ޑޮކްޓަރަކަށް ތުހުމަތުކޮށް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއް ހުޅުމާލެ ހޮސްޕިޓަލުން ދޮގުކޮށްފި

ހުޅުމާލެ ހޮސްޕިޓަލް: ދައުރުވަމުންދާ ވާހަކަތައް އެ ހޮސްޕިޓަލުން ވަނީ ދޮގުކޮށްފައި --

ހުޅުމާލެ ހޮސްޕިޓަލް: ދައުރުވަމުންދާ ވާހަކަތައް އެ ހޮސްޕިޓަލުން ވަނީ ދޮގުކޮށްފައި --

ހުޅުމާލެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ފިރިހެން ޑޮކްޓަރަކާ ގުޅޭގޮތުން ސޯޝަލްމީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ހުޅުމާލެ ހޮސްޕިޓަލުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތްތަކަކީ ބަލިމީހުންގެ ރައްކާތެރިކަމާއި ކަރާމާތާއި އަމިއްލަ މިނިވަންކަމުގެ އިތުރުން އިތުބާރު ދެމެހެއްޓުމަށް އިސްކަންދީގެން ދެވޭ ހިދުމަތްތަކެއް ކަމަށެވެ.

ބަލިމީހުން ހުށަހަޅާ ކޮންމެ ކަންބޮޑުވުމެއް ވެސް އެ ހޮސްޕިޓަލުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ގާނޫނާއި ގަވާއިދުތަކުގެ މަތިން އަޅަންޖެހޭ ފިޔަވަޅު އަޅަމުންދާ ކަމަށް އެ ބަޔާނުގައި ބުންޏެވެ،

"ސޯޝަލްމީޑިއާގައި މިހާރު ދައުރުވަމުންދާ ބައެއް ވާހަކަތަކަކީ މި ހޮސްޕިޓަލަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ހަގީގަތާ ހިލާފު ވާހަކަތަކެއްކަން ފާހަގަކުރަން،" އެ ބަޔާނުގައި ބުންޏެވެ.

އެ ހޮސްޕިޓަލުން ހިދުމަތްދޭ ބަލިމީހުންނާއި ތަނުގެ މުވައްޒަފުންގެ އަމިއްލަ މައުލޫމާތު އެ ހޮސްޕިޓަލުން ފުރިހަމައަށް ހިފަހައްޓާނެކަމުގެ ޔަގީންކަން ވެސް އެ ބަޔާނުގައި ދީފައިވެ އެވެ.

ސިއްހީ ހިދުމަތްދޭ ތަންތަނާ ގުޅުވައި ހަގީގަތެއް ނެތް ވާހަކަތައް ފެތުރުމުގެ ސަބަބުން އެ ތަންތަނުން ހިދުމަތް ހޯދާ ބަލިމީހުންނަށާއި އެމީހުންގެ އާއިލާތަކަށް ނަފުސާނީ ގޮތުން ނުތަނަވަސްކަން ލިބި ސިއްހީ ހިދުމަތްތަކަށް އޮންނަ އިތުބާރު ގެއްލިގެންދިޔުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox