ބަޑި ކޮންޓްރޯލް
2 ލިޔުން
ފަހުގެ
ދުނިޔެފިލިޕީންސް ސްކޫލެއްގައި ބަޑި ޖަހައި ދެ ކުދިން މަރުވެއްޖެ
ފިލިޕީންސްގެ ހައިސްކޫލެއްގައި ގްރޭޑް 9 އެއްގެ ދަރިވަރަކު ބަޑިން ހަމަލާދީ އިތުރު ދަރިވަރަކު މަރާލުމަށްފަހު އަމިއްލައަށް މަރުވެއްޖެއެވެ. މިއީ ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި އެ ގައުމުގެ ސްކޫލެއްގައި ބަޑިޖެހުމުގެ ހާދިސާއެއް ހިނގި ދެވަނަ ފަހަރެވެ. ފިލިޕީންސްގައި ބަޑި ގެންގުޅުމުގެ ހަރުކަށި ގަވާއިދުތަކެއް އޮތް ނަމަވެސް، މިފަދަ ހާދިސާތައް ހިނގުން މިހާރު ވަނީ އިތުރުވާން ފަށާފައެވެ.
ދުނިޔެތައިލެންޑުގައި ބަޑި ގެންގުޅުމުގެ ހުއްދަ ދޫކުރުން މެދުކަނޑާލައިފި
ތައިލެންޑުގައި 14 އަހަރުގެ ކުއްޖަކު ބަޑިޖަހައި ބަޔަކު މަރާލި ހާދިސާއާ ގުޅިގެން، އެ ގައުމުގައި އަލަށް ބަޑި ގެންގުޅުމުގެ ހުއްދަ ދޫކުރުން ސަރުކާރުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. ބަޑި ބޭނުންކޮށްގެން ހިންގާ ކުށްތައް ގިނަވުމުގެ ސަބަބުން، ހަތިޔާރު ކޮންޓްރޯލް ކުރުމަށް ހަރުކަށި އާ ގާނޫނުތަކެއް ތައާރަފުކުރުމަށް ވެސް އެ ގައުމުން ދަނީ މަސައްކަތް ކުރަމުންނެވެ.
