ބިލިއަނަރުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވެއްޖެ

Jul 3, 2026, 8:01 AM
އީލޮން މަސްކް

އީލޮން މަސްކް

ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވެ، ބިލިއަނަރުންގެ އަދަދު 13 ޕަސެންޓު މައްޗަށް ގޮސްފައިވާކަން ހާމަވެއްޖެއެވެ.

މި ކުރިއެރުމާއެކު ދުނިޔޭގައި މިހާރު 3،302 ދެ ބިލިއަނަރުން އެބަތިއްބެވެ. މިއީ އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައިގެ ސިނާއަތަށް އައި ބޮޑު ކުރިއެރުމާއެކު ހިއްސާގެ ބާޒާރުގައި އެ ދާއިރާގެ ކުންފުނިތަކުގެ އަގު އުފުލުމާ ގުޅިގެން އައި ބަދަލެއް ކަމަށް މާހިރުން ބުނެއެވެ.

ސްވިޒަލޭންޑުގެ ޔޫބީއެސް ބޭންކުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ބިލިއަނަރުންގެ މުއްސަނދިކަން އެވްރެޖްކޮށް 25 ޕަސެންޓު ވަނީ އިތުރުވެފައެވެ. މިއީ ދުނިޔޭގެ އާންމު ފަރުދުންގެ މުއްސަނދިކަން އިތުރުވި 10.8 ޕަސެންޓާ އަޅާބަލާއިރު ވަރަށް ބޮޑު މިންވަރެކެވެ. މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި 50 ބިލިއަނާއި 100 ބިލިއަން ޑޮލަރާ ދެމެދުގެ މުއްސަނދިކަން ހުރި 18 މީހަކު ތިބިއިރު، 100 ބިލިއަން ޑޮލަރަށްވުރެ ގިނައިން މުދާ ހުރި 19 މީހަކު ދުނިޔޭގައި އެބަތިއްބެވެ. މީގެ ތެރެއިން 15 މީހުންނަކީ އެމެރިކާއަށް ނިސްބަތްވާ މީހުންނެވެ.

Advertisement

ޔޫބީއެސް ބޭންކުގެ އިގްތިސާދީ މާހިރު ޖޭމްސް މެޒޯ ވިދާޅުވި ގޮތުގައި ބިލިއަނަރުންގެ މުއްސަނދިކަން އިތުރުވުމުގެ މައިގަނޑު ސަބަބަކީ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ އަގު އުފުލުމެވެ. ހާއްސަކޮށް އޭއައިގެ ސިނާއަތަށް އޮތް ޝައުގުވެރިކަން ބޮޑުވުމަކީ ހިއްސާގެ ބާޒާރަށް ދިރުން ލިބި، މުއްސަނދިންގެ މިލްކިއްޔާތު އިތުރުވާން މެދުވެރިވި ސަބަބެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ބިލިއަނަރުންގެ އިތުރުން މިލިއަނަރުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިދިޔަ އަހަރުގެ ނިޔަލަށް ދުނިޔޭގައި 57 މިލިއަނަށްވުރެ ގިނަ މިލިއަނަރުން ތިބިކަމަށް ރިޕޯޓުތަކުން ދައްކައެވެ. މީގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ފެނުނީ އެމެރިކާއިންނެވެ. އެ ގައުމުގައި އެކަނިވެސް 440،000 އަށް ވުރެ ގިނަ މީހުން އަލަށް މިލިއަނަރުންގެ ލިސްޓަށް ވަނީ އިތުރުވެފައެވެ. އަދި އިނގިރޭސިވިލާތުގައި 43،000 އަށް ވުރެ ގިނަ މީހުން މިދިޔަ އަހަރު އަލަށް މިލިއަނަރުންނަށް ވެފައިވެ އެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މީހުންނާއި އެންމެ ފަގީރު މީހުންގެ މެދުގައި އޮތް ފަރަގު ދަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. ދުނިޔޭގެ ނުތަނަވަސްކަމާ ބެހޭ ރިޕޯޓްތަކުން ދައްކާ ގޮތުގައި، ދުނިޔޭގެ އާބާދީގެ އެންމެ 0.001  ޕަސެންޓު މީހުންގެ އަތުގައި، ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންގެ ޖުމްލަ މުއްސަނދިކަމަށްވުރެ ތިން ގުނަ އިތުރަށް މުދާ އެބަހުއްޓެވެ. މިކަމާ ގުޅިގެން ދުނިޔޭގެ ސިޔާސީ ލީޑަރުންނަށް އަމާޒުކޮށް، މުއްސަނދިންގެ އަތުން ނަގާ ޓެކްސް އިތުރުކުރުމަށް ގޮވާލާ އަޑުތައް ވަނީ ގަދަވެފައެވެ.

ފޯބްސްގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގައިވާ ގޮތުން، ޓެސްލާ އަދި ސްޕޭސް އެކްސްގެ ވެރިޔާ އީލޮން މަސްކަކީ ދުނިޔޭގެ އެންމެ މުއްސަނދި މީހާ އެވެ. އޭނާގެ މިލްކިއްޔާތު އެއް ޓްރިލިއަން ޑޮލަރަށް އަރައެވެ. މި ލިސްޓުގެ ދެވަނަ އަދި ތިންވަނައިގައި އުޅެނީ ގޫގުލްގެ ބާނީން ކަމަށްވާ ލެރީ ޕޭޖް އަދި ސާޖޭ ބްރިން އެވެ. އިނގިރޭސިވިލާތުގެ އެންމެ މުއްސަނދި އާއިލާއަކީ ހިންދޫޖާ އާއިލާއެވެ. އެ އާއިލާގެ މުއްސަނދިކަން 35 ބިލިއަން ޕައުންޑަށް އަރާއިރު، އެ އާއިލާއަކީ ތެލާއި، ބޭންކިން އަދި ރިއަލް އެސްޓޭޓްގެ ދާއިރާގައި ފުޅާދާއިރާއެއްގައި މަސައްކަތްކުރާ ބައެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސެލް ބްރޭންޑް 10 އަހަރަށް ޖަލަށް

އިނގިރޭސި އެކްޓަރު ރަސެލް ބްރޭންޑްގެ މައްޗަށް ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ކުށް ސާބިތުވެ، 10 އަހަރާއި 6 މަސް ދުވަހަށް ޖަލަށްލުމަށް ލަންޑަނުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. ފަނޑިޔާރު އޭނާ ސިފަކުރެއްވީ އަންހެނުންގެ ހައްގުތަކަށް އިހުތިރާމްނުކުރާ "ޖިންސީ ޝިކާރަވެރިއެއް"ގެ ގޮތުގައެވެ. މި ހުކުމުގެ ތިންބައިކުޅަ ދެބައި ފުރިހަމަކުރުމުން އޭނާއަށް މިނިވަންވުމުގެ ފުރުސަތު އޮތް ނަމަވެސް، އެއީ ހަރުކަށި އުސޫލުތަކެއްގެ ދަށުންނެވެ.

އެންވީޑިއާގެ ސީއީއޯއާގެ މައްސަލަ އެފްބީއައި އިން ތަހުގީގުކުރަނީ

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގް އާއި ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ އޮތް ގުޅުން އެފްބީއައި އިން ތަހުގީގު ކުރަން ފެށުމާ ގުޅިގެން، އެ ކުންފުނީގެ ބާޒާރުގެ އަގުން 250 ބިލިއަން ޑޮލަރު ވެއްޓިއްޖެއެވެ. މި މައްސަލައިގައި ރައީސް ޓްރަމްޕް ހުއަންގްއާ ވާހަކަދައްކަވާފައިވާއިރު، އެންވީޑިއާ އިން ބުނަނީ މިކަމުގެ ސަބަބުން ކުންފުނީގެ ސިއްރުތަކަށް ނުރައްކަލެއް ނެތް ކަމަށާއި ނަމަވެސް މިނިވަން ތަހުގީގެއް ކުރިއަށްދާ ކަމަށެވެ.

މިސްރުގައި ދެ ރޭލު ޖެހި މަރުވި މީހުންގެ އަދަދު ހަތަކަށް

މިޞްރުގެ ޖީޒާ ކައިރީގައި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތް މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މި ހާދިސާއާ ގުޅިގެން ރައީސް އަލް-ސީސީ ވަނީ މައްސަލަ ތަހުގީގުކޮށް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އަމުރުކުރައްވާފައެވެ. އެ ސަރަހައްދުގެ ހޮސްޕިޓަލްތައް މިހާރު ވަނީ ހައި އެލާޓަށް ގެނެސްފައެވެ.

ރިޔާދުގެ މެދުތެރޭގައި ހުންނަ އަރަމްކޯ ޓަވަރަށް ހަމަލާދީފި

ސައުދީ އަރަބިއްޔާގެ ރިޔާދުގެ މަރުކަޒީ ސަރަހައްދުގައި ހުންނަ އަރަމްކޯ ޓަވަރަށް ހޫތީން ދިން ވައިގެ ހަމަލާއެއްގައި އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ސައުދީ ސަރުކާރުން މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށް ބުނި ނަމަވެސް، ހޫތީން ވަނީ ރިޔާދުގެ އެއާޕޯޓަށާއި ތެޔޮ ރައްކާކުރާ މަރުކަޒުތަކަށްވެސް ހަމަލާދީފައިވާކަމަށް ބުނެފައެވެ. މި ހަމަލާތަކަކީ ޔަމަނަށް ސައުދީން ދިން ހަމަލާއެއްގެ ބަދަލުހިފުމެއްގެ ގޮތުން ދިން ހަމަލާތަކެކެވެ.

އިމިގްރޭޝަން ސިޔާސަތު "މާ ހަރުކަށި" ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، ސަރުކާރުގެ އިމިގްރޭޝަން ސިޔާސަތުތަކަކީ "މާ ހަރުކަށި" ސިޔާސަތުތަކެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ފަހަރަށް އެއްބަސްވެވަޑައިގެންފިއެވެ. ބޯޑަރު ބެލެހެއްޓުމުގައި ކާމިޔާބީތަކެއް ލިބުނު ނަމަވެސް، ގިނަ އަދަދެއްގެ ބަޔަކު ގައުމުން ބޭރުކުރުމުގެ ސަބަބުން ސިޔާސީ ގޮތުން ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންވީޑިއާ ސީއީއޯއާއި ޗައިނާ ޖާސޫސަކާ އޮތް ގުޅުން ތަހުގީގު ކުރަނީ

ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ގާތް ގުޅުމެއް ބޭއްވި މައްސަލައިގައި، އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގްގެ މައްސަލަ އެ ކުންފުނިން މިނިވަންކަމާއެކު ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލައިގައި ޖެންސަން އާއިލާގެ ކިބައިން މައާފަށް އެދިފައިވާއިރު، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތެއް ބޭރުވެފައިވާކަމުގެ ހެއްކެއް އަދި ފެންނަން ނެތް ކަމަށް އެ ކުންފުނީގެ ބޯޑުން ބުނެއެވެ.

ޓައިޓޭނިކްގެ އިންޝުއަރެންސް ޕޮލިސީ ފުރަތަމަ ފަހަރަށް ނީލަމަށް

ޓައިޓޭނިކް ބޯޓު އަޑިއަށް ދިއުމުގެ 19 ދުވަސް ކުރިން އެ ބޯޓުގެ ހަލް އިންޝުއަރެންސް ކުރި ލިޔުމުގެ ކޮޕީއެއް ފުރަތަމަ ފަހަރަށް ނީލަމެއްގައި ވިއްކާލަން ވަނީ ނިންމާފައެވެ. އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބާއްވާ މި ނީލަމުގައި، މި ތާރީޚީ ލިޔުން 30،000 އާއި 50،000 އިނގިރޭސި ޕައުންޑާ ދެމެދުގެ އަގަކަށް ވިކޭނެ ކަމަށް ބެލެވެއެވެ.

Newsletter

Get the latest news delivered straight to your inbox