ރިޝްވަތު ހޯއްދެވި މައްސަލައިގައި ކޮރެއާގެ ކުރީގެ ފަސްޓް ލޭޑީ ހަތް އަހަރަށް ޖަލަށް

Jun 26, 2026, 7:00 PM
ދެކުނު ކޮރެއާގެ ކުރީގެ ފަސްޓް ލޭޑީ

ދެކުނު ކޮރެއާގެ ކުރީގެ ފަސްޓް ލޭޑީ

ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން ސުކް ޔޯލްގެ އަނބިކަނބަލުން ކިމް ކިއޮން ހީގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވެ، ހަތް އަހަރުގެ ޖަލު ހުކުމެއް އެ ގައުމުގެ ސޯލް ސެންޓްރަލް ޑިސްޓްރިކްޓް ކޯޓުން އިއްޔެ އިއްވައިފި އެވެ.

މި ހުކުމް އިއްވާފައިވަނީ ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ވަކި ބަޔަކަށް ފައިދާ ހޯދައިދިނުމުގެ ބަދަލުގައި އަގުބޮޑު ގަހަނާ އާއި ލަގްޒަރީ ދަބަސް ފަދަ ތަކެތި ރިޝްވަތުގެ ގޮތުގައި ކިމް ހޯއްދެވިކަން ކޯޓަށް ސާބިތުވުމާ ގުޅިގެންނެވެ.

މި މައްސަލަ ބެއްލެވި އިސް ގާޒީ ވިދާޅުވި ގޮތުގައި، ކިމް ވަނީ ފަސްޓް ލޭޑީގެ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ސަރުކާރާއި ޕާލަމެންޓުގެ މުހިންމު މަގާމުތައް ހޯދައިދިނުމަށާއި ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އެހީތެރިވެދީފަ އެވެ. އާންމު ރައްޔިތުންނަށް މުޅި އުމުރުގައި ވެސް ފެންނަން ނުލިބޭ ފަދަ އަގުބޮޑު ތަކެތި ރިޝްވަތުގެ ގޮތުގައި ހޯއްދެވުމުގައި ކިމް އެއްވެސް ޖެހިލުމެއް ނެތި އަމަލުކުރައްވާފައިވާ ކަމަށް ގާޒީ ފާހަގަކުރެއްވި އެވެ.

ކިމް ރިޝްވަތުގެ ގޮތުގައި ހޯއްދެވި ތަކެތީގެ ތެރޭގައި ޑިއޯ ބްރޭންޑުގެ އަތްދަބަހަކާއި، ގާތްގަނޑަކަށް ފަންސަވީސް ހާސް އެމެރިކާ ޑޮލަރުގެ އަގުހުރި ވެޝެރޮން ކޮންސްޓަންޓިން ގަޑިއެއްގެ އިތުރުން އެއްލައްކަ ސާޅީސް ހާސް ޑޮލަރުގެ އަގުހުރި ކުރެހުމެއް ހިމެނޭ ކަމަށް ކޯޓުގެ ރިޕޯޓުތަކުން ދައްކަ އެވެ.

ކޯޓުން ހާމަކުރި ގޮތުގައި ކިމްއަށް ރިޝްވަތު ދިން މީހުންގެ ތެރޭގައި އޭނާގެ ދަނބިދަރިއަށް ސަރުކާރުގެ ވަޒީފާއެއް ހޯދުމަށް މަސައްކަތް ކުރި ކުންފުންޏެއްގެ ވެރިއަކާއި، މަތީ ފަންތީގެ އޮފިޝަލުންނާ ގުޅުން ބަދަހިކުރަން ބޭނުންވި ދީނީ އިލްމުވެރިއަކާއި، އަމިއްލަ ޔުނިވާސިޓީއެއްގެ ކުރީގެ އިސްވެރިޔާ ހިމެނެ އެވެ. 

މި އަމަލުތަކުގެ ސަބަބުން ސަރުކާރުގެ މަގާމުތަކަށް މީހުން އައްޔަންކުރުމުގައި އޮންނަންޖެހޭ އިންސާފުވެރިކަމަށް އާންމުން ކުރާ އިތުބާރު ވަރަށް ބޮޑަށް ގެއްލިފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ. ޖަލު ހުކުމުގެ އިތުރުން ކޯޓުން ވަނީ ކިމް ފަސްދޮޅަސް ހަތަރު މިލިއަނަށްވުރެ ގިނަ ވޮންއިން ޖޫރިމަނާކޮށް، ރިޝްވަތުގެ ގޮތުގައި ލިބުނު ތަކެތި ފެނިއްޖެ ނަމަ ދައުލަތަށް ނެގުމަށް އަމުރުކޮށްފަ އެވެ.

ކިމްގެ މައްޗަށް ކުރެވުނު ހުރިހާ ތުހުމަތުތަކަށް އޭނާ ވަނީ އިންކާރުކުރައްވާފަ އެވެ. އޭނާގެ ވަކީލުން ބުނާ ގޮތުގައި މި ހުކުމް އިސްތިއުނާފު ކުރާނެ އެވެ. ކިމް މިހާރުވެސް ހުންނެވީ ހިއްސާގެ ބާޒާރުގައި މަކަރު ހެދުމާއި އެހެން ރިޝްވަތުގެ މައްސަލައެއްގައި މިދިޔަ އޭޕްރީލް މަހު އިއްވި ހަތަރު އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރެއްވުމަށް ޖަލުގަ އެވެ.

ކިމްގެ ފިރިކަލުން އަދި ކުރީގެ ރައީސް ޔޫން ސުކް ޔޯލް މަގާމުން ވަކިކޮށް އޭނާގެ މައްޗަށް ބަޣާވާތް ރޭވުމުގެ ކުށް ސާބިތުވެ، މިދިޔަ ފެބްރުއަރީ މަހު ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox