އޭޝިއަން ސާފިން ފެޑެރޭޝަންގެ ނައިބަކަށް ރާއްޖޭގެ ސޮބާހު އިންތިހާބުކޮށްފި

ސާފިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު ސޮބާހު (ޗޭ).--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

ސާފިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު ސޮބާހު (ޗޭ).--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް)ގެ ނައިބު ރައީސްގެ މަގާމަށް މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ)ގެ ރައީސް މުހައްމަދު ސޮބާހު (ޗޭ) އިންތިހާބުކޮށްފި އެވެ. 

ޗޭ އަންނަނީ ރާއްޖޭގެ ސާފިން އެސޯސިއޭޝަންގެ ރައީސްގެ މަގާމު 2019 ވަނަ އަހަރުން ފެށިގެން ފުރުއްވަމުންނެވެ. އަދި، އޭނާ އަކީ، މީގެ ކުރިން، އޭސިއަން ސާފިން ފެޑެރޭޝަންގެ ހިންގާ ކޮމިޓީގައި، އެކްޒެކްޓިވް ބޯޑް މެމްބަރެއްގެ ގޮތުގައި ޒިންމާ އަދާކުރައްވާފައިވާ ފަރާތެކެވެ. 

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ހިންގާ ކޮމިޓީގެ މެމްބަރުކަން 2021 ވަނަ އަހަރުން ފެށިގެން ކުރައްވަމުން އަންނަ ޗޭ އަކީ، ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ސާފިން ކުރިއެރުވުމުގެ އިސް މޭސްތެރިޔާ އެވެ. އޭގެ އިތުރުން، އިޖުތިމާއީ ގިނަ ހަރަކާތްތަކުގައި ވެސް ބައިވެރިވެ، ޒުވާނުން ބާރުވެރިކުރުމަށްޓަކައި، ގިނަ ގުނަ މަސައްކަތްތަކެއް ކުރެ އެވެ. 

ޗޭގެ ލީޑަޝިޕްގައި ދިވެހި ސާފް ލީގުގެ ނަމުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި މުބާރާތްތައް ބާއްވައިގެން ލީގެއް ކުރިއަށްގެންދިއުމަށް ފޯރީގައި ފެށި މަސައްކަތް މިހާރު އަންނަނީ ފެންވަރު މަތިވަމުންނެވެ. އަދި،  އޭޝިއަން ސާފިން ޗެމްޕިއަންޝިޕް، ޖެހިޖެހިގެން ދެ އަހަރު ރާއްޖޭގައި ހޯސްޓްކުރިއިރު، މޯލްޑިވްސް ސާފިން އެސޯސިއޭޝަނަށް އެ ފުރުސަތު ހޯދައިދިނުމަށްޓަކައި، ޗޭ އިސް ދައުރެއް އަދާކުރެއްވި އެވެ. 

މުބާރާތްތައް ބޭއްވުމުގެ އިިތުރުން އެތުލީޓުންގެ ކުރިއެރުވުމާއި، ޓެކްނިކަލް ދާއިރާގެ މީހުން ކުރިއެރުވުމަށް ވެސް ގިނަ މަސައްކަތްތަކެއް މިދިޔަ އަށް އަހަރުގެ ތެރޭ ޗޭ ލީޑާޝިޕްގެ ދަށުން މޯލްޑިވްސް ސާފިން އެސޯސިއޭޝަނުން އަންނަނީ ކުރަމުންނެވެ.

އެ ގޮތުން ފެންވަރު ރަނގަޅު ބިދޭސީ ކޯޗަކާއި ގައުމީ ޓީމްގެ ތަމްރީންތައް ކުރިއަށްގެންދިޔައިރު، ރާއްޖޭގެ ޖަޖުންގެ ފެންވަރު މަތިކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދެވުނެވެ. އަދި، މި އަހަރު އޭޝިއަން ގޭމްސްގައި އޮންނަ ސާފިން އިވެންޓަށް ރާއްޖެ ކޮލިފައި ކޮށްދިނުމަށްޓަކައި، ބައިނަލްއަގުވާމީ ލެވަލްގައި ރާއްޖޭގެ އެތުލީޓުންގެ ފުރުސަތު އިތުުރުކޮށްދިނުަމަށް ވެސް އެމްއެސްއޭގެ މިހާރުގެ ލީޑަޝިޕުން ގިނަގުނަ ފުރުސަތުތަކެއް ފަހިކޮށްދީފައިވެ އެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox