ނެދަލެންޑްސް ކޯޗުކަން ބޭނުންވެގެން ނޫޅޭ ކަމަށް ވެން ބޮމެލް ބުނެފި

Aug 9, 2026, 2:52 PM
ބެލްޖިއަމް ގަައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު، މާކް ވެން ބޮމެލް.

ބެލްޖިއަމް ގަައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު، މާކް ވެން ބޮމެލް.

ބްރުސެލްސް، ބެލްޖިއަމް (އޮގަސްޓް 9) - ނެދަލެންޑްސް ގައުމީ ޓީމުގެ ކޯޗުކަން ބޭނުންވެގެން ނޫޅޭ ކަމަށް ދާދި ފަހުން ބެލްޖިއަމް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ހަވާލުވި، ނެދަލެންޑްސްގެ ކުރީގެ މިޑްފީލްޑަރު، މާކް ވެން ބޮމެލް ބުނެފި އެވެ. 

އުމުރުން 49 އަހަރުގެ ވެން ބޮމެލް، ބެލްޖިއަމް ޓީމުގެ ކޯޗުކަމާ ހަވާލުވެފައިވަނީ، 2028 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނިޔަލަށް އޮތް ކޮންޓްރެކްޓެއްގަ އެވެ. ކޯޗިން ކެރިއަރުގައި ވެން ބޮމެލް ވަނީ ޕީއެސްވީ އައިންދޯވަން، ވުލްފްސްބާގް އަދި ރޯޔަލް އަންޓްވާޕަށް ކޯޗުކޮށްދީފަ އެވެ. ރޯޔަލް އަންޓްވާޕަށް ކޯޗުކޮށްދިންއިރު، ވެން ބޮމެލް ވަނީ 2022/2023 ސީޒަނުގައި އެ ޓީމަށް ބެލްޖިއަމް ޕްރޯ ލީގާއި ކަޕް ޗެމްޕިއަންކަން ހޯދައިދީފަ އެވެ. 

ބެލްޖިއަމް ކޯޗެއްގެ ގޮތުގައި ވެން ބޮމެލް، ތައާރަފްކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، އޭނާއާ އެންމެ ބޮޑަށް އަމާޒުވި އެއް ސުވާލަކީ ނެދަލެންޑްސް ގައުމީ ޓީމުގެ ކޯޗަކަށް ދިއުމުގެ ވިސްނުމެއް އެބަހުރިތޯ އެވެ. އެކަމާ ބެހޭގޮތުން، ވެން ބޮމެލް ބުނީ، ނެދަލެންޑްސް ގައުމީ ޓީމުގެ ކޯޗުކަން ލިބޭތޯ ހުރުމަކީ ނޫނީ އެ ކަމާ މެދު ވިސްނުމަކީ މި ވަގުތު ކުރަން ޖެހޭ ކަމެއް ނޫން ކަަމަށެވެ. 

"ކޯޗެއްގެ ގޮތުގައި ގައުމީ ޓީމަކާ ހަވާލުވުމަކީ އެންމެ ރަނގަޅު ހިސާބު ކޯޗެއްގެ ގޮތުގައި ހުރެވޭނެ. އެއީ، ކޮންމެ ގައުމެއްގެ ވެސް އެންމެ މޮޅެތި ކުޅުންތެރިންނާ އެކު މަސައްކަތްކުރުމުގެ ފުރުސަތު އެ ލިބެނީ، (ބެލްޖިއަމާ އަޅާކިޔާއިރު) މާ ގިނަ މޮޅެތި ގައުމުތަކެއް އަނެއްހެނެއް ނެތް ދެން،" ވެން ބޮމެލް ބުންޏެވެ. 

