ޕީއެސްޖީ ސިއްސުވާލައި ލޯންސް އިން ފްރެންްޗް ސުޕަަ ކަޕް ކާމިޔާބުކޮށްފި

Aug 17, 2026, 10:40 AM
ޕީއެސްޖީ ބަލިކޮށް ލޯންސް އިން ފްރެންޗް ކަޕް ކާމިޔާބުކޮށް ބޭއްވި އުފާފާޅުކުރުމުގެ ތެރެއިން،

ޕީއެސްޖީ ބަލިކޮށް ލޯންސް އިން ފްރެންޗް ކަޕް ކާމިޔާބުކޮށް ބޭއްވި އުފާފާޅުކުރުމުގެ ތެރެއިން،

ޕެރިސް (އޮގަސްޓް  17) - ޕީއެސްޖީ 1-0 އިން ބަލިކޮށް އެ ޓީމު ސިއްސުވާލުމަށް ފަހު، ލޯންސް އިން ފްރެންޗް ސުޕަ ކަޕް ޗެމްޕިއަންކަން ހޯދައިފި އެވެ. 

މިއީ، މިދިޔަ މެއި މަހު ފްރެންޗް ކަޕް ތަށި ހޯދި ލޯންސް އިން ފްރާންސްގެ ފުޓްބޯޅަ ސީޒަން ފަށަން ކުޅޭ ސުޕަ ކަޕްގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެެވެ.

މިއީ، މިދިޔަ ސީޒަނުގައި ލޯންސް އަށް ކާމިޔާބު ހޯދައިދިން ކޯޗު ޕިއޭރޭ ސާޖް އެ ޓީމު ދޫކޮށްލި ފަހުން އެ ޓީމާ ދެން ހަވާލުވި ޑީނޯ ޓޮޕްމޯއެލާގެ އިރުޝާދުގެ ދަށުން ކުޅުނު ރަސްމީ ފުރަތަމަ މެޗެވެ. 

ދާދި ފަހުން، އެސްޓަން ވިލާ ބަލިކޮށް، ޔުއެފާ ސުޕަ ކަޕް ޗެމްޕިއަންކަން ހޯދި ޕީއެސްޖީ އަށް ރޭ ލޯންސް ކައިރީގައި މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. 

ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ލޯންސް އިން ޖެހީ ފުރަަތަމަ ހާފުގަ އެވެ. އެ ގޮތުން، 32 ވަނަ މިނިޓްގައި ލޯންސް އިން މި ލަނޑު ޖެހީ ފްލޯރިއަން ތޯވާން އެވެ. މިއީ، އެ ޓީމުގެ މަތިއޫ އުޑޯލް ފޮނުވާލަން އުޅުނު ބޯޅައަކަށް އަރައި، ތޯވާން ޖެހި ގޯލެކެވެ. ލޯންސް އިން މި މެޗުގައި ލީޑުނެގިތާ ހަ މިނިޓް ފަހުން، އެ ޓީމަށް ޕްރެޝަރު ހާލަތެއް ދިމާވި އެވެ. އެއީ، 39 ވަނަ މިނިޓްގައި ލޯންސްގެ ކީލިއަން އެންޓޯނިއޯ އަށް ސީދާ ރަތެއް ދެއްކުމުންނެވެ. އޭނާ އަށް ރަތެއް ދެއްކީ ޕީއެސްޖީގެ މެގްނެސް އަކްލިއޫޝް އަށް ކުރި ފައުލަކަށެވެ. 

ލޯންސް އިން ކުޅުންތެރިއަކު މަދުކޮށް، މެޗުގެ ބޮޑުބައި ކުޅެން ޖެހުނު ނަމަވެސް ރަނގަޅަށް ޑިފެންސްކޮށް ޕީއެސްޖީގެ އެޓޭކްތައް ހުއްޓުވި އެވެ. މެޗުގައި ޕީއެސްޖީން ވެސް ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ، ދެ ވަނަ ހާފުގައި ލޫކަ ޑީންޏާގެ ބަދަލުގައި ކުޅެން އެރި، ނޫނޯ މެންޑޭސް އަށް މެޗުގެ 86 ވަނަ މިނިޓްގައި ރަތެއް ދެއްކުމުންނެވެ. 

ރޭގެ މެޗުގައި ޕީއެސްޖީން ބްރެޑްލީ ބާކޮލާ އާއި އިބްރާހިމް އެމްބާއޭ އަށް މެޗުގެ ސްކޮޑުން ވެސް ފުރުސަތު ނުދެ އެވެ. އެ ދެ ކުޅުންތެރިންގެ ސޮއި ހޯދަން އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލުން އަންނަނީ މަސައްކަތްކުރަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox