އުމުރުން 39 އަހަރުގެ ވާޑީގެ މިސްރާބު އިޓަލީ އަށް ފަހު ބްރެޒިލަށް

Aug 17, 2026, 7:53 PM
ކްރެމޮނީސޭގެ މެޗެއްގެ ތެރެއިން ވާޑީ.

ކްރެމޮނީސޭގެ މެޗެއްގެ ތެރެއިން ވާޑީ.

ލަންޑަން (އޮގަސްޓް 17) - ފާއިތުވި ސީޒަނުގައި އިޓަލީގެ ކްރެމޮނީސޭ އަށް ކުޅުނު 39 އަހަރުގެ އިނގިރޭސި ފޯވާޑް، ޖޭމީ ވާޑީ އަށް ބްރެޒިލްގެ ގަދަބާރު، ސައޮ ޕައޮލޯ އިން އޮފާއެއް ލިބިފައިވާ ކަމަށް އީއެސްޕީއެން ބްރެޒިލް އިން ރިޕޯޓްކޮށްފި އެވެ. 

ލެސްޓާ ސިޓީއާ އެކު ގިނަ ކާމިޔާބީތަކެއް ވާޑީ، މިދިޔަ އަހަރުގެ އޮގަސްޓް މަހު، އެ ކްލަބް ދޫކޮށްލާފައިވަނީ، 13 އަހަރަށް ފަހު އެވެ. ލެސްޓާ އަށް ވާޑީ ސޮއިކުރީ އިނގިރޭސި އެންމެ ދަށް ޑިިވިޝަނުގައި 2012 ވަނަ އަހަރު ވާދަކުރަމުން އައި ފްލީޓްވުޑް ޓައުން އިންނެވެ.

އިނގިރޭސި ތިން ވަނަ ޑިވިޝަނަށް ރެލިގޭޓްވެ، މާލީ މައްސަލަތަކެއްގައި މި ވަގުތު އޮތް، ލެސްޓާ އިން ވާޑީ ސިފަ ކުރަނީ، އެ ކްލަބްގެ ތާރީހުގައި ވެސް ފެނިގެންދިޔަ އެންމެ ހާއްސަ ކުޅުންތެރިޔާގެ ގޮތުގަ އެވެ. ވާޑީ އަކީ ޕްރިމިއާ ލީގުގައި އެ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. ޖުމްލަ އެކު، ހުރިހާ މުބާރާތެއްގައި ލެސްޓާ އަށް ވާޑީ ވަނީ 500 މެޗުން 200 ގޯލު ޖަހައިދީފަ އެވެ.

މިދިޔަ ސީޒަނުގައި އިޓާލިއަން ލީގަށް ޕްރޮމޯޓްވި ކްރެމޮނީސޭ އިން ވާޑީ އަށް ދިން ކޮންޓްރެކްޓް މިދިޔަ ޖޫން މަހުގެ ނިޔަލަށް ވަނީ ހަމަވެފަ އެެވެ. މިދިޔަ ސީޒަނުގައި ކްރެމޮނީސޭ އަށް ވާޑީ ކުޅެދިން 27 މެޗުން ހަތް ލަނޑު ޖަހައި ތިން ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ. ކްރެމޮނީސޭ އިން ވާޑީ އަށް އިތުރު ކޮންޓްރެކްޓެއް ނުދޭން ނިންމީ ސެރީ ބީ އަށް އެ ޓީމު ރެލިގޭޓްވުމުންނެވެ. 

އަންނަ ސީޒަނުގައި އިނގިރޭސި ދެ ވަނަ ޑިވިޝަނުގައި ވާދަކުރަން ޖެހިފައިވާ ލަންޑަންގެ ވެސްޓް ހޭމް ޔުނައިޓެޑުން ވާޑީ ގެންދަން މަޝްވަރާ ކުރާ ކަމަށް އިނގިރޭސި ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ. އެކަމަކު، އޭގެ ފަހުން ސައޮ ޕައޮލޯގެ އޮފާ ލިބުމާ އެކު، ވާޑީ އަންނަނީ އެ ޑީލާ މެދު ވިސްނަމުންނެވެ. 

ވާޑީ ވަނީ ލެސްޓާއާ އެކު، 2016 ވަނަ އަހަރު ޕްރިމިއާ ލީގު ކާމިޔާބުކޮށްފަ އެވެ. އެ ފަަހަރު، ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިއަކީ ވެސް ވާޑީ އެވެ. އެ ފަހަރު އޭނާ ވަނީ ލީގުގައި 24 ގޯލު ޖަހައިފަ އެވެ. މީގެ އިތުރުން، ލެސްޓާ އިން 2021 ވަނަ އަހަރުގެ އިނގިރޭސި އެފްއޭ ކަޕް ޗެމްޕިއަންކަން ހޯދި ޓީމަށް ވެސް ވާޑީ ވަނީ ކުޅެފަ އެވެ.

ވާޑީއާ އެކު ސައޮ ޕައޮލޯ އިން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު މަޝްވަރާތަކެއް ކުރިއަށްގެންދާނެ ކަމަށް އީއެސްޕީއެން ބްރެޒިލުން ރިޕޯޓްކޮށްފައިވެ އެވެ. އަދި، އެ ޓީމުން ވެސް ވިސްނަނީ، އިނގިރޭސި ގައުމީ ޓީމަށް 26 މެޗުން ހަތް ލަނޑު ޖަހައިދީފައިވާ ވާޑީ އަށް އެއް އަހަރުގެ ކޮންޓްރެކްޓެއް ދިނުމަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. 

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox