މާވެލްގެ އާ "އެކްސް-މެން" ގެ ވަރުގަދަ ކާސްޓް އިއުލާނުކޮށްފި
ޑިޒްނީގެ "ޑީ23" އިވެންޓުގައި، 2028 ވަނ އަހަރު ރިލީޒްކުރާ މާވެލްގެ އާ "އެކްސް-މެން" ފިލްމުގެ ވަރުގަދަ ކާސްޓް ރަސްމީކޮށް އިއުލާނުކޮށްފިއެވެ. މި ފިލްމުގެ މުހިންމު ރޯލުތަކުން ސޭޑީ ސިންކް، ކިޓް ކޮނާ އަދި އެޑަމް ޑްރައިވާ ފަދަ މަޝްހޫރު ތަރިން ފެންނާނެކަން ހާމަކޮށްފައިވާއިރު، މީގެ އިތުރުން "ފްރޯޒަން 3" އާއި "ސްޓާ ވޯޒް" ގެ އާ މަޝްރޫއުތަކުގެ ތަފްސީލުތައް ވެސް މި ހަރަކާތުގައި ވަނީ ދައްކާލާފައެވެ.