އެލްޖީއޭގެ އެންގުން ގާނޫނާ ހިލާފު، ބޯޑު އުފައްދާނަން: އާތިފް
ހދ. އަތޮޅުގެ ރަށްތައް ގުޅިގެން އުފައްދާ "އަތޮޅު ބޯޑު" ހުއްޓުވުމަށް އެލްޖީއޭއިން އެންގި އެންގުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވި. މޭޔަރު ވިދާޅުވީ ސަރުކާރުން ބޯޑު އުފެއްދުން ހުއްޓުވަން އުޅެނީ އަތޮޅުތަކުގެ ކޯޑިނޭޝަން ނައްތާލުމަށް ކަމަށް.