ކޮލަމާފުށި ރައްޔިތުންނާއެކު ކައުންސިލުން ބޭއްވި ބައްދަލުވުން ހޫނުވުމުން ސުވާލުތަކަށް ޖަވާބުނުދީ ނިންމާލައިފި

ކޮލަމާފުށި ކައުންސިލްގެ ރައީސް ނައިބުރައީސް، ޝަހާމަތު ހަނީފް (ކ)، ކައުންސިލް ރައީސް، މުސްއަދު ސައީދު (މ)، ކައުންސިލް މެންބަރު، އާމިނަތު އަބްދުﷲ (ވ) -- ފޮޓޯ: ކޮލަމާފުށި ކައުންސިލް ރައީސް

ކޮލަމާފުށި ކައުންސިލްގެ ރައީސް ނައިބުރައީސް، ޝަހާމަތު ހަނީފް (ކ)، ކައުންސިލް ރައީސް، މުސްއަދު ސައީދު (މ)، ކައުންސިލް މެންބަރު، އާމިނަތު އަބްދުﷲ (ވ) -- ފޮޓޯ: ކޮލަމާފުށި ކައުންސިލް ރައީސް

ގއ. ކޮލަމާފުށި ރައްޔިތުންނާ ބައްދަލުކުރުމަށް އެ ރަށު ކައުންސިލުން ރޭ ކުރިއަށް ގެންދިޔަ ރައްޔިތުންގެ ބައްދަލުވުން ހޫނުވުމުން ބައެއް ސުވާލުތަކަށް ޖަވާބުނުދީ އެ ބައްދަލުވުން ނިންމާލައިފި އެވެ.

ގަޑިއަކަށްވުރެ ގިނައިރު ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ރައްޔިތުން ކުރި ގިނަ ސުވާލުތަކަކަށް ކައުންސިލްގެ ރައީސް، މުސްއަދު ސައީދު އެކަށީގެންވާ ޖަވާބު ނުދެއްވާ ކަމަށް ބުނެ އެ ބައްދަލުމުގެ ބައިވެރިން ހިތްހަމަނުޖެހުން ފާޅުކުރަމުންދިޔަ އެވެ.

އޭގެ އިތުރުން، ރައްޔިތުންގެ ކަންބޮޑުވުން ހުރި ބައެއް މައްސަލަތަކުގައި، ކައުންސިލްގެ އެހެން މެންބަރުންނާ މަޝްވަރާ ނުކުރާ ކަމަށް އެ ކައުންސިލްގެ ނައިބުރައީސް، ޝަހާމަތު ހަނީފް ވެސް އެ ބައްދަލުވުމުގައި ވިދާޅުވި އެވެ.

Advertisement

އެ ބައްދަލުވުން ނިންމައިލީ ކޮލަމާފުށީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ވަކިކުރި ގޮތާ ގުޅޭ ގޮތުން އެ ރަށު ރައްޔިތުން ސުވާލު އަހަމުން ދަނިކޮށެވެ. އެ ސުވާލަށް ޖަވާބެއް ދެއްވުމުގެ ބަދަލުގައި، ކައުންސިލުގެ ރައީސް ވިދާޅުވީ ކައުންސިލް މުވައްޒަފުންގެ ޒާތީ ކަންކަމާއި ކައުންސިލްގެ ރަސްމީ މައުލޫމާތު އެ ތަނުގައި ހާމަނުކުރެވޭނެ ކަމަށެވެ.

ރައްޔިތުންގެ ސުވާލުތަކަށް އެކަށީގެންވާ ޖަވާބެއް ނުދީ ބައްދަލުވުން ނިންމައިލި ކަމަށް ބުނެ ގިނަ ބަޔަކު އެ ބައްދަލުވުމުގައި ކަންބޮޑުވުން ފާޅުކުރި އެވެ. އަދި، އޭގެފަހުން ސޯޝަލްމީޑިއާގައި ވެސް އެ ރަށު ބައެއް މީހުންގެ މެދުގައި ދަނީ އެކަމާ ގުޅޭގޮތުން ހިޔާލު ބަދަލުކުރަމުންނެވެ.

ކޮލަމާފުށީ ކައުންސިލްގެ ރައީސްއަކީ ޕީއެންސީ މެންބަރެކެވެ. އެ ރަށު ކައުންސިލްގައި ދެން ހިމެނޭ، ޝަހާމަތު އަދި، ކައުންސިލް މެންބަރު، އާމިނަތު އަބްދުﷲ އަކީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ދެ ބޭފުޅުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox