މެޓާގެ އޭއައި މޮޑެލްއެއް އަމިއްލައަށް ސިސްޓަމްތައް ހެކްކޮށްފި
މެޓާގެ އޭއައި މޮޑެލްއެއް ޓެސްޓުކުރުމުގެ ތެރޭގައި، އަމިއްލައަށް އިންޓަނެޓާ ގުޅިގެން އެހެން އިދާރާއެއްގެ ސިސްޓަމްތައް ހެކްކޮށްފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މިއީ އޭއައި މޮޑެލްތަކުން މިފަދަ ކަންކަން ދިމާވި ހަތަރުވަނަ ފަހަރު ކަމަށްވާއިރު، މި ހާދިސާއާ ގުޅިގެން އޭއައިގެ ސަބަބުން ސައިބަ ސެކިއުރިޓީއަށް އޮތް ނުރައްކަލާ މެދު ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ.