ކާބޯތަކެތި ހިމެނޭހެން އަސާސީ ކާބޯތަކެތީގެ އަގުތައް މިދިޔަ އަހަރަށްވުރެ ހަ ޕަސެންޓު މައްޗަށް

މާލޭގެ ދަތުރުވެރިންގެ މާރުކޭޓުގައި މޭވާއާއި ތަރުކާރީ ވިއްކަން ބަހައްޓާފައި -- ފޮޓޯ: މުހައްމަދު ޝާހުޒާން/ އަދަދު

މާލޭގެ ދަތުރުވެރިންގެ މާރުކޭޓުގައި މޭވާއާއި ތަރުކާރީ ވިއްކަން ބަހައްޓާފައި -- ފޮޓޯ: މުހައްމަދު ޝާހުޒާން/ އަދަދު

މިދިޔަ އަހަރުގެ ޖުލައި މަހާ އަޅައިބަލާއިރު، އަސާސީ މުދަލުގެ އަގުތައް ނިމިދިޔަ މަހު 6.07 ޕަސެންޓު މައްޗަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަުކުން ދައްކައިފި އެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން އާންމުކުރި މިދިޔަ މަހުގެ އެސެންޝަލް ކޮމޮޑިޓީސް ޕްރައިސް އިންޑެކްސްއިން އެނގޭ ގޮތުގައި މިދިޔަ އަހަރުގެ ޖުލައި މަހާ އަޅައިބަލާއިރު، އެންމެ ބޮޑަށް އަގު މައްޗަށް އުފުލިފައި ވަނީ ގޭހާއި ތެލުންނެވެ. މިދިޔަ އަހަރުގެ ޖުލައި މަހާ އަޅައިބަލާއިރު ގޭހާއި ތެލުގެ އަގު މިދިޔަ މަސް ނިމުނުއިރު ހުރީ 14.54 ޕަސެންޓަށް އުފުލިފަ އެވެ.

ދެވަނައަށް އެނެްމެ ބޮޑަށް އަގު އުފުލިފައި ވަނީ ކާބޯތަކެތިންނެވެ. ކާބޯތަކެތީގެ އަގުތައް މިދިޔަ އަހަރުގެ ޖުލައި މަހާ އަޅައިބަލާއިރު ނިމިދިޔަ މަހު ވަނީ 5.89 ޕަސެންޓަށް އުފުލިފަ އެވެ. ދެން އެންމެ ބޮޑަށް އުފުލިފައި ވަނީ ދަޅާއި ފުޅި ފަދަ ބުއިންތަކުންނެވެ. މިދިޔަ އަހަރުގެ ޖުލައި މަހަށްވުރެ ނިމިދިޔަ މަހު އެ ބާވަތުގެ ސާމާނުގެ އަގު ވަނީ 5.75 ޕަސެންޓަށް އުފުލިފަ އެވެ.

Advertisement

ދެވަނަ ޓިކްޓޮކް ހަދައިގެންވެސް ފާޑުކިޔުންތަކުން ސައީދު ސަލާމަތެއް ނުވި

ތަކެތީގެ އަގުބޮޑުވުން ދިފާއުކުރައްވައި މިނިސްޓަރު ސައީދު އާންމުކުރެއްވި ވީޑިއޯތަކަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައި. އާންމުން ބުނަމުންދަނީ ތަކެތީގެ އަގުބޮޑުކަން އިހުސާސްވަމުންދާ ކަމަށާއި، ކުރީ ސަރުކާރުގެ ބަހަނާ ނުދައްކައި މިހާރުގެ ދަތިތަކަށް ހައްލު ހޯދައިދޭން ޖެހޭ ކަމަށް.

މިދިޔަ އަހަރާ އަޅައިބަލާއިރު، ނިމިދިޔަ މަހުގެ އަގުތައް އުފުލިފައި ހުރި ނަމަވެސް، މިދިޔަ މަހު ވަނީ އޭގެ ކުރީ މަހަށްވުރެ 1.27 ޕަސެންޓު އިންފްލޭޝަން ރޭޓު ދަށަށް ގޮސްފަ އެވެ.

އެގޮތުން ކާބޯތަކެތީގެ އަގުތައް މިދިޔަ މަހު ޖުމްލަގޮތެއްގައި ޖޫން މަހަށްވުރެ 1.81 ޕަސެންޓު ދަށަށް ގޮސްފައިވާއިރު މީގެ ތެރޭގައި އެންމެ ބޮޑަށް އަގު ދަށަށް ގޮސްފައިވަނީ ތަރުކާރީ އާއި މޭވާގެ ބާވަތްތަކުންނެވެ.

ބާޒާރުގައި ތަރުކާރީގެ އަގު މިދިޔަ މަހު ވަނީ އޭގެ ކުރީ މަހަށްވުރެ 10.89 ދަށަށް ގޮސްފަ އެވެ. އަދި،  މޭވާގެ އަގު ވަނީ %1.42 ދަށަށް ގޮސްފަ އެވެ. ނަމަވެސް ކިރާއި ބިހުގެ އަގު އެ މުއްދަތުގައި ވަނީ 0.95 ޕަސެންޓު އަދި ކައްކަން ބޭނުންކުރާ ތެލުގެ އަގު 0.74 ޕަސެންޓު ވަނީ އުފުލިފަ އެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން އާންމުކުރާ ޒަރޫރީ މުދަލުގެ އަގުތަކުގެ އިންޑެކްސް ނުވަތަ އީސީޕީއައި ބިނާވަނީ އާންމު ދިރިއުޅުމުގައި ބޭނުންކުރާ 96 ބާވަތެއްގެ މުދަލުގެ މައްޗަށެވެ.

ނިމިދިޔަ އަހަރަށްވުރެ ތަކެތީގެ އަގު ބޮޑުވަމުންދާކަން ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުތަކުން ހާމަވެފައި މިވަނީ ތަކެތީގެ އަގު އުފުލެމުންދާ ދިޔުން ދިފާއުކުރަން ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ތަކެތީގެ އަގުތައް ބޮޑުވަމުންދާ މައްސަލައިގައި ކަންބޮޑުވުން ފާާޅުކޮށް އިދިކޮޅު އެމްޑީޕީން ގެންދަނީ މުޒާހަރާއަކަށް ވެސް ތައްޔާރުވަމުންނެވެ. އެ ޕާޓީން އިއުލާނުކޮށްފައި ވަނީ އޯގަސްޓު 13، ވަނަ ދުވަހުގެރޭ މާލޭގައި އެ މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox