ބީއެމްއެލް ވީރަން: ފިރިހެނުންގެ ޗެމްޕިއަންކަން ޓްރެކް އެންޑް ފީލްޑަށް، އަންހެނުންގެ ޗެމްޕިއަންކަން ރަނިންމޯޑަށް

ވީރަން 2026 ގެ ތެރެއިން: އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ރަނިންމޯޑް -- ފޮޓޯ: އަދަދު

ވީރަން 2026 ގެ ތެރެއިން: އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ރަނިންމޯޑް -- ފޮޓޯ: އަދަދު

ވިޔަފާރި ކުންފުނިތަކާއި މުއައްސަސާތަކުގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމާއި ޓީމް ރޫހު އާލާކުރުމުގެ މަގުސަދުގައި ވީރަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބޭއްވި ހާއްސަ ކޯޕަރޭޓް ރަން "ބީއެމްއެލް ވީރަން - ކޯޕަރޭޓްސް" ދުވުން މިއަދު ކްރޮސްރޯޑްސް މޯލްޑިވްސްގައި ކާމިޔާބުކަމާއެކު ބާއްވައިފި އެވެ.

ކޮންމެ ޓީމެއްގައި ފަސް ދުވުންތެރިން ހިމެނޭހެން، ކޮންމެ ދުވުންތެރިއަކު އެއް ކިލޯމީޓަރު (ޖުމްލަ 5 ކިލޯމީޓަރު) ދުވަންޖެހޭ މި ރިލޭ ރޭހުގައި ފިރިހެން 11 ޓީމާއި އަންހެން 7 ޓީމުން ބައިވެރިވެފައިވެ އެވެ.

މި ދުވުމުގެ ފިނިހެނުންގެ ބައިން ޗެމްޕިއަންކަން ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުން ހޯދީ 19 މިނެޓު 54 ސިކުންތުން ރިލޭ ފުރިހަމަކޮށްގެންނެވެ. 

މި ބައިގެ އެއްވަނަ ރަނަރއަޕް ހޯދި ރަނިންމޯޑް އެތުލެޓިކްސް ދުވުން ފުރިހަމަކުރީ  21 މިނެޓު 53 ސިކުންތުންނެވެ. 2 ވަނަ ރަނަރއަޕް ބޭންކް އޮފް މޯލްޑިވްސް އިން ހާސިލްކުރީ 22 މިނެޓު 50 ސިކުންތުން ރެލީ ފުރިހަމަކޮށްގެނެވެ. 

ވީރަން 2026 ގެ ތެރެއިން: ފިރިހެންބައިގެ ޗެމްޕިއަންކަން ހޯދީ ޓްރެކް އެންޑް ފިލްޑް -- ފޮޓޯ: އަދަދު
ވީރަން 2026 ގެ ތެރެއިން: ފިރިހެންބައިގެ ޗެމްޕިއަންކަން ހޯދީ ޓްރެކް އެންޑް ފިލްޑް -- ފޮޓޯ: އަދަދު

އަންހެން ކެޓަގަރީގެ ޗެމްޕިއަން ޓީމަކީ ރަނިންމޯޑް އެތުލެޓިކްސް އެވެ. އެ ތީމުން 28 މިނެޓު 44 ސިކުންތުން ރޭސް ނިންމިއިރު، 1 ވަނަ ރަނަރއަޕް ހޯދީ ކްރޮސްރޯޑްސް އައިލެންޑް ސުޕްރިންޓާސް އެވެ. އެ ޓީމުން 43 މިނެޓު 41 ސިކުންތުން ދުވުން ނިންމި އެވެ.  ދެ ވަނަ ރަނަރއަޕަށް ދިޔައީ އޭޑީކޭ ސައިނަޖީ އެވެ. އެ ޓީމުން ރޭސް ނިންމީ 44 މިނެޓު 29 ސިކުންތުންނެވެ. 

މި ދުވުމުގެ އެއްވަނަ ޓީމަށް 20،000ރ، ދެވަނަ ޓީމަށް 15،000ރ އަދި ތިންވަނަ ޓީމަށް 10،000ރ. ދީފައިވާއިރު، ރޭސް ފުރިހަމަކުރި  ދުވުންތެރިންނަށް ވަނީ ފިނިޝާ މެޑަލް ދީފަ އެވެ.

ރާއްޖޭގައި ހިންގާ ކުންފުނިތަކާއި މުއައްސަސާތަކުގެ ފުލްޓައިމް މުވައްޒަފުންނަށް ހާއްސަކޮށްގެން ބޭއްވި މި ހަރަކާތަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއެކު ވެވުނު ދެ އަހަރު ދުވަހުގެ ޕާޓްނަޝިޕް އެއްބަސްވުމެއްގެ ދަށުން ކުރިއަށްދިޔަ ރޭހެކެވެ.

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox