މޫއޭ ތައި އިން ރާއްޖޭގެ އީލާފަށް ދެ ވަނަ ރަން މެޑަލް

Aug 12, 2026, 7:28 PM
ސްރީ ލަންކާގެ ޕްރޯ މޫއޭ ތައި ޗެމްޕިއަންޝިޕުން ރާއްޖެ އަށް ރަން މެޑަލް ހޯދައިދިން އީލާފް

ސްރީ ލަންކާގެ ޕްރޯ މޫއޭ ތައި ޗެމްޕިއަންޝިޕުން ރާއްޖެ އަށް ރަން މެޑަލް ހޯދައިދިން އީލާފް

ސްރީ ލަންކާގައި ކުރިއަށްދިޔަ ޕްރޯ މޫއޭ ތައި ޗެމްޕިއަންޝިޕްގައި ވާދަކޮށް ރާއްޖޭގެ އަހުމަދު އީލާފް ނަދީމް، ކެރިއަރުގައި ދެ ވަނަ ރަން މެޑަލް ހޯދައިފި އެވެ. 

އީލާފް، މޫއޭ ތައި އިން ރާއްޖެ އަށް ފުރަތަމަ ރަން މެޑަލް ގެނެސްދިނީ މި އަހަރުގެ ފެބްރުއަރީ މަހު ކުރިއަށްދިޔަ ލަންކާގެ ނެޝަނަލް މޫއޭ ތައި ޗެމްޕިއަންޝިޕް މުބާރާތަކުންނެވެ. 

ކޮލަމްބޯގެ ބަންޑާރަނައިކެ މެމޯރިއަލް އިންޓަނޭޝަނަލް ކޮންފަރެންސް ހޯލުގައި ކުރިއަށްދިޔަ ޕްރޯ މޫއޭ ތައި ޗެމްޕިއަންޝިޕްގައި އީލާފް ވަރަށް ރަނގަޅަށް ތައްޔާރުވި އެވެ.

އެ ގޮތުން، މި ޗެމްޕިއަންޝިޕްގައި އީލާފް ރަން މެޑަލް ހޯދީ މިޑްލްވެއިޓް 76 ކިލޯ ކެޓަގެރީގައި ވާދަކޮށެވެ. އެއީ، ފައިނަލުގައި، ލަންކާގެ އިސުރު އަތުން މޮޅުވެގެންނެވެ.

މިއީ، ޕްރޯ މޫއޭ ތައި ޗެމްޕިއަންޝިޕުގައި ވާދަކޮށް އީލާފް ރަން މެޑަލް ހޯދި ދެ ވަނަ ފަހަރެވެ.

ސްރީ ލަންކާގެ ޕްރޯ މޫއޭ ތައި ޗެމްޕިއަންޝިޕުން ރާއްޖެ އަށް ރަން މެޑަލް ހޯދައިދިން އީލާފް
ސްރީ ލަންކާގެ ޕްރޯ މޫއޭ ތައި ޗެމްޕިއަންޝިޕުން ރާއްޖެ އަށް ރަން މެޑަލް ހޯދައިދިން އީލާފް

މި ފަހަރުގެ މޫއޭ ތަށި ޗެމްޕިއަންޝިޕްގައި، ރާއްޖޭގެ ފައިޓަރެއް ކަމަށްވާ ޑެނިއަލް އަހްމަދު ޒަކީ ވެސް ވާދަކުރި އެވެ. އެ ގޮތުން، އޭނާ ވާދަކުރީ ލަންކާގެ ފަހަދުއާ އެވެ. ފަހަދު އަތުން ނާކާމިޔާބުވެ، ޑެނިއަލް އަށް ލިބުނީ ވާދަކުރި އިވެންޓުގެ ރަނަރަޕް އެވެ. 

ޕްރޯ މޫއޭ ތައި ޗެމްޕިއަންޝިޕަކީ ލަންކާގައި ކުރިއަށްދާ މި ކުޅިވަރުގެ ބާއްވާ އެންމެ ބޮޑު ހަރަކާތެވެ.

އީލާފް އާއި ޑެނިއަލް، މި މުބާރާތަށް ތަމްރީންތައް ހަދާފައިވަނީ، މޯލްޑިވްސް މޫއޭ ތަައި އެކަޑަމީ އެންޑް ފައިޓް ސޯލް މޯލްޑިވްސް ހެޑް ކޯޗު، މުހައްމަދު ޝަނަސް އެވެ. އަދި، އީލާފް އާއި ޑެނިއަލްގެ ތަމްރީންތަކަށް، ވެންކުއިޝް މޫއޭ ތައި އެންޑް ފިޓްނަސް ސްރީ ލަންކާގެ ކޯޗު، ވިމުކިތީ އަބޭނަޔަކޭގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެންދިޔަ އެވެ. ރާއްޖޭގައި ޓްރެއިނިން ކުރިއަށްގެންދިއުމުގެ އިތުރުން، މުބާރާތާ ދިމާކޮށް ލަންކާގައި، އީލާފް އާއި ޑެނިއަލް ވަނީ ޓްރެއިނިން ކޭމްޕެއް ފުރިހަަަމަކޮށް، މުބާރާތަށް ރަނގަޅަށް ތައްޔާރުވެފަ އެވެ. 

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox