭގެ ދަރަނި 45 އިންސައްތަ އިތުރުވެފައިވާއިރު، މާލީ ދަތިތަކުން އަރައިގަނެވޭނީ މާލީ ޒިންމާދާރުކަން އިސްކޮށްގެން ކަމަށް އޭނާ ވިދާޅުވި.

ޔޭޔޭ ޕްރޮމޯޝަން: 5 އުމްރާ ދަތުރާއި ފައިސާގެ އިނާމު

ޔޭޔޭ ކޮފީން "ސްކޭން އެންޑް ވިން" ނަމުގައި ފެށި ޕްރޮމޯޝަނުގައި، 5 ފަރާތަކަށް އުމްރާ ދަތުރާއި، ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު ފައިސާގެ އިނާމު ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނޮވެމްބަރު 30 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޔޭޔޭ ޕެކެޓުގައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްގެންނެވެ.

Newsletter

Get the latest news delivered straight to your inbox