"އަހަރެން ވަރަށް އުފަލުން މި ހުރީ، ހަގީގަތުގައި ކްލަބްގެ ކޯޗަކަށް ހުރުމަށް ވުރެން އަަހަންނަށް ވަރަށް ހަމަޖެހިލައިގެން މި ކަން ކުރެވިދާނެ،" 

މިދިޔަ ދެ އަހަރު އެއްވެސް ޕްރޮޖެކްޓެއް ނުނަގައި ހުއްޓައި، ބެލްޖިއަމްގެ އޮފާ ލިބިގެންދިއުމުން އެއްވެސް ދެ ވަނަ ވިސްނުމަކަށް ނުގޮސް، މި ޒިންމާ ނަގަން ބޭނުންވީ ބެލްޖިއަމާ އެކު ރަނގަޅު ކަންތައްތަކެއް ހާސިލްކުރެވޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށް ވެން ބޮމެލް ވަނީ ބުނެފަ އެވެ. 

"ބެލްޖިއަމަށް ކޯޗުކޮށްދިނުމަކީ، މި މަގާމާ ހަވާލުވާ ކޮންމެ މީހެއް ވެސް ދެކޭނެ ހެން ޝަރަފެއް،" ވެން ބޮމެލް ބުންޏެވެ. 

ބެލްޖިއަމާ އެކު، ވެން ބޮމެލް ކުރިމަތިލާނެ ފުރަތަމަ މެޗަކީ، ސެޕްޓެމްބަރު މަހު ކުޅޭ ޔުއެފާ ނޭޝަންސް ލީގުގައި އިޓަލީއާ ބައްދަލުކުރާ މެޗެވެ. އެއީ، އިޓަލީގެ ރޯމްގައި ސެޕްޓެމްބަރު މަހު 25 ގައި ކުޅެން އޮތް މެޗެކެވެ. އޭގެ ފަހުން، ދެން އޮތީ ތުރުކީ އާއި ފްރާންސާ ދެކޮޅަށް ބެލްޖިއަމުން ކުޅެން ޖެހޭ މެޗުތަކެވެ.  

އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި މި ފަހަރު ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕްގައި ބެލްޖިއަމްގެ ގައުމީ ފުޓްބޯޅަ ޓީމަށް ކޯޗުކޮށްދިން ރުޑީ ގާސިއާ ވަނީ އެ މުބާރާތަށް ފަހު މަގާމު ދޫކޮށްލައިފަ އެެވެ.  ބެލްޖިއަމުން ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގައި ކުއާޓާ ފައިނަލުގައި ވެސް ވާދަކޮށްފަ އެވެ. އެ ޓީމު ކުއާޓާ ފައިނަލުން ކެޓީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސްޕެއިން އަތުންނެވެ. ސްޕެއިން ކޮޅަށް މި ފަހަރުގެ ވޯލްޑް ކަޕްގައި ވަން ހަމައެކަނި ލަނޑު ޖެހީ ބެލްޖިއަމުންނެވެ. އެ ގޮތުން، އެމެރިކާ ބަލިކޮށް ކުއާޓާ ފައިނަަލަށް ދަތުރުކުރި ބެލްޖިއަމުން، ގަދަ އަށް ޓީމުގެ ބުރުގައި ސްޕެއިން އަތުން ފަހު ވަގުތު ބަލިވީ 2-1 އިންނެވެ. 

އުމުރުން 62 އަހަރުގެ ގާސިއާ، ބެލްޖިއަމްގެ ކޯޗުކަމާ ހަވާލުވީ ޖެނުއަރީ މަހު އެވެ. މަގާމުގައި ހޭދަކުރި ހަ މަސް ތެރޭ އޭނާ ވަނީ އެ ޓީމަށް ޖުމްލަ އެކުގައި 20 މެޗުގައި ކޯޗުކޮށްދީފަ އެވެ. އޭގެ ތެރެއިން 12 މެޗުން މޮޅުވިއިރު، ހަ މެޗުން އެއްވަރުވި އެވެ. ބަލިވީ އެންމެ ދެ މެޗުންނެވެ. 

މި ފަހަރުގެ ވޯލްޑް ކަޕްގައި ނެދަލެންޑްސް އަށް ކޯޗުކޮށްދިން ރޮނާލްޑް ކޫމަން މަގާމުން ވަކިވުމުން، އަދި އެ ޓީމުން ކޯޗަކު ހަމަޖައްސާފައިނުވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox