ރުޑީ ގާސިއާ، ބެލްޖިއަމްގެ ކޯޗުކަން ދޫކޮށްލައިފި

Jul 22, 2026, 8:48 AM
ފްރާންސަށް އުފަން ކޯޗު ރުޑީ ގާސިއާ: އޭނާ ވަނީ ބެލްޖިއަމް ކޯޗުކަން ދޫކޮށްލައިފައި.

ފްރާންސަށް އުފަން ކޯޗު ރުޑީ ގާސިއާ: އޭނާ ވަނީ ބެލްޖިއަމް ކޯޗުކަން ދޫކޮށްލައިފައި.

އަންޓްވާޕް، ބެލްޖިއަމް (ޖުލައި 22) - އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި މި ފަހަރު ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕްގައި ބެލްޖިއަމްގެ ގައުމީ ފުޓްބޯޅަ ޓީމަށް ކޯޗުކޮށްދިން ރުޑީ ގާސިއާ މަގާމު ދޫކޮށްލައިފި އެވެ. 

ބެލްޖިއަމުން ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގައި ކުއާޓާ ފައިނަލުގައި ވެސް ވާދަކޮށްފަ އެވެ. އެ ޓީމު ކުއާޓާ ފައިނަލުން ކެޓީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސްޕެއިން އަތުންނެވެ. ސްޕެއިން ކޮޅަށް މި ފަހަރުގެ ވޯލްޑް ކަޕްގައި ވަން ހަމައެކަނި ލަނޑު ޖެހީ ބެލްޖިއަމުންނެވެ. އެ ގޮތުން، އެމެރިކާ ބަލިކޮށް ކުއާޓާ ފައިނަަލަށް ދަތުރުކުރި ބެލްޖިއަމުން، ގަދަ އަށް ޓީމުގެ ބުރުގައި ސްޕެއިން އަތުން ފަހު ވަގުތު ބަލިވީ 2-1 އިންނެވެ. 

އުމުރުން 62 އަހަރުގެ ގާސިއާ، ބެލްޖިއަމްގެ ކޯޗުކަމާ ހަވާލުވީ ޖެނުއަރީ މަހު އެވެ. މަގާމުގައި ހޭދަކުރި ހަ މަސް ތެރޭ އޭނާ ވަނީ އެ ޓީމަށް ޖުމްލަ އެކުގައި 20 މެޗުގައި ކޯޗުކޮށްދީފަ އެވެ. އޭގެ ތެރެއިން 12 މެޗުން މޮޅުވިއިރު، ހަ މެޗުން އެއްވަރުވި އެވެ. ބަލިވީ އެންމެ ދެ މެޗުންނެވެ. 

ރިޕޯޓްތައް ބުނާގޮތުން، ގާސިއާ، ބެލްޖިއަމްގެ ކޯޗުކަން ދޫކޮށްލީ މުސްތަގުބަލަށް ޕްލޭނެއް ހަދައިގެން މަސައްކަތް ކުރެވޭނެ ޕްރޮޖެކްޓެއް ފަށަން ބެލްޖިއަމްގެ ފުޓްބޯޅަ ފެޑެރޭޝަނުގެ އެކަށީގެންވާ މިންވަރެއްގެ ސަޕޯޓް ނުލިބިގެންނެވެ. 

ބެލްޖިއަމުން އާ ކޯޗަކަށް ހަމަޖައްސަން މަސައްކަތްކުރަނީ، ނެދަލެންޑްސްގެ ގައުމީ ޓީމަށް ކުރިން ކުޅުނު މިޑްފީލްޑަރު، މާކް ވެން ބޮމެލް އެވެ. ކުރިން ބަޔާން މިއުނިކާއި ބާސެލޯނާ އަށް ކުޅުނު ވެން ބޮމެލް އެންމެ ފަހުން ކޯޗުން މަސައްކަތްކުރީ ބެލްޖިއަމްގަ އެވެ. އެ ގޮތުން، 2024 ވަނަ އަހަރު ޖޫން މަހު ބެލްޖިއަމްގެ ރޯޔަލް އަންޓްވާޕް ދޫކޮށްލީ ދެ އަހަރު އެ ޓީމަށް ކޯޗުކޮށްދީފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox